Roadha Mihaaru
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް

ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް

20 އެޕްރީލް 2023

މާދަމާއަކީ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ރާއްޖެ އިން ވެސް ދެންމެ ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާދަމާއަކީ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ރާއްޖެ އިން ވެސް ދެންމެ ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ހަނދު ސާބިތުކުރާ ކޮމެޓީގެ ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިއްވެވި ހިތާބުގައި ވަނީ އިސްލާމީ އެހެން ގައުމުތަކަށް ހަނދު ފެނިފައިވާތީ ކުރިން އަމަލުކުރާ އުސޫލުގެ މަތިން ރާއްޖެ އަށް މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.

ރާއްޖެ އިން މިގޮތަށް ކަނޑައެޅީ ސައުދީ އަރަބިއާ އިން ވެސް މާދަމައަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. ސައުދީއަށް މިރޭ ވަނީ ހަނދު ފެނިފަ އެވެ.

ނަމަވެސް އިސްލާމީ އެހެން ބައެއް ގައުމުތައް ކަމަށްވާ މެލޭޝިއާ އާއި އިންޑޮނީޝިއާ އިން ނިންމާފައިވަނީ އީދުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށެވެ. އެއީ އެ ގައުމުތަކަށް ހަނދު ފެނިފައި ނުވާތީ އެވެ.

މިރޭ އިސްލާމީ ގައުމުތަކަށް ހަނދު ފެންނާނެ ކަމާ މެދު ފަލަކީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.