Roadha Mihaaru
ސައުދީއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެ

ސައުދީއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެ

20 އެޕްރީލް 2023

ސައުދީ އަރަބިއާއަށް ދެންމެ ޝައްވާލް މަހުގެ ހަނދު ފެނިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައުދީ އަރަބިއާއަށް ދެންމެ ޝައްވާލް މަހުގެ ހަނދު ފެނިއްޖެ އެވެ.

މިރޭ އިސްލާމީ ގައުމުތަކަށް ހަނދު ފެނި، މާދަމާއަކީ ފިތުރު އީދު ދުވަހަށް ވެދާނެ ކަމާ މެދު ބަހުސް ކުރެވެމުން ދަނިކޮށް ސައުދީގެ ހަނދު ސާބިތުކުރާ ކޮމެޓީން ދެންމެ ވަނީ އެ ގައުމަށް ހަނދު ފެނިފައިވާ ކަން އިއުލާންކޮށްފަ އެވެ. ހަނދު ފެނުނީ ސައުދީގެ ތުމައިރު އަދި ސުދައިރު ސިޓީއިންނެވެ.

އެހެންވެ، މާދަމާއަކީ ފިތުރު އީދަށް ވާނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އެހެން ނަމަވެސް ސައުދީގެ ރަސްމީ ނިންމުން އިއުލާންކުރާނީ ސައުދީގެ ސުޕްރީމް ކޯޓުންނެވެ.

އެހެން ނަމަވެސް އިސްލާމީ އެހެން ބައެއް ގައުމުތައް ކަމަށްވާ މެލޭޝިއާ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ނިންމާފައިވަނީ އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށެވެ. އެއީ އެ ގައުމުތަކަށް ހަނދު ފެނިފައި ނުވާތީ އެވެ.