Roadha Mihaaru
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ

ރޯދައިގެ އެންމެ އަގުހުރި ޣަނީމާ އަކީ ތަޤުވާ އާއި ތަޒުކިޔާ

24 މެއި 2020

ރޯދައިގެ އެންމެ މަތިވެރި މަޤުޞަދަކީ ތަޤުވާވެރިކަން ވަރުގަދަ ކުރުމެވެ. ތަޤުވާވެރި ކަމަކީ މާތް ﷲ ގެ ކޯފާ އާއި ޢަޛާބުން މިންޖު ވާނެ އައްޑަނައެއް ތައްޔާރު ކުރުމެވެ. މި އައްޑަނަ ތައްޔާރު ކުރެވުނު ކަމަށް ވާނީ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވުމުންނެވެ. ރޯދަ ހިފަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ރޯދައިގެ ރޫޙާނިއްޔަތާ އެކު ހިފައިފި ނަމަ އިންސާނާ ހުންނާނީ އެކަމަށް ހޭނި ތައްޔާރުވެފަ އެވެ. ތަޤުވާވެރިވެފަ އެވެ. ތަޤުވާ އަކީ ހިތުގެ ޢަމަލެކެވެ. ނަމަވެސް މީގެ ބޭނުން ހިފެނީ މީގެ ސަބަބުން ނަފްސު ތާހިރުކޮށް ތަޒުކިޔާ ވެގެންދާތީ އެވެ. ރޯދައަކީ އިންސާނާގެ ހަކަތައިންނާއި އެދުންތަކަކުން ވަރަށް ބޮޑު ގުރުބާނެއް ވެގެން ކުރެވޭ ކަމެކެވެ. އެ ހުރިހާ ކަމެއް ކުރަނީ މީހަކު ބުނެގެންނެއް ނޫނެވެ. މުޖުތަމަޢުގެ ކުރިމަތީގައި ލަދުން ސަލާމަތްވާކަށް ވެސް ނޫނެވެ. އެހެން ބަޔަކަށް އެކަން ދައްކާކަށް ވެސް ނޫނެވެ. މީހަކު މަޖްބޫރެއް ކޮށްގެންނެއް ވެސް ނޫނެވެ. ހަމައެކަނި ﷲ ގެ އެންގެވުމަކަށް ވާތީ އެ ފަރާތަށް ބޯލަނބައި ކިޔަމަންތެރިވުމުގެ ގޮތުންނެވެ.

ރޯދައިގެ އެންމެ މަތިވެރި މަޤުޞަދަކީ ތަޤުވާވެރިކަން ވަރުގަދަ ކުރުމެވެ. ތަޤުވާވެރި ކަމަކީ މާތް ﷲ ގެ ކޯފާ އާއި ޢަޛާބުން މިންޖު ވާނެ އައްޑަނައެއް ތައްޔާރު ކުރުމެވެ. މި އައްޑަނަ ތައްޔާރު ކުރެވުނު ކަމަށް ވާނީ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވުމުންނެވެ. ރޯދަ ހިފަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ރޯދައިގެ ރޫޙާނިއްޔަތާ އެކު ހިފައިފި ނަމަ އިންސާނާ ހުންނާނީ އެކަމަށް ހޭނި ތައްޔާރުވެފަ އެވެ. ތަޤުވާވެރިވެފަ އެވެ. ތަޤުވާ އަކީ ހިތުގެ ޢަމަލެކެވެ. ނަމަވެސް މީގެ ބޭނުން ހިފެނީ މީގެ ސަބަބުން ނަފްސު ތާހިރުކޮށް ތަޒުކިޔާ ވެގެންދާތީ އެވެ. ރޯދައަކީ އިންސާނާގެ ހަކަތައިންނާއި އެދުންތަކަކުން ވަރަށް ބޮޑު ގުރުބާނެއް ވެގެން ކުރެވޭ ކަމެކެވެ. އެ ހުރިހާ ކަމެއް ކުރަނީ މީހަކު ބުނެގެންނެއް ނޫނެވެ. މުޖުތަމަޢުގެ ކުރިމަތީގައި ލަދުން ސަލާމަތްވާކަށް ވެސް ނޫނެވެ. އެހެން ބަޔަކަށް އެކަން ދައްކާކަށް ވެސް ނޫނެވެ. މީހަކު މަޖްބޫރެއް ކޮށްގެންނެއް ވެސް ނޫނެވެ. ހަމައެކަނި ﷲ ގެ އެންގެވުމަކަށް ވާތީ އެ ފަރާތަށް ބޯލަނބައި ކިޔަމަންތެރިވުމުގެ ގޮތުންނެވެ.

މި ގޮތުން ރޯދަ މަހުގައި ރޯދަ ހިފައި ރޭއަޅުކަން ކުރަން ދަސް ކުރެ އެވެ. ރޯދަމަހުގައި ޝަހުވާނީ އެދުންތައް ފުއްދުމުގައި ޚުދު ތިމާ އަށް ޙަލާލު އަނބި މީހާއާ ވެސް ދުވާލު ވަގުތުތަކުގައި އެކަހެރިވެގެން އެކަމަށް ކެތްކޮށްލަ އެވެ. އަދި އެ އެދުން ޙަރާމް ގޮތެއްގައި ފުއްދުމަށް ޚިޔާލެއް އަޔަސް އަޢޫޛު ކިޔައި އިސްތިޣްފާރު ކުރަން އާދަ ކުރެވެ އެވެ. މީރު ކާއެއްޗެއްސާއި ބުއިންތަކުގެ ކުރިމަތީގައި ނަފްސު އެދިއެދި ގޮވަމުން ދާއިރު ވެސް ދުވާލުގެ ވަގުތުތަކުގައި އެކަމުން ދުރުހެލިވެ އެވެ. ކިތަންމެ ބަނޑުހައިވިއަސް އަދި ކިތަންމެ ފެންބޮވައިގަތަސް މެ އެވެ. އެއީ ހަމައެކަނި ﷲ އަށް ތަބާވުމުގެ ގޮތުންނެވެ. ރޯދަ މަހުގައި އެކުވެރިއެއް އަދި ފޫހި ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގައި ބެލީ ކީރިތި ޤުރުއާނެވެ. ތިމާ ހިތް އެދޭ އެހެން އެތައް ކަމެއް ދޫކޮށްލާފައި ވެސް އެކަމުން ޘަވާބެއް ހޯދުމުގެ ނިޔަތުގައި އަދި ﷲ ގެ ރުއްސެވުން ހޯދުމުގެ ނިޔަތުގައި ގިނަ ވަގުތުތަކެއް އެ މާތް ފޮތާއެކު ހޭދަކުރެ އެވެ.

ސުވާލަކީ އެއް މަސްދުވަހުގެ މުއްދަތަށް ރޯދައިގެ މަދަރުސާއިން މިހިންގި ކޯހުން ފާސްވެ ތަޤުވާވެރިކަމާއި ތަޒުކިޔާގެ ސެޓުފިކެޓު ޙާޞިލު ކުރަނީ ކިތައް މީހުންތޯ އެވެ؟ ޝައްކެތް ނެތެވެ. ﷲ ގެ އަޅުތަކުންކުރެ ގިނަ ބަޔަކު މި ކަން ޙާޞިލު ކުރާނެ އެވެ. ނަމަވެސް ބުރަ މަސައްކަތާ އެކު ވެސް މިކަން ޙާޞިލު ނުކުރެވުނު ބަޔަކުވެސް އުޅޭނެ އެވެ. އަދި އެއްގޮތަކަށް މަސައްކަތް ނުކުރުމުގެ ސަބަބުން ﷲ ގެ ކޯފާ އާއި ޢަޛާބަށް ހުށަހެޅޭ މަދު ނަމަވެސް ބަޔަކު އުޅޭނެ އެވެ. އެ މީހުންނަށް ސަލާމަތް ވެވެން އޮތީ ތައުބާވެ ﷲ އަށް ރުޖޫޢަ ވެގެންނެވެ.

ރޯދަ އަށް ހުންނަ އިރު ތިމާއަކީ އަޚްލާޤު ރަނގަޅު މީހަކަށް ވުމަށް މަސައްކަތްތަކެއް ކުރެ އެވެ. ހުތުރު ބަސްތައް ބުނެއުޅުމާއި މީހުންނަށް އަނިޔާވެރިވުމުން ދުރުހެލިވާން މަސައްކަތް ކުރެ އެވެ. އެހެން މީހަކު ތިމާއާމެދު އެފަދަ ކަމެއް ކުރި ނަމަވެސް ﷲ އާއި ރަސޫލާގެ އަމުރަށް ކިޔަމަންތެރި ވުމުގެ ގޮތުން ﷲ ގެ ޙަޟްރަތުގައި “ތިމަން މިހުރީ ރޯދައަށޭ” މިހެން ދަންނަވައި އެކަމުން އެއްކިބާވެގަނެ އެވެ. ޣީބަ ބުނުމާއި ނެތިނުބައި މޮށުން ފަދަ ކަންކަމުންވެސް ދުރުހެލިވާން މަސައްކަތް ކުރެ އެވެ. ރުޅި އަންނަ ކަހަލަ ކަންކަމާ ކުރިމަތިވިއަސް އެ ރުޅި ﷲ އަށް ޓަކައި ކޮންޓްރޯލް ކުރަން ދަސްކުރެ އެވެ. އެއީ މިކަމުން ލިބެން އޮތް ފައިދާ މާބޮޑުވީމަ އެވެ.

ރުޅި ދިރުވާލައި އެތެރެހަށީގައި ބާއްވަނީކީ ނޫނެވެ. އޭގެ ބަދަލުގައި އެ މުލުން ލުހެލައި އެއްލާލަނީ އެވެ. އެއީ ރޯދަވެރިޔާ ރުޅި ކޮންޓްރޯލް ކުރާއިރު އެ ރުޅި އަންނަން މެދުވެރިވި ސަބަބާ މެދު އިތުރަކަށް ނުވިސްނާނެ އެވެ. އަދި އެ ކަމުގައި ބައިވެރިވާ ބަޔަކު ތިބި ނަމަވެސް އެ މީހުންނާ މެދު ހިތުގައި އެއްވެސް އެއްޗެއް ނުބާއްވައި ވަގުތުން މާފު ކުރާނެ އެވެ. އެހެން މީހުންނާ މެދު ރުޅިވެރިކަން ހިތުގައި ބާއްވާފައި ބޭރުފުށުން ރުޅި ނާންނަކަން ދައްކައިފި ނަމަ އެއީ ހަގީގަތުގައި ރުޅި މަތަކުރެވުނީކީ ނޫނެވެ. ރުޅީގެ އަލިފާންގަނޑު ހިތުތެރޭ މޫލައި އަލުން ކުރިފަޅާނެ އެވެ. ރޯދަވެރިޔާ ރުޅި މަތަކުރަނީ މިފަދައަކުން ނޫނެވެ. ރޯދަމަހަކީ ބަރަކާތްތެރި މަހެއް ވީމާ އެ މަހުގެ ޘަވާބާއި ދަރުމަ އިތުރަށް ލިބިގަތުމަށްޓަކައި ޞަދަޤާތްކޮށް ދީލަތިކަމުގެ އަތް ނިއުޅާލަ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން ރޯދަމަހުގައި އެންމެ ޚާއްޞަ ސަމާލުކަމެއް ދެނީ ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަށެވެ. އަދި އެއަށް ފަހު ސުންނަތް ނަމާދުތައް ގިނަ ކުރުމަށެވެ.

އާދެ، މިހުރިހާ ކަމަކީވެސް ތަޤުވާވެރިވެ ނަފްސު ތަޒުކިޔާ ކުރުމުގެ ގިއުގަނޑުގެ ތެރޭ ހިމެނޭ ކަންކަމެވެ. އެއީ ހައްތާވެސް ﷲ ގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. ތަޤުވާއަކީ އެއީ އެވެ. ހަމައެއާ އެކު އެއީ ނަފްސުގައިވާ ނުބައި ކަންކަން އެއްފަރާތްކޮށް ނަފްސަށް ޒީނަތްތެރިކަން ގެނައުމެވެ. ތަޒުކިޔާ އަކީ އެއީ އެވެ. ނަމަވެސް ސުވާލަކީ އެއް މަސްދުވަހުގެ މުއްދަތަށް ރޯދައިގެ މަދަރުސާއިން މިހިންގި ކޯހުން ފާސްވެ ތަޤުވާވެރިކަމާއި ތަޒުކިޔާގެ ސެޓުފިކެޓު ޙާޞިލު ކުރަނީ ކިތައް މީހުންތޯ އެވެ؟ ޝައްކެތް ނެތެވެ. ﷲ ގެ އަޅުތަކުންކުރެ ގިނަ ބަޔަކު މި ކަން ޙާޞިލު ކުރާނެ އެވެ. ނަމަވެސް ބުރަ މަސައްކަތާ އެކު ވެސް މިކަން ޙާޞިލު ނުކުރެވުނު ބަޔަކުވެސް އުޅޭނެ އެވެ. އަދި އެއްގޮތަކަށް މަސައްކަތް ނުކުރުމުގެ ސަބަބުން ﷲ ގެ ކޯފާ އާއި ޢަޛާބަށް ހުށަހެޅޭ މަދު ނަމަވެސް ބަޔަކު އުޅޭނެ އެވެ. އެ މީހުންނަށް ސަލާމަތް ވެވެން އޮތީ ތައުބާވެ ﷲ އަށް ރުޖޫޢަ ވެގެންނެވެ. ބުރަމަސައްކަތްކޮށް އެކަން ޙާޞިލު ނުކުރެވޭ މީހުންނަކީ ރޯދައިގެ ރޫޙާނިއްޔަތު އެއްފަރާތްކޮށް ހަމައެކަނި އޭގެ މާއްދީބައި އަދާކުރި މީހުންނެވެ. ކީރިތި ރަސޫލާ އެފަދަ މީހުންނާމެދު ހަދީސްފުޅު ކުރައްވަނީ، އެ މީހުންގެ ރޯދައިން ކަރުހިއްކުމާއި ބަނޑުހައިވުން ފިޔަވައި އެހެންކަމެއް ނުލިބޭ ރޯދަވެރިންގެ ގޮތުގަ އެވެ. އެ މީހުންނަށް ހަގީގަތުގައި އެކުރެވުނީ ބޭކާރު ކަމެކެވެ. ވީމާ ވިސްނަންވީ ދެން ކުރިއަށް އޮތް ތަނަށެވެ.

ތަޤުވާވެރިކަން ޙާޞިލުކޮށް ނަފްސު ތަޒުކިޔާ ކުރި މީހުންގެ ޖަޒާއަކީ އުޑުތަކާއި ބިން ފަދަ ތަނަވަސް ވެގެންވާ ސުވަރުގެ އެވެ. އެކަމަކު އެ ޖަޒާ ލިބޭނީ އެ ތަޤުވާވެރިކަން ދެމެހެއްޓި މިންވަރަކުންނެވެ. ތަޤުވާ ވެރިކަމަކީ މޫސުމް މޫސުމަށް އޮންނަ ކަމެއް ނޫނެވެ. އެއީ އަބަދަށް އޮންނަ ކަމެކެވެ. ވީމާ ރޯދަ އިން ދަސްކުރި ފިލާވަޅުތަކުގެ ބޭނުން ރޯދަމަސް ނިމުމުންވެސް ހިފަން ޖެހޭނެ އެވެ. އަޅުކަންތައް ކުރުމަށް ޝައުޤުވެރިކަން ހުންނަން ޖެހޭނެ އެވެ. ފާޙިޝް ކަންތައްތަކުން ދުރުހެލިވާން ޖެހޭނެ އެވެ.

ތަޤުވާވެރިކަން ޙާޞިލުކޮށް ނަފްސު ތަޒުކިޔާ ކުރި މީހުންގެ ޖަޒާއަކީ އުޑުތަކާއި ބިން ފަދަ ތަނަވަސް ވެގެންވާ ސުވަރުގެ އެވެ. އެކަމަކު އެ ޖަޒާ ލިބޭނީ އެ ތަޤުވާވެރިކަން ދެމެހެއްޓި މިންވަރަކުންނެވެ. ތަޤުވާ ވެރިކަމަކީ މޫސުމް މޫސުމަށް އޮންނަ ކަމެއް ނޫނެވެ. އެއީ އަބަދަށް އޮންނަ ކަމެކެވެ. ވީމާ ރޯދަ އިން ދަސްކުރި ފިލާވަޅުތަކުގެ ބޭނުން ރޯދަމަސް ނިމުމުންވެސް ހިފަން ޖެހޭނެ އެވެ. އަޅުކަންތައް ކުރުމަށް ޝައުޤުވެރިކަން ހުންނަން ޖެހޭނެ އެވެ. ފާޙިޝް ކަންތައްތަކުން ދުރުހެލިވާން ޖެހޭނެ އެވެ. ރިވެތި އަޚްލާޤީ ސިފަތައް ހަރުލާފައި ހުންނަން ޖެހޭނެ އެވެ. ނުރަނގަޅު އަޚްލާޤު އަލުން ފެނިގެން ނުވާނެ އެވެ. ނޫންނަމަ ތަޤުވާވެރިކަން ޙާޞިލު ކުރެވުނީ ކަމަކަށް އަދި ނަފްސު ތަޒުކިޔާ ކުރެވުނީ ކަމަކަށް ހަގީގަތުގައި ނުބެލެވޭނެ އެވެ.

އެތައް ކަމަކުން ގުރުބާންވެގެން ހޯދި ތަޤުވާވެރިކަމާއި ތަޒުކިޔާ އަކީ މި ރޯދަ މަހު ކުރި މަސައްކަތުގެ ނަތީޖާ އެވެ. މި ނަތީޖާގެ މަތީ ދެމިހުރެ އަދިވެސް އިތުރަށް އެކަންކަން ވަރުގަދަ ކުރެވޭތޯ ބަލަން ޖެހޭނެ އެވެ. މިއީ ﷲ އާ އަޅުތަކުންނާ މެދު ކުރެވޭ ބަނގުރޫޓު ނުވާނެ މުހިންމު ވިޔަފާރި އެކެވެ. މި ވިޔަފާރީގައި އަބަދުވެސް އެކަކު އަނެކަކަށް ވާދަޖަހައި އިތުރަށް ފައިދާ ހޯދަން މަސައްކަތް ކުރަން ޖެހޭނެ އެވެ.