17 އޮކްޓޯބަރ 2023
މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ، މި އަހަރު ތެރޭ ބަންގްލަދޭޝް ކުރިމަތިލާ އެންމެ މުހިންމު މެޗު ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފި އެވެ.
މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ، މި އަހަރު ތެރޭ ބަންގްލަދޭޝް ކުރިމަތިލާ އެންމެ މުހިންމު މެޗު ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގެ ދެވަނަ ލެގް މެޗުގައި ބަންގްލަދޭޝްއިން އަމިއްލަ ދަނޑުގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޖެނުއަރީ 2022 ގައި ބަންގްލަދޭޝްގެ ކޯޗު ކަމާ ހަވާލުވި ކަބްރޭރާ ބުނީ އެއް އަހަރުތެރޭ އޭނާގެ ކޯޗުކަމުގެ ދަށުން ބަންގްލަދޭޝްއިން ކުރަމުންދިޔަ މަސައްކަތުގައި އެންމެ މުހިންމު މެޗަކީ މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ކަމަށެވެ.
މި މެޗުން މޮޅުވާ ޓީމަކަށް އަންނަ އަހަރު ކުޅޭ ވޯލްޑް ކަޕް ކޮލިފައިންއިން ޖާގަ ލިބޭނެ އެވެ. މޮޅުވާ ޓީމެއް ވަންނާނީ ކޮލިފައިންގައި އޮސްޓްރޭލިއާ އާއި ލުބުނާން އަދި ފަލަސްތީން ހިމެނޭ ގުރޫޕް އައި އަށެވެ.
"މިދިޔަ އެއް އަހަރު އަހަރެމެން ކުރި މަސައްކަތުގައި މި އަހަރުގެ އެންމެ ބޮޑު ޓާގެޓް މިއޮތީ ކުރިމަތީގައި," ޕްރީ މެޗު ޕްރެސްގައި ކަބްރޭރާ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު 1-1 ން ވީ އެއްވަރެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝްއިން ދިވެހި ޓީމު މޮޅުވިޔަ ނުދީ ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
ކަބްރޭރާ ވެސް ބުނީ އެ ދުވަހު ދިވެހި ޓީމާ ދެކޮޅަށް ކުޅުނީ މިދިޔަ 23 އަހަރުތެރޭ ބަންގްލަދޭޝްއިން ރާއްޖޭގެ ދަނޑުގައި ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށެވެ.
ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވަނި ދަނޑުގެ ފެންވަރު ރަނގަޅުވުމުން ބަންގްލަދޭޝް އަށް ވުރެ ބޮޑަށް ރާއްޖެ އަށް އޭގެ ފައިދާ ނެގޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ކަބްރޭރާ ބުނީ ދެ ޓީމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
"ރާއްޖޭގެ ދަނޑަށް ވުރެ މިތާންގެ ދަނޑުގެ ފެންވަރު ރަނގަޅު. އޭގެ ފައިދާ އަހަރެމެންނަށް ކުރާނެ. އަހަރެމެންނަށް އެކަންޏެއް ނޫން ކުރާނީކީ. ރަނގަޅު ފުޓްބޯޅައެއް ކުޅޭނަމަ ދެ ޓީމަށް ވެސް އޭގެ ފައިދާ ކުރާނެ،" ސުޕެއިންގެ ޑިޕޯޓިވޯ އަލަވޭޒްގެ ޔޫތު ޓީމަށް ކުރިން ކޯޗުކޮށް ދިން ކަބްރޭރާ ބުންޏެވެ.
އޭނާ ބުނީ މާލޭގައި އެންމެ ލަނޑަކުން ފުއްދާލަން ޖެހުނަސް ބަންގްލަދޭޝްގެ ޓީމުން ދެއްކި ކުޅުމާ އެކު މުޅި ޓީމަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.
"ކުޅުންތެރިން އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން ކުޅެފިނަމަ ނަތީޖާ ނެރެވޭނެ،" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް، ކޯޗު ކަބްރޭރާ، ރާއްޖޭގެ ކޯޗު ސުޒޭން، ރާއްޖޭގެ މިޑްފީލްޑަރު އައިޝަމްޕްރެސްކޮންފަރެންސް ފެށުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ބީއެފްއެފް
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ބަންގްލަދޭޝް އަށް ވުރެ ރޭންކިންގައި ރާއްޖެ ކުރީގައި އޮތުމުން، ރާއްޖެއާ ދެކޮޅަށް ކުޅޭއިރު ވާދަކުރަން ޖެހޭ ފެންވަރު ތަފާތު ވާނެ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ވުރެ ރޭންކިންގައި މަތީގައި އޮތް ޓީމެއް ވާދަ ކުރުމުގައި އަހަރެމެން މަސައްކަތް ކުރަންޖެހޭ ފެންވަރު ތަފާތު ވާނެ. އެކަމަކު އަހަރެމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި އަހަރެމެން ބޭނުން މިހާރު އަހަރެމެން ކުރަމުންދާ މަސައްކަތުގެ ފެންވަރު ސާބިތުކޮށްދޭން،" އާޖެންޓީނާގެ ވީކެންޑް ލީގުގެ ކްލަބަކަށް ކުޅެމުން އަންނަ ޖަމާލް ބުންޏެވެ.
މެޗު ކުޅެން ހަމަޖައްސާފައި ވަނީ ބަޝުންދަރާ ކިންގްސް އެރީނާގަ އެވެ. ޖަމާލް ބުނީ އެ ދަނޑުގައި ކުޅެފައވާ ކުޅުންތެރިން ބަންގްލަދޭޝްގެ ޓީމުގައި ތިބުމުން އެ ޓީމަށް ކުޅެން ފަސޭހަ ވާނެ ކަމަށެވެ.
ރާއްޖެ އާއި ބަންގްލަދޭޝް މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 4:45 ގަ އެވެ. މި މެޗު "ޔެސް" ޓީވީން ދައްކާނެ އެވެ.
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަންގްލަދޭޝާ ދެކޮޅަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ