16 ނޮވެމްބަރ 2024
އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ރާއްޖޭން ލީޑް ނަގާފައި ވަނިކޮށް، ބަންގްލަދޭޝްއިން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފި އެވެ.
އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ރާއްޖޭން ލީޑް ނަގާފައި ވަނިކޮށް، ބަންގްލަދޭޝްއިން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފި އެވެ.
މި ދެ ޓީމު މިދިޔަ ބުދަ ދުވަހު ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 1-0 ންނެވެ.
ޑާކާގެ ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުކޮށް ދިން ލަނޑު ޕަޕޯން ސިންހް ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްވި ވަގުތުގެ ހަތަރުވަނަ މިނެޓްގަ އެވެ.
މެޗުގެ 23 ވަނަ މިނެޓްގައި ސެންޓޭ، ރާއްޖެ އަށް ލީޑް ނަގައި ދިނީ އިބްރާހިމް މަހްދީ ހުސައިން ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބާމަން، ބަންގްލަދޭޝްގެ އޭރިއާގެ ބޭރުން ދިފާއު ކުރަން ފޮނުވާލި ބޯޅަ ލިބުނީ އިއްބެ އަށެވެ. އޭރު ސެންޓޭ އޭރިއާގެ ތެރޭގައި ހުރުމުން ބޯޅަ ތަނަވަސްކޮށް ދިނެވެ. ވެއްޓިގެން ފައި ސެންޓޭ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލީޑް ނަގައި ދިނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ ޖޯނީ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ދިފާއު ކުރުމުގައި ކާމިޔާބު ނުވުމުން އޭގެ ފައިދާ ނަގައި ޖޯނީ ވަނީ އޭނާ އަށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލި އެވެ.
މުޅި މެޗުގައި ވެސް ބަންގްލަދޭޝްއިން ވަނީ ރަނގަޅަށް ކުޅުމެއް ދައްކައިފަ އެވެ. ގިނަ ބޯޅަތަކެއް ސަޕްލައިކޮށް ދީގެން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ހަތް މިނެޓްގެ ތެރޭގައި ވެސް ބަންގްލަދޭޝްގެ ކުޅުންތެރިން ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ.
ރާއްޖޭގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން އެމްޑީ ސަހަރިއާރް އިމޯން އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ޕަޕޯން ސިންހް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ބަދަލު ހިފައިފި
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަންގްލަދޭޝާ ދެކޮޅަށް
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު