13 ނޮވެމްބަރ 2024
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުން މޮޅުވެ، މަރުވެފައި އޮތް ދިވެހި ފުޓްބޯޅަ އަށް ގައުމީ ޓީމުން އުއްމީދެއް ހޯދައި ދީފި އެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އަލީ ފާސިރު (ސެންޓޭ) ޖެހި ލަނޑުން މޮޅުވެ، މަރުވެފައި އޮތް ދިވެހި ފުޓްބޯޅަ އަށް ގައުމީ ޓީމުން އުއްމީދެއް ހޯދައި ދީފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗަކީ ގާތްގަނޑަކަށް އަހަރެއް ފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ރާއްޖޭން މެޗެއް ކުޅުނީ ހަމަ އެ ދަނޑުގައި ބަންގްލަދޭޝާ ދެކޮޅަށެވެ. އެ މެޗުން 2-1 ން ބަލިވެ ދިވެހި ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖަށް ނުވަދެވުނެވެ.
ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ޑޮމެސްޓިކް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް މިއަހަރު ނެތި ގައުމީ ޓީމުން ކުޅުނު މެޗުގައި، މާ ހަލުވި ގޭމެއް ނުފެނުނެވެ. އެކަމަކު ރާއްޖޭގެ ޓީމު ފެނުނީ ހުރިހާ ގޮތަކުން ވެސް ބަންގްލަދޭޝަށް ވުރެ ވަރުގަދަކޮށެވެ. ބަންގްލަދޭޝްގެ ހަމަލާތައް ދިފާއު ކުރުމުގައި ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި، ރާއްޖޭގެ ލަނޑު ސެންޓޭ ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ހިލޭ ޖެހުން ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން
ބަންގްލަދޭޝްގެ އޭރިއާގެ ކަނާ ދީމާލުން އޭރިއާ ބޭރުން އެ ޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަށް ދިން ހިލޭ ޖެހުން ފޮނުވާލަން ބޯޅަ ސެންޓޭ އާއި ހަމްޕް ވެސް ހުއްޓެވެ. ދެ ކުޅުންތެރިން ވާހަކަ ދެއްކަން ތިބުމަށް ފަހު، ސެންޓޭ އޭރިއާގެ ތެރެއަށް ވަނެވެ. ހަމްޕް އޭރިއާގެ ތެރެއަށް ނަގައިދިން ހިލޭޖެހުން ސެންޓޭ ބޮލުން ފޮނުވާލީ އިތުބާރާ އެކު އެވެ. ބަންގްލަދޭޝްގެ ކީޕަރު މިޓްލް މާމާއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
މެޗުގެ ފަހުކޮޅުގައި، ނަތީޖާ ދިވެހި ޓީމު ކޮޅުގައި ބޭއްވުމަށް ދިވެހި ޓީމު ފަހަތަށް ޖެހިގެން ކުޅެން މަސައްކަތް ކުރި އެވެ. އެކަމަކު ދޭތެރެދޭތެރެއިން ކުރި އަރައި ބަންގްލަދޭޝްފެ ގޯލަށް ނުރައްކާ ވެސް ކުރި އެވެ.
މިހާރު ކުރިއަށްދާ ފީފާ ވިންޑޯ ބްރޭކްގައި ދެވަނަ މެޗެއް ވެސް ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅޭނެ އެވެ. އަންނަ ހުކުރު ދުވަހު ކުޅޭ އެ މެޗު ވެސް އޮންނާނީ ޑާކާގަ އެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ބަދަލު ހިފައިފި
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަންގްލަދޭޝާ ދެކޮޅަށް
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން