14 އޮކްޓޯބަރ 2021
އަންނަ މަހު ލަންކާގައި ބާއްވާ ހަތަރު ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ވާދަ ކުރަން ޖެހިއްޖެ އެވެ.
އަންނަ މަހު ލަންކާގައި ބާއްވާ ހަތަރު ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ވާދަ ކުރަން ޖެހިއްޖެ އެވެ.
އަންނަ މަހު 8-17 އަށް ކުރިއަށްދާ މުބާރާތް ކުޅޭނީ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. ލަންކާއިން 2012 ވަނަ އަހަރު ވެސް ވަނީ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖެ އަށް ދައުވަތު ދީގެން ބާއްވައިފަ އެވެ. ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަމުގައި ބޭއްވި މުބާރާތް ހާއްސަ ކުރީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. ހަސަން އަދުހަމް (ސަޑޭ) ގެ ކެޕްޓަން ކަމުގެ ދަށުން ރާއްޖެ އިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ލަންކާގައި އަންނަ މަހު ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ ސީނިއާ ލެވަލް އަށެވެ. ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް ވެސް ވާދަކުރެ އެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ. އިންޓަނޭޝަނަލް މެޗެއްގައި ރާއްޖެ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ސީޝެލްސްއާ ދެކޮޅަށެވެ.
- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް
- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހި ރާއްޖެ
- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހި ރާއްޖެ
- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް
- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް
- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހި ރާއްޖެ
- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު
މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފަ އެވެ. ރާއްޖެ އަށް މި މުބާރާތުގެ މުހިންމުކަން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"ނޮވެމްބަރުގައި ލަންކާގައި އޮވޭ ފޯ ނޭޝަން ޓޯނަމަންޓެއް. އެހެންވީމަ އެކަހަލަ ކޮމްޕެޓެޓިވް ލެވެލްގެ ބައިވަރު މުބާރާތްތަކެއް ކުޅެގެން ކުޅުންތެރިންގެ އެންމެ މަތީ ލެވެލް ނެރުމަށްޓަކައި ފުރުސަތު ލިބުމަކީ ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް،" ގައުމީ ކޯޗް ސުޒޭން ބުންޏެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ނުގޮސް ރާއްޖެ ވަނީ ކަޓައިފަ އެވެ. ލަންކާ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އަލަށް ހަމަޖައްސާ ކޯޗެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖައްސާ ކޯޗާ އެކު މިހާރު އެއްބަސްވުން ހަދައިފައި ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޗެއް ކަމެއް ބައްސާމް ހާމައެއް ނުކުރައްވަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ސާފުގެ ވާދަވެރި ތިން ގައުމުގައި ރާއްޖޭގެ ތަޖުރިބާ
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު