14 ނޮވެމްބަރ 2024
ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން އިއްޔެ ހޯދި މޮޅު، ޖޫން މަހު ކުއްލިގޮތަކަށް މަރުވި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނަށް ހާއްސަކޮށްފި އެވެ.
ބަންގްލަދޭޝްގެ މައްޗަށް ރާއްޖޭން އިއްޔެ ހޯދި މޮޅު، ޖޫން މަހު ކުއްލިގޮތަކަށް މަރުވި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނަށް ހާއްސަކޮށްފި އެވެ.
ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން ބަކާ، ކުއްލިއަކަށް މަރުވީ ހައްޖުގެ އަޅުކަމުން އެނބުރި މާލެ އައިތާ ހަފުތާއެއް ވެސް ނުވަނީސް އެވެ. އޭނާ މަރުވީ ރާއްޖޭން އަލަށް ފެނުނު ބައްޔެއް ކަމަށްވާ މެނިންގޯކޮކަލް އަށް ޕޮޒިޓިވް ވެ އޭޑީކޭގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުންދަނިކޮށެވެ.
ގައުމީ ޓީމުގައި މިހާރު ވެސް ތިބި ގިނަ ކުޅުންތެރިންނަކީ ބަކާ އާ އެކު ކުޅުނު ކުޅުންތެރިންނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދިވެހި ޓީމުގައި ބަކާ ކުޅުނެވެ. އެ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިން ގައުމީ ސްކޮޑްގައި މިފަހަރު ވެސް ހިމެނެ އެވެ.
އިއްޔެގެ މެޗަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބަކާގެ ހަނދާނަށް މެޗު ހާއްސަކުރާކަން ހާމަކޮށް ރަމްޒީ ފޮޓޯއެއް ނަގައިފަ އެވެ.
ބަންގްލަދޭޝަ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ފަހު ގައުމީ ސްކޮޑްގެ މެންބަރުން ފޮޓޯއަކަށް ހުއްޓިލައިގެން: މި ރަމްޒީ ފޮޓޯއަކީ އެ މެޗުން ލިބުނު މޮޅު ބަކާ އަށް ހާއްސަ ކުރާކަން ހާމަކޮށް ނެގި ފޮޓޯއެއް
ބަކާ ނިޔާވުމުން، ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފައި ވަނީ ބަކާ އަކީ ވަރަށް ހިތްވަރުގަދަ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފައި ވަނީ ފުޓްބޯޅަ އަށް އުނދަގޫ ވަގުތެއްގައި ބަކާ ވަކިވެގެން ދިއުމަކީ ކުޅުންތެރިންނަށް ވަކިބޮޑަށް ލިބުނު ދެރައެއް ކަމަށެވެ.
އިއްޔެގެ އެ މެޗަކީ އަހަރެއް ފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރާއްޖޭން 1-0 ން ކާމިޔާބު ކުރި މެޗުގެ ލަނޑު ޖެހީ ބަކާއާ އެކު ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރެއަށް ނަގައިދިން ހިލޭ ޖެހުމަކުންނެވެ. ހަމްޕް ވެސް ވަނީ ބަކާ އާ އެކު ގައުމީ ޓީމަށް ގިނަ މެޗުތަކުގައި ކުޅެފަ އެވެ.
މިހާރު ކުރިއަށްދާ ފީފާ ވިންޑޯގައި، އަދި އެއް މެޗު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅޭނެ އެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ބަދަލު ހިފައިފި
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން