ލަންކާއާ ދެކޮޅަށް މާދާމާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ދެވަނަ މެޗަށް، ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް އަގު ހެޔޮކޮށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ބޮޑު ކުރުމުން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
08 ސެޕްޓެމްބަރ 2025
ލަންކާއާ ދެކޮޅަށް މާދާމާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ދެވަނަ މެޗަށް، ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް އަގު ހެޔޮކޮށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ބޮޑު ކުރުމުން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުށް ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ދިން ސަޕޯޓާއި ފޯރި، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވެސް ފާހަގަ ކުރި އެވެ. އޭނާ ބުނީ ލަންކާއިން އަމިއްލަ ދަނޑުގައި ކުޅުނު އިރު ވެސް ދިވެހި ސަޕޯޓަރުންގެ އަދަދު ގިނަ ކަމަށެވެ.
ނޭޕާލް ގޮވައިގެން ވެސް މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ނުކުތް މުތައިރީ ބުނީ ދެވަނަ މެޗަށް އެކަން ބަދަލުވަން ޖެހޭ ކަމަށެވެ. ލަންކާގެ ސަޕޯޓަރުން އިތުރު ކުރަން އެ ގައުމުގެ އެފްއޭއިން ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކޮށްފަ އެވެ.
އެކަމަކު ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކީ 1،000 ލަންކަން ރުޕީސް އަށެވެ. މާދަމާ ކުޅޭ ދެވަނަ މެޗަށް ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ 3،000 ރުޕީސް އަށް ބޮޑުކޮށްފަ އެވެ.
ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް އަގުބޮޑު ކުރުމުން ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދިވެހި ސަޕޯޓަރުން: ފުރަތަމަ މެޗަށް ދިވެހިންނަށް ވެސް ޓިކެޓް ވިއްކީ 1،000 ރުޕީ އަށް. ދެވަނަ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ވަނީ ބޮޑު ކޮށްފަ --- ފޮޓޯ: އަހަމަދު އަންވަރު (ސިމް) | ސޯޝަލް މީޑިއާ
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗަށް ގާތްގަނޑަކަށް 150 ހެއްހާ ދިވެހި ވަދެފައިވާނެ ކަމަށް އެ މެޗު ބަލަން ދަނޑަށް ދިޔަ ދިވެހި ސަޕޯޓަރަކު ބުންޏެވެ.
އެފްއޭއެމްގެ އެދުމުގެ މަތިން މާދަމާގެ މެޗަށް ލަންކާގެ އެފްއޭގެ އޮފިޝަލުން ވަނީ، ދިވެހި ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) ގައި ދިވެހިންނަށް ހާއްސަކޮށް މިއަދު ޓިކެޓް ވިއްކާފަ އެވެ.
"(ދެވަނަ މެޗަށް) 400 ޓިކެޓް ދިވެހިންނަށް ވިއްކަން ސޯސަންވިލާ އަށް ގެނައި. އެމްބަސީ މީހުންގެ އަތަކަށް ވެސް ނުދޭ ޓިކެޓް ވިއްކާކަށް. ސީދާ މިތާންގެ [ލަންކާގެ ފުޓްބޯޅަ] ފެޑެރޭޝަންގެ މުވައްޒަފުން އައިސް ޓިކެޓް ވިއްކަނީ،" ކޮލަމްބޯގައި ހުންނަ ސޯސަންވިލާ އަށް މިއަދު ޓިކެޓް ގަންނަން ދިޔަ ދިވެއްސަކު ބުންޏެވެ.
"ދިވެހިންނަށް ވަރަށް އަގުބޮޑުކޮށް ޓިކެޓް ވިއްކަނީ މިހާރު. ފުރަތަމަ މެޗަށް 1،000 ރުޕީސް އަށް އަހަރެން ވެސް ޓިކެޓް ގަތިން. މިހާރު ދެވަނަ މެޗަށް އެ ވިއްކަނީ 3،000 (ރުޕީސް) އށް އެހެންވެ ފަންސާހަކަށް މީހުން [ދިވެހިން] އައީ ޓިކެޓް ގަންނަން."
މާދަމާ ހެނދުނު ވެސް ދިވެހިންނަށް ޓިކެޓް ވިއްކަން ފުޓްބޯޅަ ޝްރީ ލަންކާގެ އޮފިޝަލުން ސޯސަންވިލާ އަށް ދާނެކަން، އަންގާފައިވާކަމަށް އޭނާ ބުންޏެވެ.
ދިވެހި ސަޕޯޓަރުން: ދިވެހި ސަޕޯޓަރުން ދިން ތަރުހީބު ލަންކާގެ ކޯޗު ވެސް ފާހަގަ ކުރި --- ފޮޓޯ: އަހަމަދު އަންވަރު (ސިމް) | ސޯޝަލް މީޑިއާ
އާއިލާ ގޮވައިގެން ދާދި ފަހުން ކޮލަމްބޯ އަށް ދިރިއުޅުން ބަދަލު ކުރި ދިވެއްސަކު ބުނީ ފަސް މެންބަރުން ހިމެނޭ އޭނާގެ އާއިލާ އެކުގައި ދަނޑަށް ދާން ބޭނުން ވިޔަސް، ޓިކެޓްގެ އަގުބޮޑުވުމުން އެ ފުރުސަތެއް ނެތް ކަމަށެވެ.
"ކުދިން [ދަރިން] ވެސް ދާން ބޭނުން އަހަންނާ އެކު ދަނޑަށް. އެކަމަކު އަހަރެމެން ފަސް މީހުންނަށް ޓިކެޓް ނަގަންޏާ 50 ހަކަށް ޑޮލަރު އެ ދަނީ [ހަރަދު ވަނީ]. އެ އަގުގައި ޓިކެޓް ވިއްކަންޏާ،"
ރާއްޖެއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ސަޕޯޓަރުންގެ ތަރުހީބު ކުޑަވުމުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެ ނެރެފަ އެވެ.
ދެވަނަ މެޗަށް ލަންކާގެ ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކަން ނިންމާފައިވާކަން އޭނާ އިއުލާން ކުރި އެވެ. އަދި އެ ގައުމުގެ ސްކޫލްތަކާއި އެކަޑަމީތަކުގެ ދަރިވަރުން ހިލޭ ދަނޑަށް ވަދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ޖަސްވާރު ވިދާޅުވި އެވެ.
ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ނަތީޖާ ބަދަލު ކުރަން ލަންކާއިން ދެވަނަ މެޗުގައި ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ކޯޗު މުތައިރީ ބުންޏެވެ.
އިލާން، ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ރާއްޖޭގެ މެޗު މާދަމާ ހަވީރަށް ބަދަލުކޮށްފި
"ޔޫރަޕާއި އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް"
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ގޮންޖެހުންތަކާއެކުވެސް ލަންކާގެ މެޗަށް މޯހަންގެ އުއްމީދު
ޓްރާންސިޓްގެ 40 ގަޑިއިރަށްފަހު ގައުމީޓީމު ބެންގަލޫރަށް
ފްލައިޓް ކެންސަލްވުމުން ލަންކާގައި ޓީމުން ކޭމްޕްކޮށްފި
ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
ކޯޗަށް އިނގިރޭސި ނޭނގުނަސް ދައްޗެއް ނޫން: ސެންޓޭ