28 ޖުލައި 2023
އިންސާނުންނަކީ ތަފާތު ޣަރީޒާތަކާއި އެދުންތަކަށް ތަބާވާ މަހުލޫގުން ތަކެކެވެ. މީގެ ތެރޭގައި އުފަލާއި މަޖާކުރުމާއި ކުޅިވަރުކުޅެ މުނިފޫހިފިލުވުން ހިމެނެ އެވެ. (އަލްހަދީދު 20). މާތްވެގެންވާ އިސްލާމް ދީނުގެ އެންމެހައި ހުކުމްތަކަކީ އިންސާނުން އެންމެ ފުރިހަމަ ބަޔަކަށް ހެދުމަށް އައިސްފައިވާ ހުކުމްތަކެކެވެ.
އިންސާނުންނަކީ ތަފާތު ޣަރީޒާތަކާއި އެދުންތަކަށް ތަބާވާ މަހުލޫގުން ތަކެކެވެ. މީގެ ތެރޭގައި އުފަލާއި މަޖާކުރުމާއި ކުޅިވަރުކުޅެ މުނިފޫހިފިލުވުން ހިމެނެ އެވެ. (އަލްހަދީދު 20). މާތްވެގެންވާ އިސްލާމް ދީނުގެ އެންމެހައި ހުކުމްތަކަކީ އިންސާނުން އެންމެ ފުރިހަމަ ބަޔަކަށް ހެދުމަށް އައިސްފައިވާ ހުކުމްތަކެކެވެ.
އެހެންކަމުން އިންސާނާގެ އެދުންތަކާއި ޣަރީޒާތައް ތަހުޒީބުކޮށް، އެންމެ ފުރިހަމަ އިންސާނެއްގެ ގޮތުގައި ވުމަށް އިސްލާމްދީން ބާރު އަޅަ އެވެ. އުހުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިސްލާމްދީން ގޮވާލަ އެވެ. އިންސާނީ ތަބީއަތަށް ބަލާއިރު ދުނިޔަވީ ހަޔާތުން އުފާވެރިކަން ހޯދުމަކީ ވެސް އިންސާނާ ބޭނުންވާނެ ކަމަކަށް ވާތީ ދުނިޔެ އިން އެ މީހަކަށް ލިބެންވާ ނަސީބުގެ މަތިން ހަނދާން ނައްތާ ނުލުމަށް އިސްލާމް ދީން ހަނދާން ކޮށްދެ އެވެ. (އަލްޤަޞަޞް 77).
ދުނިޔެ އާއި އާހިރަތް ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އުފުލަންޖެހޭ ބުރަތަކުން ލިބޭ ވަރުބަލިކަން ފިލުވާލުމާއި ނަފުސަށް ލިބޭ ފޫހިކަން ނައްތާލުމަށް ކުޅިވަރުތައް ކުޅުމާއި މުނިފޫހިފިލުވަން ވެސް ވަކި ހަމަތަކެއްގެ މަތިން އިސްލާމްދީނުގައި ޖާގަ ދެ އެވެ. ވަކިން ހާއްސަކޮށް އީދުތަކަކީ އެ ކަމަށް އިސްލާމްދީން ހިތްވަރުދޭ މުނާސަބަތެކެވެ. ހިތްހަމަ ޖައްސާލުމާއި އުފާކުރުމާއި މަޖާކުރުމުގެ އިތުރުން ބައެއް ހުނަރުތަކާއި ފަންނުތައް ދަސްވާ ފަދަ ބައެއް ކުޅިވަރަށް ވެސް އަހަންމިއްޔަތުކަން ދީފައި ވެ އެވެ. ފެތުމާއި އަސް ދުއްވުމާއި އަމާޒަށް ދުނިޖެހުން ޒުވާނުންނަށް ދަސްކޮށްދިނުމަށް އުމަރުގެފާނު އިރުޝާދު ދެއްވި އެވެ. ނަބަވީ މިސްކިތުގެ ހަރިންމަ ތެރޭގައި ހަބަޝީންގެ ބަޔަކު ހަތިޔާރާ އެކު ނަށާ ނެށުމެއް ކުރިއަށް ގެންދިޔައިރު އެ މީހުންނަށް ކީރިތި ރަސޫލާ ﷺ ހިތްވަރު ދެއްވެވި އެވެ. އެ ކުޅިވަރު ބެއްލެވުމަށް އާއިޝަތުގެފާނަށް ފުރުސަތު ދެއްވެވި އެވެ.
ނަމަވެސް އެ ބާވަތުގެ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރެވޭ ކަންކަން ހުއްދަވާނީ އިސްލާމްދީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެކަންކަން ފެތޭ ނަމަ އެވެ. މި ދެންނެވި މިންގަނޑުތައް ބިނާވެފައިވަނީ މައިގަނޑު ދެ ޝަރުތެއް ފުރިހަމަ ކުރުމުގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ އެފަދަ ކުޅިވަރުތަކާއި މުނިފޫހިފިލުވުންތަކުގައި ވަގުތުތައް ހޭދަކުރަމުންދާއިރު ތިމާ އަދާކުރަން ޖެހިފައިވާ އެކިއެކި ވާޖިބުތަކަށް ރައްކާތެރިވުމެވެ. ﷲ އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި ތިމާގެ އަމިއްލަ ނަފްސަށް އަދި ތިމާގެ އާއިލާގެ މީހުންނާއި އަވަށްޓެރިންނާއި އަދި މުސްލިމް އެންމެހައި އަހުންނަށް އަދާ ކުރަން ޖެހޭ ހައްގުތަކަށް ރައްކާތެރިވުމެވެ. ނަމާދާއި އެ ނޫން ވާޖިބު އަޅުކަމެއް ދޫކޮށްލެވިގެން ނުވާނެ އެވެ. އަނބީންނާއި ފިރިންނާއި ދަރީންނަށް އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އެ ނޫން ވެސް އެހެން ހުރިހާ މުސްލިމުންނަށް އަދާކުރަން ޖެހޭ ހައްގެއް އަދާނުކޮށް ދޫކޮށްލެވިގެން ނުވާނެ އެވެ.
މިސާލަކަށް އަރަބީންގެ ތެރޭގައި އޮންނަ ބެލީ ޑާންސް ހަރާމް ވާނެ އެވެ. އަންހެނަކު ނިވާކަން ކުޑަ ހެދުމެއް އަޅައިގެން، ހަށިގަނޑު ހަރުފައެއްހެން ތަޅުވަމުން، ބަލާ މީހުންގެ ހިތްތަކުގައި އެދުންވެރިކަން ހިލޭ ފަދަ ގޮތަށް ނަށާ މި ނެށުން ހަރާމް ވާނެކަން އެންމެ އާދައިގެ މުސްލިމް މީހާ އަށް ވެސް އެނގޭނެ އެވެ.
ދެ ވަނަ ޝަރުތަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ އެއްވެސް ކަމެއްގައި މާތްﷲ އާއި އެކަލާނގެ ރަސޫލާ ﷺ މަނާ ކުރައްވާފައިވާ ކަމެއް އެއްގޮތަކަށް ވެސް ނުކުރުމެވެ. މަކްރޫހަ ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުހެލިވުމެވެ. އިސްލާމީ މިންގަޑާ ހިލާފު ހެދުން އަޅައިގެން ނުވާނެ އެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ހަރާމް ކަމެއް ނުވަތަ ހަރާމް ބަހެއް އެކުލެވިގެން ނުވާނެ އެވެ. ކެއުންބުއިމުގައި އިސްރާފު ކޮށްގެން ނުވާނެ އެވެ. ދެ ޖިންސުގެ މީހުން އެއްތަންވެ އުޅޭ އުޅުމުގައި ދީނާ ހިލާފު ކަންކަން ކޮށްގެން ނުވާނެ އެވެ. އެއްވެސް މީހަކަށް އުނދަގޫ ކުރުމެއް އަދި މީހެއްގެ ހައްގަކަށް އަރައިގަތުމެއް ފަދަ ކަމެއް ކޮށްގެން ނުވާނެ އެވެ. ހަމަ އެފަދައިން މަކްރޫހަ އެންމެހައި ކަންކަމުން ވެސް ދުރުހެލިވާން މަސައްކަތް ކުރަން ޖެހޭނެ އެވެ.
ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި ކަންކަމަށް ސަމާލުކަން ނުދީ ފަރުވާކުޑަ ކުރުމެވެ. އިސްލާމްދީން ހުއްދަ ނުކުރާ ފަދަ ހެދުން ލައިގެން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެވެ. ކެއުންބުއިމުގައި އިސްރާފު ކުރެ އެވެ. ދެ ޖިންސުގެ މީހުން ގައިގޯޅިވެ އުޅުމުގައި ބައެއް ކުޅިވަރުތަކުގައި އެކަކު އަނެކަކު އަތުގައި ހިފައި ދަމާ ހަދަ އެވެ. ގައިގޯޅިވެގެން ނަށައި ހަދަ އެވެ. ނެށުމުގައި ޝަހުވަތްތެރިކަން ހިލޭ ފަދަ ހަރަކާތްތައް ކުރެ އެވެ.
މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ނެށުމާ މެދު ފަލްސަފާ ކުރާ ނަމަ އެއީ މީހަކަށް ނުވަތަ ބަޔަކަށް ލިބޭ އުފާވެރިކަމެއް ނުވަތަ ކާމިޔާބެއް އަމަލީ ގޮތުން ފަންނެއްގެ ތެރެއިން ދައްކައި ދިނުމެކޭ ބުނެވިދާނެ އެވެ. ނުވަތަ އެއީ ތަސައްވުރުކޮށްދޭން ބޭނުންވާ ވަކި ކަމެއް ހަރަކާތުން ތަމްސީލު ކޮށްދިނުމެކޭ ބުނެވިދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި މިކަން ކުރަނީ މުނިފޫހިފިލުވުމުގެ ގޮތުންނެވެ. ނެށުމާ އެކު ލަވަ އާއި މިޔުޒިކް ވެސް އޭގައި ހިމަނައިގެންނެވެ. އެހެންކަމުން ގިނަ މީހުން ނެށުމަށް ޝައުގުވެރިވަނީ އެކަމުން އުފާ ހޯދައި މަޖާ ކުރުމަށެވެ. އޭގެ ފަލްސަފާ އަށް ވިސްނައިގެނެއް ނޫނެވެ.
ކޮންމެއަކަސް ނެށުމަކީ ދުނިޔޭގެ ހުރިހާ މުޖުތަމައުތަކެއްގައި ވެސް އޮންނަ ސަގާފަތުގެ ބައެކެވެ. އެކަމަކު ކޮންމެ ބައެއްގެ ވެސް ސަގާފަތު ބިނާވަނީ އެ ބައެއްގެ ދިރިއުޅުމުގެ ފަލްސަފާ އާއި އަގީދާގެ ނިޒާމާއި އަގު ކުރާ ކަންކަމުގެ މައްޗަށް ކަމަށް ވާއިރު އަޅުގަނޑުމެން މުސްލިމުންގެ ސަގާފަތުގައި ވެސް ނެށުން ހިމެނޭ ކަމަށްވާ ނަމަ އެ ނެށުމެއް އިސްލާމީ މިންގަނޑުތަކާ ފުށުއަރައިގެން ނުވާނެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ބައެއް އިލްމުވެރިން ނެށުން ހަރާމް ކަމަށް ވިދާޅުވިއަސް، އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާކުރުން ހުއްދަ އެކިއެކި މުނާސަބަތު ތަކުގައި ވާޖިބެއް ނާޅައި، އިސްލާމީ ހަމަތަކާއި އުސޫލުތަކާއި ރިވެތި އަހުލާގުން އެއްކިބާ ނުވާ ގޮތަށް ނެށުމަކީ ހުއްދަ ކަމެކެވެ. މިކަމުގެ ދަލީލަކީ ކުރިން ވެސް ފާހަގަކުރި ފަދައިން މަސްޖިދުއް ނަބަވީގެ ގޯތިތެރޭގައި ހަބަޝީން ނެށި ނެށުމެވެ. ކީރިތި ރަސޫލާ ﷺ އެކަން މަނާ ނުކުރެއްވުމުގެ އިތުރުން އެކަމަށް ހިތްވަރު ވެސް ދެއްވި އެވެ. އާއިޝަތުގެފާނުގެ ކިބައިން ރިވާވެފައިވާ މުއްތަފަގް ހަދީސަކުން މިކަން އެނގެ އެވެ.
އަނެއް ދަލީލަކީ އަލީގެފާނުގެ ކިބައިން އިމާމް އަހުމަދު ރިވާ ކުރައްވާ ގޮތުގައި އަލީގެފާނާއި ޖައުފަރުގެފާނާއި ޒައިދުގެފާނާ އެ ތިންބޭފުޅުންނަށް ކީރިތި ރަސޫލާ ﷺ ތައުރީފު ކުރެއްވި ހިނދެއްގައި އެ ތިން ބޭފުޅުން އުފަލުން ހަޖަލް ކުރެއްވުމެވެ.
ހަޖަލް ކުރުމަކީ އެއްފައި އުފުލާފައި އަނެއް ފައިން ފުންމަފުންމާ ހުރުމެވެ. މިއީ ނެށުމުގެ ވައްތަރެކެވެ. އެހެންކަމުން އީދުތަކުގަ އާއި ގައުމީ މުނާސަބަތުތަކުގައާއި އުފާވެރި އެހެން ވެސް މުނާސަބަތު ތަކުގައި އެކަން ކުރާއިރު ހެދުން އަޅާ ގޮތާއި ޖައްސާ ވައްތަރުތަކާއި ބައިވެރިވާ މީހުންނާއި އެކަމުގައި ވަގުތު ހޭދަކުރާ ގޮތާއި މިފަދަ ކަންކަމުގައި އިސްލާމީ ހަމަތަކާއި އުސޫލުތަކާ ތައާރުޒު ނުވާ ގޮތަށް ނެށުމަކީ މައްސަލައެއް ނޫނެވެ.
ނަމަވެސް އެ މިންގަނޑުތަކަށް ނުފެތޭ ހުރިހާ ނެށުންތަކެއް ވާނީ ހަރާމް ނެށުން ތަކެއް ކަމުގަ އެވެ. މިސާލަކަށް އަރަބީންގެ ތެރޭގައި އޮންނަ ބެލީ ޑާންސް ހަރާމް ވާނެ އެވެ. އަންހެނަކު ނިވާކަން ކުޑަ ހެދުމެއް އަޅައިގެން، ހަށިގަނޑު ހަރުފައެއްހެން ތަޅުވަމުން، ބަލާ މީހުންގެ ހިތްތަކުގައި އެދުންވެރިކަން ހިލޭ ފަދަ ގޮތަށް ނަށާ މި ނެށުން ހަރާމް ވާނެކަން އެންމެ އާދައިގެ މުސްލިމް މީހާ އަށް ވެސް އެނގޭނެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ބައެއް އިލްމުވެރިން ނެށުން ހަރާމް ކަމަށް ވިދާޅުވިއަސް، އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާކުރުން ހުއްދަ އެކިއެކި މުނާސަބަތު ތަކުގައި ވާޖިބެއް ނާޅައި، އިސްލާމީ ހަމަތަކާއި އުސޫލުތަކާއި ރިވެތި އަހުލާގުން އެއްކިބާ ނުވާ ގޮތަށް ނެށުމަކީ ހުއްދަ ކަމެކެވެ.
މާތްﷲ ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި އަންގަވަނީ ބެލުންތައް ތިރި ކުރުމަށާއި ޒީނަތްތައް ފާޅުނުކުރުމަށެވެ. ވީމާ ފިރިހެނުންނަށް ފެންނަ ގޮތަށް އަންހެނުން ނަށާ ނެށުންތަކުގައި އަންހެނުންގެ އައުރައިން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ފާޅުކޮށްގެން ނުވަތަ ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ތިބެގެން، ފަރާތް ފަރާތްތައް ލެނބޭ ލެނބުމުގައި އަންނަ ހަރަކާތުން ޝަހުވަތްތެރިކަމަށް ކިތަންމެ ކުޑަ ހިލުމެއް އަޔަސް އެ ނެށުން ވާނީ ހަރާމް ނެށުމަކަށެވެ. މިއަދު އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުން މިފަދަ ނެށުންތައް ފެނެ އެވެ. އަދި ޑިސްކޯ ލަވައަށް އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެގެން ނަށާ ޑީޖޭގެ ނަމުން މަޝްހޫރު ވެފައިވާ ފާހިޝްކަން ބޮޑު ނެށުމެއް ވެސް މަޑުމަޑުން ސަގާފަތުގައި ފައިވިއްދަމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ.
އެކަމަކު، އަޅުގަނޑުމެން މުސްލިމުން ހަނދާން ކުރަން ޖެހޭ ހަގީގަތަކީ މިއީ ހަލާލާއި ހަރާމަށް ބެލުމެއް ނެތި، ލަދުވެތިކަމާއި އިއްފަތްތެރިކަމަށް ގަދަރެއް ނުދޭ ބައެއް މީހުން އުޅޭ މުޖުތަމައުތަކުން އަޅުގަނޑުމެންނާ ހަމައަށް އަންނަ ބީރައްޓެހި އާދަތަކެއް ކަމެވެ. މިފަދަ ކަންކަމުން ލިބޭ ވަގުތީ ހިތްހަމަ ޖެހުމެއް ފިޔަވައި މިފަދަ އާދަތައް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އެހެންކަމުން އީދުގަ އާއި އެ ނޫން ވެސް މުނާސަބަތުތަކުގައި ކުޅިވަރު ކުޅެ މުނިފޫހިފިލުވާއިރު އެ ކަމުގައި ބަލަން ޖެހޭ އިސްލާމީ މިންގަނޑުތަކަށް މުސްލިމުން ރިއާޔަތް ކުރުން ލާޒިމެވެ. ނުރަނގަޅު ސަގާފަތްތައް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި އާލާވިޔަ ނުދިނުމަށް އެންމެން މަސައްކަތް ކުރަން ޖެހެ އެވެ. މި ދުނިޔޭގެ ވަގުތީ އުފާތަކުގެ ސަބަބުން އާހިރަތް ގެއްލިއްޖެ ނަމަ އެ ގެއްލެނީ ވަރަށް ބޮޑު ނިއުމަތެކެވެ.
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް