25 ޖޫން 2023
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝްގެ ޓީމަށް ލަނޑުނުޖެހުމުގެ މައްސަލައިގައި ޕްރެޝަރު އެބައޮތްކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝްގެ ޓީމަށް ލަނޑުނުޖެހުމުގެ މައްސަލައިގައި ޕްރެޝަރު އެބައޮތްކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
މިއަދުގެ މެޗުން ބަންގަލަދޭޝް ބަލިވެއްޖެނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލުނީ އެވެ.
އެކަމަކު ރާއްޖެއާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން އޮތް ހިތްހަމަޖެހުމަކީ ރާއްޖޭގެ ޑިފެންސް ބަލިކަށިވުމެވެ. އޭނާ ބުނީ ކުރިއަށް ވުރެ ރާއްޖޭގެ ޑިފެންސް މިފަހަރު ދަށް ކަމަށެވެ. އެކަމަކު ރާއްޖޭގެ ކުއްލި އެޓޭކުތަކުގައި ކުރާ ނުރައްކާ ބޮޑުކަން ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބާމަން ފާހަގަ ކުރި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަށް ރާއްޖެ އަތުން މޮޅު ނުވެވޭތާ 20 އަހަރުވީ އެވެ. އެ ޓީމުން އެންމެ ފަހުން ރާއްޖެ އަތުން މޮޅުވީ 2021 ގައި ލަންކާގައި ބޭއްވި މަހިންދަރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގަ އެވެ. އެ މެޗުގައި ބަންގްލަދޭޝް މޮޅުކޮށްދޭން ރާއްޖެ ކޮޅަށް ލަނޑު ޖެހީ ބާމަން ބުނީ އަދި އެއްފަހަރު ރާއްޖެ ބަލި ކުރަން އޭނާ މާދަމާ ބޭނުންވާ ކަމަށެވެ.
ބަންގްލަދޭޝް އާއި ލުބުނާން އެންމެ ފަހުން ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބަންގްލަދޭޝް ބަލިވީ 2-0 ން --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
ލަންކާގައި ބަލިވިޔަސް އޭގެ ފަހުން މާޗް 2022 ގައި މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރި އެވެ. އެއީ ބަންގްލަދޭޝްގެ މިހާރުގެ ކޯޗު ސްޕެއިންގެ ހާވިއާ ކަބަރޭރާ އެ ޓީމާ ހަވާލުވެގެން ކުޅުނު ފުރަތަމަ މެޗެވެ.
"އަހަރެން އެ މެޗު ނަގާނީ ޕޮޒިޓިވްކޮށް. އެ ނަތީޖާ ހަނދާން ނައްތާލާފަ އަހަރެމެން މި ނުކުންނަނީ ޕޮޒިޓިވް ވިސްނުމެއްގައި،" ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ މެޗާ ބެހޭގޮތުން ބަންގްލަދޭޝްގެ މީޑިއާތަކަށް ކަބަރޭރާ ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ބަންގްލަދޭޝްގެ ޓީމުން ސަމާލުކަން ދޭން ޖެހޭނެ ކުޅުންތެރިންކަމަށް، ކަބަރޭރާ ފާހަގަ ކުރީ ބޫޓާން ކޮޅަށް ލަނޑު ޖެހި ދެ ކުޅުންތެރިން ކަމަށްވާ، ހަމްޒާ މުހައްމަދު (ހަމްޕް) އާއި ނާއިޒު ހަސަން (ދާދު)ގެ އިތުރުން ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް މިއަދު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދުރުފަހު 3 ޖަހައިރު އެވެ.
ބަންގްލަދޭސް ސަމާލުވާނީ ހަމްޕް، ދާދު، ކްރޯ އަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟