Roadha Mihaaru
ސައިކޮލޮޖިސްޓުންނާ ބެހޭ ގަވާއިދަށް ބަދަލު ގެންނަނީ

ސައިކޮލޮޖިސްޓުންނާ ބެހޭ ގަވާއިދު ރިވިއުކޮށް، ބަދަލު ގެންނަނީ

08 ޖޫން 2016

އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭ ގަވާއިދު ރިވިއުކުރަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭ ގަވާއިދު ރިވިއުކުރަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

އެލައިޑް ހެލްތު ކައުންސިލުން އެކުލަވާލި ގަވާއިދުގެ ސަބަބުން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ދެމުން އަންނަ ހިދުމަތްތައް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހެލްތު ކައުންސިލްގެ ރައީސް އަހުމަދު ނިޔާޒް ވިދާޅުވީ ދެ ކްލިނިކް ހިންގުމުގައި ހުރި ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދު މުރާޖައާ ކުރުމުގެ ކަންކަން ފެށިގެން ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ޝަކުވާއަކަށްވީ ރަޖިސްޓްރޭޝަންގައި ހުރި ކަންކަމާ ގުޅޭ ގޮތުން. އަޅުގަނޑުމެން ވާނީ އެކަމާ މަޝްވަރާކޮށްފައި." ނިޔާޒް ވިދާޅުވި އެވެ.

އައިސީޕީ އާއި މިޕްސްޓާއިން ބުނީ އެ ދެ ކްލިނިކްގެ އިސް ވެރިންނާ އެކު ހެލްތު ކައުންސިލްގެ މެމްބަރުން ބައްދަލުކޮށް މަޝްވަރާކުރުމުން ދެ ކްލިނިކް ހިންގުމުގައި ހުރި ދަތިތައް ހައްލުކޮށް ދޭނެކަމުގެ ޔަގީންކަން ކައުންސިލްގެ ބޭފުޅުން ދެއްވި ކަމަށެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ): އާ ގަވާއިދުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ވަނީ ވަރަށް ބޮޑު ހުއްޓުމެއް އައިސްފައި. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ): އާ ގަވާއިދުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ވަނީ ވަރަށް ބޮޑު ހުއްޓުމެއް އައިސްފައި. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މިޕްސްޓާގެ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ ދެ ކްލިނިކްގެ އެންމެ ބޮޑު ޝަކުވާއަކީ ގްރެޖުއޭޓުން ރަޖިސްޓްރީ ނުކުރެވުން ކަމަށެވެ. އެކަމަކު އެ ގަވާއިދަށް ބަދަލު ގެނެސް ގްރެޖުއޭޓުން ރަޖިސްޓްރީ ކުރެވޭ ގޮތަށް އިސްލާހުކުރަން ކައުންސިލުން އެއްބަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހެލްތު ކައުންސިލްގައި ކުރިން ރަޖިސްޓްރީ ކުރި އެސިސްޓަންޓް ސައިކޮލޮޖިސްޓުންނަށް މިހާރު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތް އޮތުން ވެސް އުވާލަން އެއްބަސްވި ކަމަށް ނާޒް ވިދާޅުވި އެވެ.

ވީހާވެސް އަވަހަކަށް ހަމަޖައްސައިދޭނެ ކަމަށް ބުނެފައި އޮތީ. އެ ބޭފުޅުން މިހާރު ދަަނީ އެ ރިވިއު ޕްރޮސެސްގެ މަސައްކަތް ކުރަމުން." --ނާޒް

"އަޅުގަނޑު ބަލަނީ ވަރަށް އަވަހަށް ރަޖިސްޓްރީ ކަންކަން ހަމަޖެހުނީމަ އެ މައްސަލަ ހައްލުވާނެ ކަމަށް. އޭރުން ގްރެޖުއޭޓުންނާއި އެސިސްޓަންޓް ސައިކޮލޮޖިސްޓުން މަސައްކަތަށް ނެރެވޭނެ،" ނާޒް ވިދާޅުވި އެވެ.

އައިސީޕީގެ އިސް ބޭފުޅަކު ވިދާޅުވީ ސަރުކާރުގެ ގެޒެޓްގައި ގަވާއިދު ޝާއިއުކުރީ ބަލަންވާ ވަރަށް ނުބަލާ ކަމަށާއި ހެލްތު ކައުންސިލަށް ގޯސް ހެދިފައި ހުރި ކަމަށް އިއުތިރާފްވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެޒެޓްގައި ޝާއިއުކުރި ފަހުން ގަވާއިދަށް އަމަލުނުކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏަސް އެކަން ގަބޫލެއް ނުކުރެއްވެ އެވެ. އެހެންވެ ދެ ކްލިނިކް އޮތީ ގާތްގަނޑަކަށް ހުއްޓިފައި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ކައުންސިލިން ދެނީ. --ފޮޓޯ: އައިސީޕީ

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ކައުންސިލިން ދެނީ. --ފޮޓޯ: އައިސީޕީ

މި ދެ ކްލިނިކުން އެކަނި ވެސް ނަފްސާނީ ބަލިތަކަށް 3،000 އަށް ވުރެ ގިނަ ދިވެހިން ފަރުވާ ހޯދަމުން އަންނަ ކަމަށްވެ އެވެ. އެކަމަކު މި ދެ ތަނުގައި ވެސް ފަރުވާ ދޭން ތިބީ ފަސް ވަރަކަށް މީހުންނެވެ.

އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއި ސައިކޮލޮޖީގެ ރޮނގުން ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުން ފަދަ ކަންކަން ހިމެނެ އެވެ. ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނީ، ގަވާއިދު ބުނާ ގޮތުން، އެ ދާއިރާއާ ގުޅުން ހުރި ރޮނގަކުން ބެޗެލާސް ޑިގްރީއެއް އޮތުމާއި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓާސް ޑިގްރީ އޮތުމުގެ އިތުރުން 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ހުރެގެންނެވެ.

އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.