16 ޖޫން 2023
ޖަޕާންގެ ޓްރޭނިން ކޭމްޕް ނިންމައި ކޮލަމްބޯ މަގުން ބެންގަލޫރަށް ދާން ހަމަޖެހިފައި އޮތް ގައުމީ ޓީމުގެ ކެނެކްޓިން ފްލައިޓް ކެންސަލް ވުމުން ކޮލަމްބޯގައި ކޭމްޕްކޮށް ގައުމީ ޓީމު ޓްރޭނިން ފަށައިފި އެވެ.
ޖަޕާންގެ ޓްރޭނިން ކޭމްޕް ނިންމައި ކޮލަމްބޯ މަގުން ބެންގަލޫރަށް ދާން ހަމަޖެހިފައި އޮތް ގައުމީ ޓީމުގެ ކެނެކްޓިން ފްލައިޓް ކެންސަލް ވުމުން ކޮލަމްބޯގައި ކޭމްޕްކޮށް ގައުމީ ޓީމު ޓްރޭނިން ފަށައިފި އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ ބުދަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފަށާނެ އެވެ. މުބާރާތަށް ތައްޔާރުވާން ޖަޕާންގައި ދެ ހަފުތާ އަށް ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ރޭ ގައުމީ ޓީމުން ވަނީ ޓްރާންސިޓްގައި ލަންކާ އަށް ގޮސްފަ އެވެ.
ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނީ ބެންގަލޫރަށް ދާން ހަމަޖެހިފައި އޮތް ފްލައިޓް ކެންސަލްވުމުން ލަންކާގައި ކޭމްޕްކޮށް ޓްރޭނިންތައް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން ބެންގަލޫރަށް ދާން އޮތް ކަނެކްޓިން ފްލައިޓް ކެންސަލް ވުމުން މިއަދާއި މާދަމާ ކޮލަމްބޯގައި ޓްރެއިނިން ކުރިއަށް ދާނީ. ޖޫން 17 [މާދަމާ] ގައި ބެންގަލޫރަށް ފުރާނަން،" އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ޝިބާ ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ: ގައުމީ ޓީމު މުބާރާތަށް ދަނީ އެކުވެރިކަމުގެ އެއްވެސް މެޗެއް ނުކުޅެ --- ފޮޓޯ: އެފްއޭއެމް
އޭނާ ބުނީ ޓީމުގެ ޓްރޭނިން ކުރިއަށް ދަނީ، މިދިޔަ އަހަރު ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ ފޯ ނޭޝަން ކަޕުގެ ޓްރޭނިން އަށް ވެސް ގައުމީ ޓީމުން ބޭނުން ކުރި ބެޑެގޭނާ ޓްރެއިނިން ސެންޓަރުގައި ކަމަށެވެ.
ޖަޕާންގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕްގައި އެ ގައުމުގެ ކްލަބަކާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ކުޅެން ގައުމީ ޓީމުން ހަމަޖެއްސި ނަމަވެސް ބޯ ވިއްސާރައިގެ ސަބަބުން މެޗު ކުޅެވޭ ގޮތް ނުވި ކަމަށް ޝިބާ ބުންޏެވެ.
"ޖަޕާނުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލް ކުރީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ދެ ޓީމާއި ރެފްރީން ވެސް އެއްބަސްވުމުން،" ޝިބާގެ މެސެޖްގައި ވެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން، އެއް ވެސް މެޗެއް ނުކުޅެ މުބާރާތަށް ހަމައެކަނި ޓީމަކީ ރާއްޖެ އެވެ. ޖާޕާންގެ ޓްރޭނިން ކޭމްޕާ މެދު ހިތްހަމަ ޖެހޭކަން ޝިބާ ފާޅު ކުރިއަސް އޭނާ ވެސް ބުނީ މެޗެއް ނުކުޅެވުމަކީ އުނިވި ކަމެއް ކަމަށެވެ.
ޖާޕާންގައި ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަނެއްގެ ތެރެއިން: ޓީމު ބެންގަލޫރަށް ދާނީ މާދަމާ --- ފައިލް ފޮޓޯ: އެފްއޭއެމް
"ޓްރޭނިުންގެ ކަންތައް ދިޔައީ ރަނގަޅަށް. ރަނގަޅު ވާހަކައެއް ހަމަޖެހިފައިވާ ގޮތަށް މެޗެއް ނުކުޅެވުނީމަ ކޮންމެވެސް ވަރެއްގެ އުނި ކަމެއް އަންނާނެ،" އޭނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާއިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފަ އެވެ. ރާއްޖެ ލައްވާލީ ލުބުނާނާ އެއް ގުރޫޕެއްގަ އެވެ، ދެން އެ ގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އެވެ. ގުރޫޕް އޭ ގައި އިންޑިއާ އާއި ކުވައިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާގެ ސަސްޕެންޝަންގައި އޮތުމުން ސްރީ ލަންކާ އަށް މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ޓްރާންސިޓްގެ 40 ގަޑިއިރަށްފަހު ގައުމީޓީމު ބެންގަލޫރަށް
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ބައްސާމް އާއި މޮރިއޭރޯގެ އިސްތިއުފާ އަށް ގޮވައިފި
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް