ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވިނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުނު ދެ ކޯޗުން ވެސް ފާހަގަ ކޮށްފި އެވެ.
06 ޖޫން 2025
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވިނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުނު ދެ ކޯޗުން ވެސް ފާހަގަ ކޮށްފި އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ސިންގަޕޫރުން ލީޑް ނެގި އެވެ. ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އަމީރުލް އާދިލް އާއި އިކްޝާން ފަންދީ އެވެ. މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް ކުޅެން ފެށި އިކްޝާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗަށް ފަހު ސިންގަޕޫރުގެ ސުޓޯމޫ އޮގުރާ ބުނީ މެޗުގެ ފުރަތަމަ ހާފު އޭނާގެ ޓީމުން ކޮންޓްރޯލް ކުރި ކަމަށެވެ. އެކަމަކު ދެވަނަ ހާފުފެ ފުރަތަމަ 15 މިނެޓަށް ފަހު ދެން ރާއްޖޭން ކޮންޓްރޯލް ނެގިކަން އޭނާ ވެސް ފާހަގަ ކުރި އެވެ.
"މެޗުގެ 60 ވަނަ މިނެޓާ ހަމައަށް އަހަރެމެންނަށް ކޮންޓްރޯލް އޮތް،" ޖަޕާނަށް ނިސްބަތްވާ ކޯޗު ބުންޏެވެ.
އޭނާ ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
ސިންގަޕުރޫން ފުރަތަމަ ހާފު ކޮންޓްރޯލް ކުރިޔަސް ރާއްޖޭގެ ނުރައްކަލެއް ނެތި އެ ހާފެއް ނުނިމުނެވެ. އެ ހާފު ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. އެކަމަކު އޭނާގެ ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ރާއްޖޭގެ ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަހްމަދު ރިޒްވާނެވެ. ރިޒްވާން ޕެނަލްޓީ ފޮނުވާލީ ސިންގަޕޫރުގެ ކީޕަރު އިޒްވާން މަހްބޫދަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ.
ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވެސް ބުނީ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.
"ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި ދެވަނަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅު ގޭމެއް ކުޅުނިން... ފަހި ފުރުސަތުތަކެއް ވެސް ތަނަވަސް ކުރިން،" ސުޒޭން ބުންޏެވެ.
ސިންގަޕޫރާއި ރާއްޖޭން އިއްޔެގެ މެޗު ކުޅުނީ އޭޝިއަން ކަޕް ކޮލިފައިންގައި ދެ ގައުމަށް ވެސް ކުރިއަށް އޮތް މެޗަށް ތައްޔާރު ވުމަށެވެ. އަންނަ އަންގާރަ ދުވަހު ރާއްޖޭން ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.
ފީފާގެ މިންގަނޑަށް ފެތޭ ސްޓޭޑިއަމެއް ނެތް ޓިމޯ ލެސްޓޭގެ ހޯމް މެޗު ކުޅޭނީ އޮސްޓްރޭލިއާގަ އެވެ. ސިންގަޕޫރުން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ޑާކާގަ އެވެ.
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން
ޓީމު ދެބަޔަކަށް ބަހައިގެން ދެ ފްލައިޓްގައި އިންޑިއާއަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ސިންގަޕޫރު އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ބަދަލު ހިފައިފި