އީދުގައި އުފާވެރިކަމުގެ އިހުސާސްތައް ފާޅުކުރުމަކީ އިންސާނީ ފިތުރަތާއި ނަފުސުގެ ބޭނުންތައް ފުއްދުމަށް އިސްލާމް ދީން ދޭ ފުރުސަތުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު އެ ރަށުގެ އަހުލުވެރިން ފާހަގަކޮށް އުޅުނު ދެ ދުވަހެއްގެ ބަދަލުގައި އަޟްހާ އީދާއި ފިތުރު އީދު މުސްލިމުންނަށް އުފާކުރަން ޝަރުއު ކުރެއްވި އެވެ. (އަބޫދާއޫދު އާއި ނަސާއީ).
07 ޖޫން 2025
އީދުގައި އުފާވެރިކަމުގެ އިހުސާސްތައް ފާޅުކުރުމަކީ އިންސާނީ ފިތުރަތާއި ނަފުސުގެ ބޭނުންތައް ފުއްދުމަށް އިސްލާމް ދީން ދޭ ފުރުސަތުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު އެ ރަށުގެ އަހުލުވެރިން ފާހަގަކޮށް އުޅުނު ދެ ދުވަހެއްގެ ބަދަލުގައި އަޟްހާ އީދާއި ފިތުރު އީދު މުސްލިމުންނަށް އުފާކުރަން ޝަރުއު ކުރެއްވި އެވެ. (އަބޫދާއޫދު އާއި ނަސާއީ).
އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ތިމާގެ މީހުންނާއި ރައްޓެހިންނާއި އަވައްޓެރިންގެ ގެތަކަށް ޒިޔާރަތްކޮށް ހިތްހެޔޮކަމާ އެކު، އީދުގެ ތަހުނިޔާ ބަދަލު ކުރުމެވެ. މި ތަހުނިޔާއާ އެކު، އެންމެންގެ ހެޔޮ އަމަލުތައް ﷲ ގަބޫލު ކޮށްދެއްވާތޯ ދުއާ ކުރުމެވެ. މީގެ އިތުރުން ހަދިޔާ ބަދަލު ކުރުމެވެ. އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުރެވިދާނެ ދެވަނަ ކަމަކީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރި ވުމާއި އެފަދަ ހަރަކާތްތައް ބެލުމެވެ. ނަމަވެސް މިގޮތުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި ކުރުން ހުއްދަ ކަންކަމުގައި ވެސް ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އިސްލާމް ދީން ބަޔާން ކުރެ އެވެ. އީދުގައި އުފާ ކުރާއިރު މި ކަންކަން ދެނެގަންނަން ޖެހެ އެވެ.
އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގެ ގޮތުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އާއިލީ ފެންވަރުގައި ބާއްވާ މަހާސަމާ (ފެސްޓިވަލް) ތަކާއި ސަގާފީ ނުވަތަ ކުޅިވަރު މުބާރާތްތަކާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބާއްވާ ހުށަހެޅުންތަކާއި ހަދިޔާބަދިޔާ ބަދަލު ކުރުމުގެ ހަރަކާތްތަކާއި ކެއުމުގެ ހަފުލާތައް ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ލަވަޔާއި މިޔުޒިކު ހިމެނޭ ސަގާފީ ހަރަކާތްތައް ވެސް އިސްލާމީ މިންގަޑުތަކަށް ފެތޭ ގޮތަށް ބޭއްވިދާނެ އެވެ.
މީގެ ތެރެއިން ލަވަޔާއި މިޔުޒިކު ހުއްދަތޯ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މީގެ ޖަވާބުގައި އެންމެ ފުރަތަމަ ބުނެލަން އޮތީ އިލްމުވެރިންގެ މެދުގައި އޭގެ ހުކުމާ މެދު ދެބަސްވުމެއް ނެތް ދެ ބާވަތެއްގެ ލަވަޔާއި މިޔުޒިކު ހިމެނޭ ކަމެކެވެ. އެއްބާވަތަކީ ހުއްދަ ކަމަށް ހުރިހާ އިލްމުވެރިން އެއްބަސްވާ ބާވަތެކެވެ. އެއީ އީދާއި ކައިވެނި ފަދަ އުފާވެރި މުނާސަބަތުތަކުގައި މިޔުޒިކު އާލަތެއްގެ ގޮތުގައި ހަމައެކަނި ތާރަ ބޭނުންކޮށްގެން ކިޔާ ދީނާ ފުށުއެރުމެއް ނެތް އިބާރާތްތައް ހިމެނޭ ލަވަޔާއި މިޔުޒިކެވެ.
ދެވަނަ ބާވަތަކީ ހުރިހާ އިލްމުވެރިން ވެސް އޭގެ ހަރާމްކަމަށް އެއްބަސްވާ ބާވަތެކެވެ. އެއީ އަގީދާ އާއި އަހުލާގުގެ ގޮތުން ހުއްދަ ނޫން އިބާރާތްތައް ހިމެނޭ ލަވަޔާއި ފާހިޝް ކަންކަމަށް މަގުފަހި ކުރާ މިޔުޒިކެވެ. މި ދެބާވަތް ފިޔަވައި ދެން ހުރި ލަވަޔާއި މިޔުޒިކުގެ ހުކުމުގައި އިލްމުވެރިންގެ މެދުގައި އިޚުތިލާފު އުފެދިފައި ވެ އެވެ. މިގޮތުން ލަވަޔާއި މިޔުޒިކާ ގުޅުން ހުރި އާޔަތްތަކާއި ހަދީސްތަކުގެ އަލީގައި އިސްލާމީ ވަރަށް ގިނަ އިލްމުވެރިން މިޔުޒިކު (ހަމަ މިޔުޒިކަކަށް ވާތީ) ހަރާމް ކަމަށް ވިދާޅުވެފައި ވެ އެވެ. އެއީ އެބޭކަލުންގެ ރައުޔެވެ. އެ ރައުޔަށް އިހުތިރާމު ކުރަން ވާނެ އެވެ. އެކަމަކު ހަމަ އެއާ އެކު، އެހެން ބައެއް އިލްމުވެރިންނަށް ހަމަ އެ ހަދީސްތަކާއި އާޔަތްތައް ދޭހަވެ ވަޑައިގެންފައި ވަނީ މި ތިންވަނަ ބާވަތުގެ ލަވަޔާއި މިޔުޒިކު ހުއްދަވާނެ ކަމަށެވެ. މި އިލްމުވެރިންގެ ތެރޭގައި ފަހުގެ ބައެއް އިލްމުވެރިން ހިމެނުނަސް ހަމަ ސަލަފުންގެ ބޭކަލުން ވެސް ހިމެނެ އެވެ. އެހެންކަމުން މި ރައުޔަކީ ވެސް ހަމަ ބަލައިގަނެވޭނެ އަދި ކިއެއްތަ، އިންސާފުވެރި ވިސްނުމަކުން ވިސްނައިފި ނަމަ އިސްލާމް ދީނުގެ ސަމާހަތްތެރިކަމާއި އިންސާނީ ފިތުރަތަށް އެ ދީނުގައި ދީފައިވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ކަށަވަރު ވާނެ ރައުޔެކެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އިއްޔެ ކުރި އަޟްހާ އީދު ނަމާދުގައި ބައިވެރިވި ބަޔަކު ހުތުބާ އަޑުއަހަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މި ބޭކަލުން އެއްވެސް ހާލެއްގައި ހަރާމް މިޔުޒިކު އަދި ހަރާމް ލަވަ ހުއްދަ ކަމަށް ވިދާޅުވަނީކީ ނޫނެވެ. މި ފަދަ ހުރިހާ އިލްމުވެރިން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ލަވަޔަކުން މިޔުޒިކަކުން ﷲ ނުރުއްސަވާ ކަމަކަށް މަގުފަހިވާ ނަމަ އެ ހަރާމެވެ. ލަވަޔާއި މިޔުޒިކު އޭގެ ޒާތުގައި އެއީ ﷲ ގެ ރުހިވޮޑި ނުގަތުން އޮތް އެއްޗެއް ކަމަށް މުޅި ޤުރްއާން އެއްކޮށް ބެލިޔަސް ސަރީހަ އެއްވެސް ނައްސެއް ފެންނަން ނެތް ކަމަށް މި ބޭކަލުން ވިދާޅުވެ އެވެ. އަދި މުޅި ސުންނަތް އެއްކޮށް ބެލިޔަސް ލަވަޔާއި މިޔުޒިކު އޭގެ ޒާތުގައި ހަރާމް ކުރަން ސައްހަ އަދި ސަރީހަ މި ދެ ޝަރުތު ފުރިހަމަވާ ހަމަ އެއްވެސް ނައްސެއް ފެންނަން ނެތް ކަމަށް ވެސް މި ބޭކަލުން ވިދާޅުވެ އެވެ. އެހެންކަމުން ﷲ ގެ ރުހިވޮޑިގަތުން ނުލިބޭނީ ލަވަޔާއި މިޔުޒިކުގެ ތެރެއިން ހަރާމް ލަވަޔާއި މިޔުޒިކަށް އެކަންޏެވެ. ހަރާމް ލަވަޔާއި މިޔުޒިކަކީ މި ބޭކަލުން ވިދާޅުވާ ގޮތުގައި އިސްލާމް ދީނުގައި މުނިފޫހިފިލުވުން ހުއްދަ ވާން އޮންނަ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ލަވަޔާއި މިޔުޒިކެވެ. މިއާ ހިލާފަށް މުނިފޫހިފިލުވުމުގެ ޝަރުތުތަކަށް ފެތޭ ލަވަޔާއި މިޔުޒިކު ހުއްދަކަން ދޭހަވާ ސައްހަ އަދި ސަރީހަ އެތައް ހަދީސެއް ވެ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާ ﷺ ގެ ގެކޮޅުގައި ދެ ޖާރިޔާ އަކު ލަވަކިޔައި ތާރަ ޖެހި ހާދިސާ އާއި (ބުޚާރީ އާއި މުސްލިމް)، ނަބަވީ މިސްކިތުގައި ޙަބަޝީން ނެށުމުގެ ކުޅިވަރެއް ކުޅުނު ހާދިސާ އާއި (ބުޚާރީ އާއި މުސްލިމް)،
މިސާލަކަށް އައުރަ ކަޝްފު ކުރުމާއި ހަރާމް ލަވަޔާއި މިޔުޒިކު ހިމެނުމާއި އެއްވެސް މިންގަނޑެއް ނެތި ދެޖިންސު މައްސުނި ވުމާއި ހަޑިހުތުރު ބަސްތަކާއި މަލާމާތް ކުރުން ފަދަ ކަމެއް ނުހިމެނުމެވެ. ދެވަނަ ޝަރުތަކީ ފޫހިފިލުވުމުގެ ހަރަކާތެއްގައި ބައިވެރިވުމަށްޓަކައި ވާޖިބެއް ދޫކޮށް ނުލުމެވެ.
ކައިވެނި އިއުލާނު ކުރަން ތާރަ ޖަހަން ރަސޫލާ އެންގެވުމާއި (އައްތިރުމިޛީ)، "ކައިވެނީގައި ހަލާލާއި ހަރާމާ ދެމެދު ވަކި ކުރާ އެއްޗަކީ ތާރަ އާއި ލަވަ ކަމަށް ހަދީސް ކުރެއްވުމާއި (އައްނަސާއީ އާއި އައްތިރުމިޛީ އާއި އިބްނު މާޖާ)، ކައިވެންޏެއްގައި ކީ ލަވައެއްގައި އަގީދާއާ ފުށުއެރި ވާހަކައެއް އައުމުން އެކަން މަނާ ކުރެއްވިޔަސް މުޅި ލަވަ މަނާ ނުކުރެއްވުމާއި (ބުޚާރީ)،
ނަދުރު ބުނެގެން ތާރަ ޖަހަން ހުއްދަ ދެއްވި ހާދިސާ އާއި (އަބޫ ދާއޫދު، އަހުމަދު އަދި ނަސާއީ)، ބަކަރި ހުއި ހައްޕާ މީހެއްގެ އޮނުފުމުން ރަސޫލު ﷺ އަޑު ނޭއްސެވިއަސް އެކަން އިބްނު އުމަރަށް މަނާ ނުކުރެއްވުމާއި ދެވަނަ ފަހަރު އިބްނު އުމަރު އެ އަޑު ނޭއްސެވިޔަސް ނާފިއު އަށް އެކަން މަނާ ނުކުރެއްވި ހާދިސާ (އަބޫ ދާއޫދު) ފަދަ އެތައް ދަލީލެއް ވެ އެވެ.
މީގެ އިތުރުން ކީރިތި ޤުރްއާނުގައި ލަހުވު މަނާ ކޮށްފައި އޮތް ދެ ހާލަތުގައި (އަލްޖުމްޢާ 11 އަދި ލުޤްމާން 6) ވެސް އިންކާރު ކޮށްފައި އޮތީ އެކަން ލަހުވަކަށް (މުނިފޫހިފިލުވުމަކަށް) ވާތީ އޭގެ ޒާތުގައެއް ނޫނެވެ. މި އާޔަތްތަކާއި ހަދީސްތަކުގެ ތަފުސީލަށް މިފަދަ ކުރު ލިޔުމެއްގައި ތަފުސީލުކޮށް ބަލައި ނުލެވޭނެތީ އެހެން ލިޔުމަކުން އޭގެ ތަފުސީލު ގެނައުމުގެ އުންމީދު ކުރަމެވެ.
މުނިފޫހި ފިލުވުމުގެ ގޮތުން އީދުގައި ކޮންމެ ހަރަކާތެއް ބޭއްވިއަސް އެ ހަރަކާތެއް އިސްލާމީ މިންގަނޑުތަކަށް ފެތެން ވާނެ އެވެ. އެންމެ ފުރަތަމަ ޝަރުތަކީ ޝަރުއީ ގޮތުން ހަރާމް ކަމެއް ނުވަތަ މަކްރޫހަ ކަމެއް އެ ހަރަކާތެއްގައި ނުހިމެނުމެވެ. މިސާލަކަށް އައުރަ ކަޝްފު ކުރުމާއި ހަރާމް ލަވަޔާއި މިޔުޒިކު ހިމެނުމާއި އެއްވެސް މިންގަނޑެއް ނެތި ދެޖިންސު މައްސުނި ވުމާއި ހަޑިހުތުރު ބަސްތަކާއި މަލާމާތް ކުރުން ފަދަ ކަމެއް ނުހިމެނުމެވެ. ދެވަނަ ޝަރުތަކީ ފޫހިފިލުވުމުގެ ހަރަކާތެއްގައި ބައިވެރިވުމަށްޓަކައި ވާޖިބެއް ދޫކޮށް ނުލުމެވެ. އަދި މީހެއްގެ ހައްގަކަށް އަރައިނުގަތުމެވެ. ތިންވަނަ ޝަރުތަކީ އެހެން ދީންތަކުގެ ދީނީ ނުވަތަ ސަގާފީ ކަމެއް ނުވަތަ އާންމުކޮށް ފާސިގުން ކޮށް އުޅޭ ކަމެއް ކޮޕީ ނުކުރުމެވެ. ހަތަރުވަނަ ޝަރުތަކީ މުނިފޫހިފިލުވުމުގައި އިސްރާފުގެ ދަރަޖަ އަށް ނުދިއުމެވެ.
މި ޝަރުތުތައް ފުރިހަމަ ވާ ނަމަ އީދުގައި މުނިފޫހިފިލުވުމުގެ ގޮތުން ކޮންމެ ކަމެއް ވެސް ކުރުމަކީ ހުއްދަ ކަމެކެވެ. އިސްލާމް ދީނުގެ އުސޫލުތަކަށް ބަލާއިރު ކަމެއް ހުއްދަ ކަމަކަށް ދަލީލެއް ބޭނުމެއް ނުވާނެ އެވެ. ފިގުހުގެ އުސޫލަކީ ކަންކަން ހަރާމް ވުމަށް ނުވަތަ މަކްރޫހަ ވުމަށް ދަލީލު ބޭނުން ވުމެވެ. ސަބަބަކީ ﷲ ގެ ވަހީ ބަސްފުޅުން (އަލްބަޤަރާ 29) އެނގޭ ގޮތުގައި ހަރާމް ނުވަތަ މަކްރޫހަ ނުވާ ނަމަ ވާޖިބުތަކާއި ސުންނަތްތައް ފިޔަވައި ދެން ކޮންމެ ކަމަކީ ވެސް ހުއްދަ ކަމެއް ކަމަށް ވާތީ އެވެ.
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
ބޮޑު އީދު: އިސްލާމްދީނުގެ އިމުން ބޭރު ނުވާން އެދިއްޖެ
މުނިފޫހިފިލުވުމުގައި އިސްލާމީ މިންގަނޑުތަކަށް ތަބާވުން
އިސްކަން ދޭންވީ ގުޅުންތައް ބަދަހި ކުރަން: ރައީސް
ހައްޖުގެ ފިލާވަޅުތަކާއި ޢީދުގައި ސަމާލުވާން ޖެހޭކަންކަން
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
އަގީދާ ފުނޑާލާއިރު ރައްކާތެރި ކުރަން އަޒުމް ކަނޑައަޅާ
އީދު ފަށަން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ