މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.
މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގަރާރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރުއޮއްސުމަށް ފަހު، ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ސާބިތު ކުރެވިފައި ނުވާތީ ކަމަށެވެ. އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ނުވާ ކަމަށް ގަރާރުގައި ވެ އެވެ.
"މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލު ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ. އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ ތައުފީގު އަޅުގަނޑުމެންނަށް ދެއްވާށި އެވެ،" ގަރާރު ނިންމައިލައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅިއިރު، ރާއްޖެ މިހާރު ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގަ އެވެ. ރާއްޖޭގެ ހުރިހާ މިސްކިިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މިހާރު ވަނީ 25 މިސްކިތެއް ފިޔަވައި އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދީފަ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ނުވަތަ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށެވެ.
އަމިއްލައަށް އީދު އިއުލާންކުރުމުން މަސްލަހަތު ގެއްލިދާނެ
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
ފިތުރު އީދަކީ ހޯމަ ދުވަސް
ފަލަކީ ހިސާބުން ދައްކަނީ އީދު ވާނީ އާދީއްތައަށް ކަމަށް
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
މާދަމާއަކީ ފިތުރު އީދު ދުވަސް
އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެެއް ނޫން
ފިގްހީ، ފަލަކީ ގޮތުން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
މި ފަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ