Roadha Mihaaru
ކްލިނިކްތައް ހުއްޓުން: ނަފްސާނީ ބަލިމަޑުކަމަކަށް

ކްލިނިކްތައް ހުއްޓުން: ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް

27 މެއި 2016

ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާދިނުން އާންމު ވަމުންދާއިރު، އެކަމަށް ހާއްސަ ކްލިނިކްތައް ހިންގާ މީހުންނާއި ނަފުސީ ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެލައިޑް ހެލްތު ކައުންސިލްގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތައް ކަނޑައަޅައި، އެ ގަވައިދު ގެޒެޓް ކުރުމާ އެކު، ކައުންސިލަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭގެ ނަތީޖާ އަކީ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް މިހާރު ބަންދުކުރުމެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާދިނުން އާންމު ވަމުންދާއިރު، އެކަމަށް ހާއްސަ ކްލިނިކްތައް ހިންގާ މީހުންނާއި ނަފުސީ ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެލައިޑް ހެލްތު ކައުންސިލްގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތައް ކަނޑައަޅައި، އެ ގަވައިދު ގެޒެޓް ކުރުމާ އެކު، ކައުންސިލަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭގެ ނަތީޖާ އަކީ ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް މިހާރު ބަންދުކުރުމެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) ވުޖޫދަށް އައުމާއެކު ދިވެހިންގެ ހިތްތަކަށް ފިނިކަމެއް ލިބުނެވެ. އަދި މީގެ ހައެއްކަ މަސް ކުރިން އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) ވެސް ވުޖޫދަށް ވަނީ އައިސްފަ އެވެ.

މި ދެ ކްލިނިކުން އެކަނިވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ 3،000 އަށް ވުރެ ގިނަ ދިވެހިން އެބަތިއްބެވެ. އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމުގެ ބިރާއެކު މި ހުރިހާ އެންމެންނަށް އެއް ފަހަރާ ހިދުމަތް ދެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. ހެލްތު މިނިސްޓްރީން ބުނާ ޝަރުތުތައް ހަމަވަނީ ދެ ކްލިނިކުން އެންމެ ފަސް މީހެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާ. ހެލްތު މިނިސްޓްރީން އާންމު ކުރި ގަވާއިދެއްގެ ސަބަބުން މި ތަން ވަނީ ހުއްޓުމަކަށް އައިސްފައި. - މިހާރު ފޮޓޯ: ނިޝާން އަލީ

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާ. ހެލްތު މިނިސްޓްރީން އާންމު ކުރި ގަވާއިދެއްގެ ސަބަބުން މި ތަން ވަނީ ހުއްޓުމަކަށް އައިސްފައި. - މިހާރު ފޮޓޯ: ނިޝާން އަލީ

ކްލިނިކްތައް ހުއްޓުމުގެ އަސްލަކީ ކޮބާ؟

ދެ ކްލިނިކްގެ ކަންބޮޑުވުމަކީ އެލައިޑް ހެލްތު ކައުންސިލުގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކެއް ކަނޑައަޅާފައި ވުމެވެ. ކައުންސިލްގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއި ސައިކޮލޮޖީގެ ރޮނގުން ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ބިހޭވިއަރަލް އެނަލިސްޓް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ޝަރުތުތަކަކީ، އެ ދާއިރާއާ ގުޅުން ހުރި ރޮނގަކުން ބެޗެލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓާސް ޑިގްރީ އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ. ޕްރޮފެޝަނަލް ކްލިނިކަލް، ޗައިލްޑް، ކައުންސެލިން، އެޕްލައިޑް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކަކީ PHD އާއި PsyD ހާސިލުކޮށްފައިވުމާއެކު 1000 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ.

ކްލިނިކްތައް ހުއްޓުމަކަށް އައުން: ބޮޑު ގެއްލުމެއް:

ހެލްތު މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ގަވައިދާ އެކު، ސައިކޮލޮޖިސްޓުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށްދޭތީ ދެ ކްލިނިކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސައިކޮލޮޖިސްޓްސް އެސިސްޓެންޓްގެ ވަގުތީ ހުއްދައެއް ލިބެނީ މިދިޔަ އޭޕްރީލްއާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރެއިން ސައިކޮލޮޖީ އިން ބެޗެލާސް ޑިގްރީއެއް އޮތް އަދި ރަޖިސްޓްރީވެފައި ތިބި މީހުންނަށެވެ. ގްރެޖުއޭޓްވާ މީހުންނާއި ތަމްރީންގެ މަރުހަލާގައި މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތެއް ނެތެވެ.

މިޕްސްޓާ ކްލިނިކްގެ ފައުންޑާ މެމްބަރު އަދި ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ އެ ކްލިނިކްގައި ގްރެޖުއޭޓްވެފައި ތިބި މީހުން އަދި ފުރަތަމަ ޑިގްރީ ހަދާފައި ވާ މީހުން އެބަތިބި ކަމަށެވެ. ނަމަވެސް ގަވާއިދުގެ ދަަށުން އެ މީހުންނަށް މަސައްކަތް ނުކުރެވި ނިކަމެތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މިޕްސްޓާ ކްލިނިކް. - މިހާރު ފޮޓޯ: ނިޝާން އަލީ

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މިޕްސްޓާ ކްލިނިކް. - މިހާރު ފޮޓޯ: ނިޝާން އަލީ

ނާޒް ވިދާޅުވި ގޮތުގައި އެ މީހުން އެކަހެރި ކުރުމުގެ ބަދަލުގައި މަސައްކަތް ކުރުމުގެ ކޮންމެވެސް ހުއްދައެއް ލިބެން ޖެހޭނެ އެވެ. އަދި އެއްވެސް ކްލިނިކަކާ މަޝްވަރާނުކޮށް، މި ނިންމުން އައީ ކީއްވެގެންކަން ސާފުނުވާ ކަމަށާއި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ގްރެޖުއޭޓުން އެބަޖެހޭ ތަޖުރިބާ ލިބިފައި ތިބި ބަޔަކަށްވާން. އަޅުގަނޑުމެންގެ ކްލިނިކްތަކުން އެ ތަޖުރިބާ ހޯދަނީ. މި ގަވާއިދާ އެކީ އެ މަގު ވެސް ވަނީ ބަންދުވެފައި. --ނާޒް

އާ އުސޫލުގައިވާ ގޮތުން ރާއްޖޭގައި ސައިކޮލޮޖިސްޓަކަށް ވުމަށް ރަޖިސްޓަރީކޮށްދޭ ދާއިރާތަކެއް ހުރުމުން، މި ދާއިރާ އިން ރާއްޖޭން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެއް ނެތެވެ. އެއީ ރާއްޖޭގައި ހުރި އެއްވެސް ކޮލެޖަކުން މި ފެންވަރަށް ކިޔަވައި ނުދޭތީ އެވެ.

ރާއްޖޭގައި އެންމެ މައްޗަށް ވެސް ހެދެނީ ގްރެޖުއޭޓް ކޯހެކެވެ. ނާޒް ވިދާޅުވާ ގޮތުގައި މި ދާއިރާ އަށް ޝައުގުވެރިވާ މީހުން ރާއްޖޭން ބޭރުން ކިޔަވައިގެން އައުމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ އެވެ. އެގޮތުން ދޭއް ނުވަތަ ތިން އަހަރުގެ މުއްދަތެއް ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު އަލީ ނާޒް "މިހާރާ" ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: އައިސީޕީ

ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު އަލީ ނާޒް "މިހާރާ" ރޭ ވާހަކަ ދައްކަވަނީ. - ފޮޓޯ: އައިސީޕީ

"މާސްޓާސްއާ ހަމައަށް ކިޔެވިފައި މިތިބީ އަތުން ގުނާލެވޭ މަދު އަދަދެއްގެ ބައެއް. ރާއްޖެއަކުން މާސްޓާސް ކިޔެވޭނެ ތަނެއް ނެތް. މިހާ މަދު ބަޔަކަށް ކިހިނެއްތޯ ރާއްޖޭގައި ހިދުމަތަށް އެދެމުންދާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭނީ،" މީގެ 25 އަހަރު ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެމުން އަންނަ ސައިކޮލޮޖިސްޓް ސުވާލު އުފެއްދެވި އެވެ.

ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން މަޝްވަރާއެއް ނުކުރޭ

އައިސީޕީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި ގަވާއިދު ވުޖޫދަށް އައީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ލަފައާ އިރުޝާދެއް ނެތި އެވެ. އެހެންވެ ސައުދާ އާއި ނާޒް ވެސް ވަނީ ގަވާއިދު އަނބުރާ ގެންދިއުމަށެވެ. އަދި މެދުކެނޑުމެއް ނެތި ކްލިނިކްގެ ހިދުމަތް ދެވޭނެ ގޮތަކަށް ގަވާއިދު ބައްޓަން ކުރުމަށްފަހު އަލުން ގެޒެޓް ކުރުމަށެވެ.

ސައުދާ ވިދާޅުވީ މި ގަވާއިދުގެ ސަބަބުން ހިދުމަތް ހޯދުމަށް އަންނަ ކްލައިންޓުންގެ ހައްގަށް ވެސް އުނިކަން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީހުން ގޮތް ހުސްވެފައިވާ ކަމަށާއި ހައްގުތައް މަހްރޫމްވިޔަ ނުދިނުމަށް ގަވާއިދަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެދެނީ މި ގަވައިދު ރިވައިސް ކުރަން. ކިޔަވައިގެން ނުކުމެ ވަޒީފާއެއް ނެތްނަމަ އެއީ އަޅުގަނޑުމެންގެ ޤައުމަށް ގެއްލިގެންދާ ވަރަށް ބޮޑު ރައުސުލްމާލެއް. --ސައުދާ
ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ކައުންސިލިން ދެނީ. ފޮޓޯ: އައިސީޕީ

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖަކަށް ކައުންސިލިން ދެނީ. ފޮޓޯ: އައިސީޕީ

ނަފްސާނީ ގޮތުން އަސަރުކޮށްފައި ތިބި މީހުންގެ ބޮޑު ކަންބޮޑުވުމެއް

ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ނަފްސާނީގޮތުން އަސަރުކޮށް، ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް މިއީ ހިތާމަވެރި ހަބަރެކެވެ. ކްލިނިކްތަކުން ހިދުމަތް ހޯދާ ބައެއް މީހުން "މިހާރާ" ވާހަކަ ދައްކަމުން ބުނީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އުންމީދުތައް ހާސިލް ކުރުމަށް ދެކެމުން އައި ހުވަފެންތަކުގައި "ކަސްތޮޅު" އެޅިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިތިބީ މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކުރަން ކެތް މަދުވެފައި. އެ ކަން ކުރަން ފުރުސަތު ގެއްލޭތީ ހިތާމަ ކުރަން. --ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެއް

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ގަވާއިދުގައި ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކައުންސިލުން ބުނެފައި އޮތީ ވަކި ގޮތެއް ނުނިންމަމޭ ވަކި ބަޔަކު ރަޖިސްޓްރީ ނުކުރާކަށެއް. އަދި ވަކި ކެޓަގަރީއެއް ރަޖިސްޓްރީ ނުކުރާކަށެއް." ތަސްލީމާ ވިދާޅުވި އެވެ.

ނަފްސާނީ އިލްމަކީ ރާއްޖެއަށް ބޭނުންތެރި އިލްމެކެވެ. އެފަދަ އިލްމު އުނގެނިގެން އަންނަ ދިވެހިންގެ އަދަދު ވަނީ ގިނަވެފަ އެވެ. އެކަމަކު ގަވާއިދުގެ ސަބަބުން ގިނަ ބައެއްގެ ހައްގު ވަނީ ގެއްލި މަގުމަތިވެފަ އެވެ. މި ދާއިރާ އިން ކިޔަވައިގެން ވަޒީފާއެއް ލިބޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.