03 ޖެނުއަރީ 2025
ބައެއް އިންސާނުންނަށް އެ މީހުންގެ ދިރިއުޅުމުގެ ހަޔާތް ވޭތުކުރަމުން ދާއިރު ނަފްސާނީ ގޮތުން ފުއްދަން ޖެހޭ ބައެއް ބޭނުންތައް ނުފުދޭތީ އެކަމާ ކަންބޮޑުވެ ހާސްވެ އެވެ. ނަފްސާނީ ހުސްކަމަކާ ކުރިމަތިލާން ޖެހެ އެވެ. މިކަން މިގޮތަށް މެދުވެރި ވަނީ ދިރިއުޅުމުގައި އިންސާނާގެ ގަބޫލު ކުރުންތަކާއި ޢަމަލުތައް ހުންނަ ގޮތެއްގެ ސަބަބުންނެވެ. މިކަމަށް އެންމެ ބޮޑަށް ބާރު ލިބޭ އެއް ސަބަބަކީ އެންމެ ފުރަތަމަ ކަމަކަށް ދިރިއުޅުމުގެ ވަކި އަމާޒެއް ކަނޑަނޭޅުމެވެ. ކައުނާއި ދިރިއުޅުމުގެ މި ހަޔާތާއި ދުނިޔޭގައި އިންސާނާ ވުޖޫދު ވުމުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ސައްހަ ގޮތުގައި ނޭނގޭތީ އެވެ. ދިރިއުޅުމުގައި އިންސާނާ އަދާކުރަން ޖެހޭ ދައުރާއި އޭނާގެ ތަބީއަތާއި އޭނާގެ ނިމުން ހުރި ގޮތާއި މި ކަންކަމުގައި އެކުލެވޭ ހަގީގީ ސިއްރުތަކާ މެދު ނުބައި ތަސައްވުރެއް ލިބިފައި ވާތީ އެވެ.
ބައެއް އިންސާނުންނަށް އެ މީހުންގެ ދިރިއުޅުމުގެ ހަޔާތް ވޭތުކުރަމުން ދާއިރު ނަފްސާނީ ގޮތުން ފުއްދަން ޖެހޭ ބައެއް ބޭނުންތައް ނުފުދޭތީ އެކަމާ ކަންބޮޑުވެ ހާސްވެ އެވެ. ނަފްސާނީ ހުސްކަމަކާ ކުރިމަތިލާން ޖެހެ އެވެ. މިކަން މިގޮތަށް މެދުވެރި ވަނީ ދިރިއުޅުމުގައި އިންސާނާގެ ގަބޫލު ކުރުންތަކާއި ޢަމަލުތައް ހުންނަ ގޮތެއްގެ ސަބަބުންނެވެ. މިކަމަށް އެންމެ ބޮޑަށް ބާރު ލިބޭ އެއް ސަބަބަކީ އެންމެ ފުރަތަމަ ކަމަކަށް ދިރިއުޅުމުގެ ވަކި އަމާޒެއް ކަނޑަނޭޅުމެވެ. ކައުނާއި ދިރިއުޅުމުގެ މި ހަޔާތާއި ދުނިޔޭގައި އިންސާނާ ވުޖޫދު ވުމުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ސައްހަ ގޮތުގައި ނޭނގޭތީ އެވެ. ދިރިއުޅުމުގައި އިންސާނާ އަދާކުރަން ޖެހޭ ދައުރާއި އޭނާގެ ތަބީއަތާއި އޭނާގެ ނިމުން ހުރި ގޮތާއި މި ކަންކަމުގައި އެކުލެވޭ ހަގީގީ ސިއްރުތަކާ މެދު ނުބައި ތަސައްވުރެއް ލިބިފައި ވާތީ އެވެ.
އިންސާނާ ނަފުސާނީ ގޮތުން ހަމަޖެހިގެން ދިރިއުޅުމަށްޓަކައި ދިރިއުޅުމުގެ ސައްހަ އަމާޒެއް ކަނޑައެޅެން ޖެހެއެވެ. މާތްވެގެންވާ އިސްލާމް ދީން އިންސާނާގެ ހަގީގަތާއި އޭނާ ވުޖޫދު ވުމުގެ ބޭނުމާއި އޭނާގެ ނިމުމާ މެދު ވަރަށް މުހިންމު ތަސައްވުރެއް ގެނެސްދީފައި ވެ އެވެ. އެ ތަސައްވުރާ އެއްގޮތަށް އިންސާނާ ގަބޫލު ކުރުންތައް ބަދަލުކޮށް، ދިރިއުޅުމުގެ އަމާޒު އެ ގޮތަށް މިސްރާބު ކޮށްފި ނަމަ އިންސާނަކަށް ނަފުސާނީ ގޮތުން ފުއްދަން ޖެހޭ ބޭނުންތައް ނުފުދިގެން އުޅޭ ކަމުގެ އިހުސާސް ކުރާކަށް ނުޖެހޭނެ އެވެ.
ނަމަވެސް މި ތަސައްވުރު ނުލިބޭ ނަމަ ނަފްސާނީ ހުސް ކަމަކަށް ދާން ޖެހިދާނެ އެވެ. މިކަމުގެ ހައްލެއްގެ ގޮތުން ބައެއް މީހުން ތަފާތު ކުޅިވަރުތައް ކުޅެ އުޅެ އެވެ. ނުވަތަ ވާހަކަތަކާއި ފިލްމުތަކުގެ ސިފައިގައި ހަގީގީ ނޫން މައްސަލަތައް އީޖާދު ކޮށް އެކަމުން މުނިފޫހިފިލުވަމުން ދެ އެވެ. އަނެއް ބަޔަކު ނަފުސުގައިވާ ޣަރީޒާތައް ހިތު ހުރި ގޮތަކަށް ފުއްދަ އެވެ. މި ކަންކަމުން ނަފުސާނީ ހަމަޖެހުމަށް ވަގުތީ ހައްލެއް ފަހަރެއްގައި ލިބިދާނެ އެވެ. ނަމަވެސް މައްސަލައިގެ އަސްލު ސަބަބާ ދިމާއަށް ނުދެވޭ ނަމަ ޑުރަގެއް ފަދައިން ވަގުތީ ހައްލެއް ހޯދުމުން އެއާ އެކު ނުކުމެގެންދާ އެހެން މައްސަލަތައް މާ ގިނަވާނެ އެވެ.
މިސާލަކަށް އިންސާނާގެ ސިއްހަތަށް ނުވަތަ މުޅި މުޖުތަމައަށް ގެއްލުން ދެނިވި ކަންކަމަށް ދެވި ހިފަ އެވެ. މިކަމުން އަރައިގަތުމަށް ތަޅާފޮޅުމާއި ތަންތަން ހަލާކު ކުރުމާއި ޖިންސީ ޖަރީމާތައް ހިންގަ އެވެ. ނަފްސާނީ ހުސްކަމެއް ފިލުވާލުމަށް ހައްލެއްގެ ގޮތުން ކުރި ކަންކަމުގެ ނަތީޖާ ފެނިގެން އެ ދަނީ އިތުރު ނުބައިތަކެއް ވުޖޫދު ކުރަމުންނެވެ. މައްސަލައިގެ އަސްލު ސަބަބާ ހަމައަށް ނުދެވި އެވެ.
އިސްލާމް ދީނަކީ ޝާމިލު ދީނެއް ކަމުން އިންސާނާގެ ދިރިއުޅުމުގައި ދިމާވާ އެއްވެސް މައްސަލައެއް ހައްލު ކުރުމަށްޓަކައި އެހެން މައްސަލަތަކެއް ފެންމަތި ކުރުވާ އުސޫލެއް ނޯވެ އެވެ. އެއްކަން އަނެއް ކަމާ ގުޅިލާމެހިފައި ވާތީ، އަވަސް ފަރުވާ ދިނުމުގެ ބަދަލުގައި އިސްލާމް ދީން ހުށަހަޅަނީ އެފަދަ ކަންކަން މުލުން ލުހެލުމުގެ އުސޫލެކެވެ. ނަފްސާނީ ހަމަނުޖެހުމެއް ނުވަތަ ހުސްކަމެއް ދިމާވުމުން ވެސް އެ އަށް ވަގުތީ ފަރުވާއެއް ދިނުމަށް ވުރެ އިސްލާމް ދީން ބާރު އަޅަނީ އެކަން ކުރިމަތި ނުވާނެ ފަދަ ގޮތްތަކެއް ރޭވިފައި އޮތުމަށެވެ. ދިރިއުޅުމުގެ ހަޔާތާ މެދު އިންސާނާ ބަލަން ޖެހެނީ އޭނާ އަދާކުރަން ޖެހިފައިވާ މަސްއޫލިއްޔަތެއްގެ ގޮތުގަ އެވެ. އެ މަސްއޫލިއްޔަތު އަދާކުރާ ގޮތެއްގެ މަތިން ﷲގެ ހަޒުރަތުން އާޚިރަތުގައި ޖަޒާ ލިބޭނެ ކަމާއި ދުނިޔަވީ ހަޔާތަކީ އިމްތިހާނެއް ކަން އިސްލާމްދީނަށް ތަބާވާ މީހާ ގަބޫލު ކުރަން ޖެހެއެވެ.
މި ދިރިއުޅުމާއި މި ކައުނާއި ކައުނުގައިވާ އެންމެހާ އެއްޗެއްސާއި ކަންކަން ހިނގަމުންދާ ގޮތާ މެދު އުފެއްދުންތެރި ނަޒަރަކުން ވިސްނައި ފިކުރު ކުރަން ޖެހެ އެވެ. ފިކުރު ކުރުމަކީ ވެސް އަޅުކަމެކެވެ. ފަރުޟު ޢިބާދާތު ތަކާއި ޒިކުރު ކުރުމާ އެކު، ފިކުރު ކުރުމަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިގޮތަށް ވަގުތުތައް ބަހާލައިގެން އިންސާނާ އަވަދި ނެތި އުޅެމުންދާ ކަމަށް ވާ ނަމަ ހުސް ވަގުތަކަށް މާ ބޮޑު ޖާގައެއް ނޯންނާނެ އެވެ.
ނަތީޖާއަކީ ދިރިއުޅުމުގައި އޭނާ އެންމެ ކަންބޮޑުވާ ކަންކަމަކީ ދުނިޔަވީ އަރާމެއް ނުވަތަ ކައިވެނި ކުރާނެ މީހެއް ނުވަތަ ވެރިކަމެއް ނުވަތަ އެއްކުރާނެ މުދާތަކެއް ކަމުގައި ނުބަލާނެ އެވެ. އެ ހުރިހާ ކަމަކަށް ފަހު، އޭނާ އަށް ނަފްސާނީ ގޮތުން ލިބޭ ހުސްކަން ފޫބައްދާލަން ހަވާނަފްސުގެ އެދުންތައް އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ފުއްދާލުމަކަށް ވެސް ޖާގައެއް ނުދޭނެ އެވެ.
މިއާ މުޅިން ޚިލާފަށް އިސްލާމް ދީން ގެނެސްދެނީ ވަރަށް ޝާމިލު ތަސައްވުރެކެވެ. މި ތަސައްވުރުގައި މުސްލިމަކު ނަމަ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅަކާ މެދު ބަލަން ޖެހެނީ އެއީ ވަރަށް އަގުހުރި ވަގުތުކޮޅެއް ކަމުގަ އެވެ. އެ ވަގުތުކޮޅު ހެޔޮ ގޮތުގައި ފުއްދާލުން އެއީ އޭނާގެ މައްޗަށް އޮތް އަމާނަތެއް ކަމުގައެވެ. އެ ވަގުތު ކޮޅުތަކުގެ ތެރޭ ހެޔޮ ކަމެއް ކޮށްފި ނަމަ ނުވަތަ ނުބައި ކަމަކުން ދުރުހެލި ވެއްޖެ ނަމަ އެއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށް ވާން ޖެހެ އެވެ. ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް ހޭދަކުރެވޭ ކޮންމެ ވަގުތު ކޮޅެއްގެ ސަބަބުން އިތުރު ހިތްހަމަޖެހުމާއި އުފާ ހާސިލު ކުރެވެން ޖެހެ އެވެ.
އަލްމުލްކު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ ދިރިއުޅުމާއި މަރުވުން އެކަލާނގެ ލައްވާފައި ވަނީ އިންސާނުން ކުރެ ހެޔޮ ގޮތުގައި ޢަމަލުތައް ކުރަނީ ކޮން ބައެއްތޯ ބަލައި އިމްތިހާނު ކުރުމަށްޓަކައި ކަމުގަ އެވެ.
ނަފުސާނީ ހުސްކަމުން ދުރުހެލިވުމަށް ރަނގަޅު ތަސައްވުރެއް އޮތުމާ އެކު، އެ ތަސައްވުރާ އެއްގޮތްވާ ގޮތަށް ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަން ޖެހެ އެވެ. ހެޔޮކަންކަމުގައި އެކަކު އަނެކަކަށް ވާދަ ޖެހުމަށް އަލްބަޤަރާ ސޫރަތުގެ 148 ވަނަ އާޔަތުގައި އަންގަވާފައި ވެ އެވެ. ދިރިއުޅުމުގެ ވަގުތުތައް މިގޮތަށް ފުއްދާ މީހާ އަށް ނަފްސާނީ ގޮތުން އަންނާނެ ހުސްކަން ނައްތާލުމަށް ވަރަށް ބޮޑު އެހީއެއް ލިބޭނެ އެވެ. އިސްލާމްދީން ވަނީ އިންސާނާގެ ދިރިއުޅުމުގެ ވަގުތުތައް ވަކި ނިޒާމަކުން ބަހައި ދީފަ އެވެ.
އަރާމުކޮށް ނިދާލުމަށް ރޭގަނޑެވެ. ދިރިއުޅުމުގެ މަސައްކަތްތަކަށް ދުވާލުގެ ވަގުތު ތަކެވެ. ދުވާލުގެ ވަގުތުތައް ފަތިހުފަތިހާ އެކު، ފަށައި އިރުއޮއްސުމުން ނިންމާލައި އަދި އޭގެ ފަހުން ޢިޝާ ވަގުތާ ހަމައަށް ދޭތެރެދޭތެރެއިން ﷲ އަށް ޚާލިސްކުރާ ގޮތުގައި ކުރާ ޚާއްސަ އަޅުކަންތަކަށް ވަގުތު ދޭން ޖެހެ އެވެ. މި ކަންކަމަށް ކަނޑައެޅިފައިވާ ވަގުތު ބޭނުން ކުރުމަށް ފަހު، ހަލާލު ގޮތުގައި ރިޒުގު ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ނުވަތަ މިކަމަށް އިންސާނާ ތައްޔާރު ވުމަށާއި ﷲ އަށް އަޅުވެތިވާނެ ގޮތް ދަސްކުރުމަށްޓަކައި ބޭނުންވާ އިލްމާއި ހުނަރު ހޯދުމަށް ދުވާލުގެ ވަގުތުތައް ހޭދަ ކުރަން ޖެހެ އެވެ. މި ވަގުތުތަކުގެ ތެރެއިން ކޮންމެވެސް ބައެއްގައި އިންސާނާ ވިސްނައި ފިކުރަން ވަގުތު ދޭން ޖެހެ އެވެ.
މި ދިރިއުޅުމާއި މި ކައުނާއި ކައުނުގައިވާ އެންމެހާ އެއްޗެއްސާއި ކަންކަން ހިނގަމުންދާ ގޮތާ މެދު އުފެއްދުންތެރި ނަޒަރަކުން ވިސްނައި ފިކުރު ކުރަން ޖެހެ އެވެ. ފިކުރު ކުރުމަކީ ވެސް އަޅުކަމެކެވެ. ފަރުޟު ޢިބާދާތު ތަކާއި ޒިކުރު ކުރުމާ އެކު، ފިކުރު ކުރުމަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިގޮތަށް ވަގުތުތައް ބަހާލައިގެން އިންސާނާ އަވަދި ނެތި އުޅެމުންދާ ކަމަށް ވާ ނަމަ ހުސް ވަގުތަކަށް މާ ބޮޑު ޖާގައެއް ނޯންނާނެ އެވެ. މިއީ ނަފުސާނީ ގޮތުން އިންސާނާ އަށް ލިބިދާނެ ހުސްކަން ފިލުވާލަން އޮތް ވަރަށް މުހިންމު މަގެކެވެ.
ވީމާ ދިރިއުޅުމުގެ ހަޔާތުގައި އިސްލާމީ ތަސައްވުރާ އެކު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަގުތުތައް ބަހާލައިގެން ބުރަކޮށް އުޅޭ ނަމަ މަސައްކަތުގެ ކާމިޔާބުގެ އުފަލާއި ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމުގެ އުފަލާއި އާޚިރަތުގައި ހެޔޮ ޖަޒާ ލިބުމުގެ އުންމީދުގެ އުފަލާ އެކު ދިރިއުޅެވޭނެ އެވެ. އެހެންވެ، ނަފްސާނީ ހުސްކަމެއް ނުވަތަ ނަފްސާނީ ހަމަނުޖެހުމެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ. އެހެން ކަމުން ނަފްސާނީ ހުސްކަން ފިލުވާލުމަށް އިންސާނާގެ ހައިވާނީ ޣަރީޒާތައް ބޭކާރު ގޮތުގައި ފުއްދާލަން އާދަކޮށްގެން ނުވާނެ އެވެ.
މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ
ނަފްސާނީ ބޭނުންތައް ނުފުދުމުގެ ނުތަނަވަސްކަމުގެ ހައްލު
މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟
ކައިވެނީގެ އެންގޭޖުމަންޓުގެ މުހިންމުކަން
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު