27 ޖުލައި 2023
ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީގެ އެއްވަނަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ވާދަކުރަން ޖެހިއްޖެ އެވެ.
ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީގެ އެއްވަނަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ވާދަކުރަން ޖެހިއްޖެ އެވެ.
ވޯލްޑް ކަޕްގެ ޖާގަ 48 އަށް ގައުމަށް އިތުރުކޮށް، ފުރަތަމަ ފަހަރަށް ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާ ޒޯންގެ ގުރުއަތުލުން އޭއެފްސީން މިއަދު ވަނީ ބާއްވާފަ އެވެ.
ދެކުނު އޭޝިއާއިން، ކޮލިފައިންގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބުނީ އިންޑިއާ އަށް އެކަންޏެވެ. އަނެއް ހަ ގައުމަށް ޖެހެނީ ޕްރިލިމިނަރީ ބުރު ކަޑަތުކުރާށެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗު ލެގް އޮންނާނީ އޮކްޓޯބަރު 12 ގަ އެވެ. ރާއްޖެ އާއި ބަންގްލަދޭޝްގެ ފުރަތަމަ ލެގް ކުޅޭނީ މާލޭގަ އެވެ. ދެވަނަ ލެގް އޮންނާނީ އޮކްޓޯބަރު 17 ގަ އެވެ. އެ މެޗު ކުޅޭނީ ބަންގްލަދޭޝްގަ އެވެ.
މި މަހު އިންޑިއާގައި ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އެއީ އެ މުބާރާތުގައި 20 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނެވެ. މިހާރުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް މި އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެފްއޭއެމުން ނިންމާފައި ވަނީ އާ ކޯޗަކު ގެނައުމުގެ ބަދަލުގައި އަނެއްކާ ވެސް ގައުމީ ޓީމު ސުޒޭނާ ހަވާލު ކުރުމަށެވެ.
ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމަށް އިރުޝާދު ދިނީ ސުޒޭނެވެ. އެ މުބާރާތުގައި އޭނާގެ ކޯޗުކަމުގެ ދަށުން ކުޅެ ރާއްޖެއިން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ސަސްޕެންޑްކޮށްފައި އޮތަސް ޝަރުތުތަކާ އެކު ލަންކާ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތަށް https://t.co/zLnmnn6Aoo
— Mihaaru (@Mihaarunews) July 27, 2023
ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ޕްރިލިމިނަރީގައި ދެކުނު އޭޝިއާގެ ހަތަރު ގައުމު ހިމެނެ އެވެ. ޕާކިސްތާނުން ކެމްބޯޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ބޫޓާން ކުޅޭނީ ހޮންގް ކޮންގާ ދެކޮޅަށެވެ. އަދި ނޭޕާލް ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.
މިވަގުތު ސަސްޕެންޝަނުގައި އޮތް ސްރީލަންކާ ނުކުންނަން ޖެހެނީ ޔަމަނާ ދެކޮޅަށެވެ. ގުރުއަތުގައި ލަންކާ ބައިވެރި ކުރި ނަމަވެސް އެޓީމަށް މެޗު ކުޅެވޭނީ، އެންމެ ލަސް ވެގެން ފުރަތަމަ ލެގު ކުޅޭ ތާރީހުގެ 10 ދުވަސް ކުރިން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ މިނިވަން އިންތިހާބެއް ބާއްވައިގެންނެވެ.
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ބަދަލު ހިފައިފި
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު