28 އޮކްޓޯބަރ 2022
ރާއްޖޭގައި ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރުވެފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ ގާތުން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް މިއަދު ކޮށްފި އެވެ.
ރާއްޖޭގައި ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރުވެފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ ގާތުން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް މިއަދު ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓެއްގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ޑރ. ނާޒް އާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާދޭ ކްލިނިކް، މިޕްސްޓާއިން ފަރުވާ ހޯދި ބައެއް ކަސްޓަމަރުންނަށް ފަރުވާދިނުމުގައި ވަނީ ފަރުވާކުޑަކޮށްފަ އެވެ. އަދި ބަލި މީހުން ނުބައިކޮށް ޑައިގްނޯސްކުރުމާއި އެ ކްލިނިކުގައި ކަމުގެ ތަޖުރިބާ ނެތް މީހުން ލައްވާ މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.
އެ ކްލިނިކުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނަށް މުސާރަ ނުދީ ހުރި ކަމަށް ވެސް އެ ޕޯސްޓްގައި ބުންޏެވެ. އަދި ފަރުވާ އަށް ގިނަ އަދަދެއްގެ ފައިސާ ނަގައި، ރަނގަޅަށް ފަރުވާ ނުދޭ ކަމުގެ ބޮޑެތި ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.
ނާޒް އަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެ ޕޯސްޓް ޖެހީ ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޝަމްރާ ޝަމީމް (ކުޑޫ) އެވެ. އެ ޕޯސްޓުގައި ކުޑޫ ބުނި ގޮތުގައި އޭނާ އަކީ ވެސް އަހަރުތަކެއް ކުރިން ނާޒް ގާތަށް ފަރުވާ ހޯދަން ދިޔަ މީހެކެވެ. އޭނާއާ މެދު ވެސް ނާޒް ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް ބުންޏެވެ.
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
"ޑރ. ނާޒްއާ އެކު އަޅުގަނޑަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާ ކިޔައިދޭން އުޅޭތާ ހަތް އަހަރުވެއްޖެ،" އިނގިރޭސި ބަހުން ކުރި ދިގު ޕޯސްޓުގައި ކުޑޫ ބުންޏެވެ.
ކުޑޫ ބުނީ ނަފުސާނީ މައްސަލައެއްގައި ނާޒް އަށް ދެއްކުމުން، މަޝްހޫރު ދީނީ އިލްމުވެރިއެއް ގާތަށް ރުގްޔާކުރަން ދާން އޭނާ ވިދާޅުވި ކަމަށެވެ. އެއީ ކުޑޫ އަށް އޭރު ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ކަމަށް އޭނާގެ މަންމަ އަށް ވެސް ނާޒް ވިސްނައިދެއްވި ކަމަށް ބުންޏެވެ. އެކަމަކު، ޓީވީ ޕްރޮގްރާމްތަކަށް ނާޒު އަރައި، ނަފުސާނީ ބައްޔާއި އީމާންތެރިކަމާ ގުޅުމެއް ނޯންނަ ކަމަށް ވިދާޅުވެ އަދި އެއީ ހަމަ ބައްޔެއް ކަމަށް ވިދާޅުވެ، އޭނާގެ އަމަލުތަކުން އާންމުންނަށް އެކަން އޮޅުވާލަމުން އަންނަ ކަމަށް ކުޑޫ ބުންޏެވެ.
"އަޅުގަނޑުގެ މަންމަ ގާތުގައި ނާޒު ބުނީ ރުގްޔާކުރުމަކީ ވަރަށް ގިނަ ދިވެހިން ކުރާ ކަމެކޭ، އެއީ އަޅުގަނޑަށް ވަރަށް ރަނގަޅުވާނެ، އުއްމީދީ ފަރުވާއެކޭ،" ކުޑޫ ބުންޏެވެ.
It took me over 7 years to come out to share my experience with Dr Naaz. I confronted her on IG, she denied any participation & deleted the post. Today, I want to share mine along with many many others, with even worse experiences #MyTherapistDid@aishathalinaaz @WMHDay pic.twitter.com/EpTZfGVMsC
— shenali (@ShenaliShameem) October 28, 2022
ނާޒް ކަހަލަ މަޝްހޫރު ނަފުސާނީ ޑޮކްޓަރަކު އެގޮތަށް ބުނުމުން ރުގްޔާކުރާ މީހަކަށް ދައްކަން އޭނާގެ މައިންބަފައިން ވެސް ބޭނުންވުމުން، އެކަން ކުރި ކަމަށް ބުންޏެވެ.
އޭނާ ބުނީ ރުގްޔާކުރާ މީހުން ބުނާ ގޮތަށް ދިރިއުޅުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ދިޔަ އަހަރުތަކުގައި ރުގިޔާކުރަން އޭނާގެ މައިންބަފައިންގެ އަތުން ވަރަށް ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނު ކަމަށެވެ. އެކަމަކު އެ ހިސާބުން އޭނާގެ ހާލަތު މާ ބޮޑަށް ގޯސްވެ، އެންމެފަހުން "އެކްސްޓްރީމް އެންޒައިޓީ" އަށް ހުށަހެޅުނު ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން، ރަނގަޅު ތަނަކުން ނަފުސާނީ ފަރުވާ ހޯދުމުން އޭނާ "ބައިޕޯލާ ޑިސްއޯޑާ" އަށް ޑައިގްނޯސްވި ކަމަށް ވެސް ބުންޏެވެ.
ނަފުސާނީ ބަލީގައި ކުރި ހިތްދަތި ތަޖުރިބާ އާއި އެ ބަލިން އަރައިގަންނަން އޭނާ ކުރި މަސައްކަތް މިދިޔަ ރޯދަ މަހު "މިހާރު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވެސް ކުޑޫ ކިޔައިދިނެވެ.
"ޑރ. ނާޒް ކަންްތައް ކުރެއްވި ގޮތުން އަސްލު އެހީ ހޯދަން މީހުންނަށް އިތުބާރުކުރަން ވަރަށް އުނދަގޫވި،" ކުޑޫގެ ޕޯސްޓުގައި ބުންޏެވެ.
"ރަނގަޅަށް ޑައިގްނޯސްކޮށް އަދި ރަނގަޅު ފަރުވާ އަކީ ކޮބައިކަން، އޭރު ޑރ. ނާޒް އަޅުގަނޑުގެ މައިންބަފައިންނަށް ކިޔައިދެއްވި ނަމަ، އަޅުގަނޑު އެ ހާލުގައި އުޅެން ނުޖެހުނީސް. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ޑރ. ނާޒް އަކީ ފަރުވާކުޑަ، ޕްރޮފެޝަނަލް ކަމެއް ނެތް އަދި އެއްވެސް ވަރަކަށް އިތުބާރުނުކުރެވޭ މީހެކޭ،" އޭނާ ބުންޏެވެ.
ކުޑޫ ބުނިގޮތުގައި ސޯޝަލް މީޑިއާގައި މި ވާހަކަދައްކަން ޖެހުނީ ނާޒްގެ ފަރާތުން ކުރަން ޖެހުނު ތަޖުރިބާ، ނާޒްގެ ޕޯސްޓެއްގައި އޭނާ ކޮމެންޓްކުރުމުން އެކަމަށް ނާޒް ދެކޮޅު ހަދައި، އޭނާގެ ކޮމެންޓް ޑިލިޓްކުރުމުން ކަމަށެވެ. އަދި ފަހުން ނާޒް، އޭނާގެ ޕޯސްޓް ވެސް ޑިލިޓްކޮށްލި ކަމަށް ބުންޏެވެ.
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
"[ނާޒް] ފަހުން އަޅުގަނޑު ބްލޮކް ކޮށްފައި އެ ޕޯސްޓް، ރީޕޯސްޓް ކުރި. އެހެންވެ، އަޅުގަނޑު އެ ވާހަކަ އަޅުގަނޑުގެ އިންސްޓަގްރާމްގައި ޝެއާކުރީ. އެހިސާބުން އެހެން ވަރަށް ގިނަ މީހުން ވެސް ނާޒް ކަންތައްކޮށްފައި ހުރި ގޮތުގެ ވާހަކަދައްކަން ފެށީ،" ކުޑޫ ބުންޏެވެ.
ނާޒް ގާތުން ފަރުވާ ހޯދި އަދި އޭނާއާ އެކު މަސައްކަތް ކުރި ބައެއް މުވައްޒަފުން، އެ މީހުންނަށް ކުރެވުނު އުނދަގޫ ތަޖުރިބާތަކުގެ ވާހަކަތައް ލިޔެ، ކުޑޫ އަށް ފޮނުވާފައި ހުރި ބައެއް މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް އެ ޕޯސްޓުގައި ހިއްސާކުރި އެވެ.
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
"މިޕްސްޓާގައި އަހަރެންގެ ބައެއް ރައްޓެހިން މަސައްކަތްކުރި. އަދި އެތަނުގައި މަސައްކަތްކުރޭ އަހަރެން ދަންނަ ބައެއް މީހުން ވެސް. އެ މީހުން ބުނީ ކޮންމެ މަހަކު މުސާރަ ދޭން ވެސް ޖެހެނީ އާދޭސްކުރާށޭ. އެ މީހުން [މިޕްސްޓާގެ މަސައްކަތަށް] ވަރަށް ގިނައިން ރަށްރަށަށް ދަތުރުކުރަން ވެސް ޖެހޭ. އެއިން ކޮންމެ ދަތުރަކުން ނާޒު ވަރަށް ގިނައިން ފައިސާ ވެސް ހޯދާ. އެކަމަކު އޭގެން ކުޑަކުޑަ އެއްޗެއް ސްޓާފުންނަށް ދެނީ،" އެކަކު ބުންޏެވެ.
"އެ ކްލިނިކުގައި އަންކޮލިފައިޑް ސްޓާފުން އެސެސްމަންޓްސް ހަދައި، ރިޕޯޓްތައް ވެސް ލިޔޭ."
އެހެން މީހަކު ބުނީ، 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު، ނާޒު ގާތުން ޕީޓީއެސްޑީ އަށް ފަރުވާ ހޯދި މީހަކަށް އޭނާ ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވި ކަމަށެވެ.
Say it louder for the people at the back. By back i mean the regulatory bodies, the govt officials, health minister, president, Mps and Media. This has been ongoing for years and they never reported or investigated this, and now tonnes of people are scammed by her.
— Lam Hidad ? (@lamhidad) October 28, 2022
"ޝީ ކޮންސަލްޓެޑް ޑރ. ނާޒް އަށް. އެ ދުވަހު ދައްކަން ގޮސް ވާހަކަދައްކަން އިނދެފައި ބުނެއްޖެ ތިމަންނަ ވަރަށް ބިޒީ ވެއްޖެޔޭ، ވީގޮތް ކިޔައިދޭށޭ. ކިޔައިދިނީމަ ބުންޏޯ މި ދަނީ އޭ، އެހެން ދުވަހަކުން އަންނާށޭ،" އެ މެސެޖުގައި ބުންޏެވެ.
އޭގެ ފަހުން ތިން ދުވަހުގެ މަތިން ވެސް ނާޒް އަށް ދައްކަން ދިއުމުން އޭނާ ޚަބަރެއް ނުވި ކަމަށް ޕޯސްޓްގައި ވެއެވެ.
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
މިޕްސްޓާއިން މީހުން ރަނގަޅަށް ޑައިގްނޯސް ނުކޮށްދޭ ކަމަށް ވަރަށް ގިނަ މީހުން މެސެޖުތަކުގައި ބުނެފައި ހުއްޓެވެ. އަދި ދެން އެންމެ ގިނައިން ހުރީ މަސައްކަތް ކުރުވާފައި މީހުންނަށް މުސާރަ ނުދީ ހުރި ކަމަށް ބުނާ ތުހުމަތުތަކެކެވެ.
އެ ތުހުމަތުތަކަށް އިންކާރުކުރައްވައި ނާޒު މިރޭ "މިހާރު" އަށް ވިދާޅުވީ މި ދާއިރާގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީއްސުރެ، އަދިވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އޭނާގެ ކްލައިންޓުންނަށް ކަމަށެވެ. އަދި އޭނާގެ ފަރާތުން ގޯހެއް ހެދިފައި އޮވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި އެ ވާހަކަދެއްކުމުގެ ބަދަލުގައި ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅަން އެދޭ ކަމަށް ނާޒް ވިދާޅުވި އެވެ.
"އެކަންކަން އެގޮތަށް ގެންދަންވީ ދެއްތޯ. ހެކިބަހުން ސާބިތުކޮށްފައި އެކަން ކުރުން ދެއްތޯ ރަނގަޅުވާނީ،" ނާޒް ވިދާޅުވި އެވެ.
"އަޅުގަނޑު މުސާރައެއް ނުދެޔޭ ކިޔާފައި، އިނާނެއްނުންތޯ އެކަމާ ބެހޭ މުއައްސަސާ. އަދި އިހުމާލެއް އޮވެއްޖެއްޔާ ހަމަ އެ ކަންތައްތަކާ ބެހޭ ފަރާތަށް [ހުށަހަޅާ]. މާ ކުރީގައި ހިނގި ހާދިސާއެއް، އެވިޑެންސެއް ނެތި، މީހެއްގެ މުޅި ހަޔާތުގައި ކިޔެވި ކިޔެވުމާއި، ކުރި މިންނެތް މަސައްކަތުގެ އަގުވައްޓާލާފައި، ޕްރޮފެޝަންގެ އަގުވައްޓާލައި، އެގޮތަށް ސްޕްލެންޑް ކުރަމުން ގެންދިއުން އެއީ އަޅުގަނޑަށް ހީވަނީ އެ ކަންތައްތައް ވާން ޖެހޭނެ ގޮތެއް ނޫން."
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
ނާޒް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި އެ މައްސަލަ ތިލަކޮށްގެން އުޅުނު ނަމަވެސް، އެއްވެސް ކްލައިންޓަކު އޭނާ އަށް ނުވަތަ މިޕްސްޓާ އަށް ވެސް އެކަމާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައެއް ނުވެ އެވެ.
"ވަރަށް ދެރަވެއްޖައިން، އަޅުގަނޑުގެ ފަރާތުން ގޯހެއް ހެދިފައި އޮވެއްޖެ ކަމަށްވާ ނަމަ މާފަށް އެދެން. އެ ކުދިން ނެތް އަޅުގަނޑު ކައިރިއަށް އައިސްފައެއް ވެސް [މައްސަލަ ޖައްސާކަށް]،" އޭނާ ބުންޏެވެ.
ޑރ. ނާޒް ގާތުން ފަރުވާ ހޯދި މީހެއްގެ ތަޖުރިބާ ކިޔައިދީފައި.
ކްލިނިކުން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑުކޮށް އެއްވެސް ކްލައިންޓެއްގެ އަތުން ފައިސާ ނުނަގާ ކަމަށް ނާޒް ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ދިމާވެފައި އޮތަސް، އެ ކަހަލަ މައްސަލައެއް ކްލައިންޓަކުން ހުށަހަޅާފައި ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"މިސާކަށް މުސާރަ ނުލިބިގެން ޓްރައިބިއުނަލަށް ގޮސް، އެ ކަހަލަ ކަމެއް ވެސް ނެތް ހިނގާފައެއް،" އޭނާ ވިދާޅުވި އެވެ.
"މުސާރަ ނުދީ މީހުން ލައްވާ މަސައްކަތްކުރުވާ މީހެއް ނޫން އަޅުގަނޑު މިއީކީ."
ޑރ. ނާޒްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ
ޑރ. ނާޒު ރާއްޖޭގައި އަލުން މަސައްކަތް ފައްޓަވައިފި
ޓޮމް ހޮލެންޑު ކުޅުނު ރޯލަކު އޭނާއަށް ފުން އަސަރެއް
އެސްކަލޭޓަރަށް އަރަން ނުކެރޭ ނަމަ ފަރުވާ ހޯދިދާނެ
ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!
އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ކީއްވެ؟
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!
ނަފްސާނީ މައްސަލަތައް ދެގުނަ އަށް އިތުރުވެއްޖެ
ލޮކްޑައިންގައި ނަފްސާނީ އެހީ މި ވައިބާ ގްރޫޕުން
ސައިރިކްސް ކޮލެޖުން ސައިކޮލޮޖީގެ ޑިގްރީ ކޯހެއް ފަށަނީ