26 ޖޫން 2023
ސާފް ޗެމްޕިއަންޝިޕްގައި، 20 އަހަރު ވަންދެން ބަންގްލަދޭޝް އަތުން ބަލި ނުވެ ރާއްޖެއިން ދަމެހެއްޓި ރެކޯޑް އިއްޔެ ނިމުން އައުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިސްތިއުފާ އަށް ގިނަބަޔަކު ގޮވާލައިފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި، 20 އަހަރު ވަންދެން ބަންގްލަދޭޝް އަތުން ބަލި ނުވެ ރާއްޖެއިން ދަމެހެއްޓި ރެކޯޑް އިއްޔެ ނިމުން އައުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިސްތިއުފާ އަށް ގިނަބަޔަކު ގޮވާލައިފި އެވެ.
އިއްޔެ ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 3-1 ންނެވެ. އެއީ 2003 ގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފަހުން އެ މުބާރާތުގައި ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
އެ މެޗުން ރާއްޖެ ބަލިވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބައްސާމްގެ އިސްތިއުފާ އަށް ގޮވާލީ، މޮރިއޭރޯ އެކަނި އިސްތިއުފާ ދީގެން ފުޓްބޯޅައިގެ މައްސަލަތައް ހައްލު ނުވާނެ ކަމަށް ބުނެ އެވެ.
"މިއީ ހަމައެކަނި ކޯޗަކަށް ހުންނަ މީހާގެ މައްސަލައެއް ނޫން. މިހާހިސާބަށް ރާއްޖޭގެ ފުޓްބޯޅަ ދަތުރުކުރަމުންދާތާ ދެތިން އަހަރުވެއްޖެ. ދެން ރާއްޖޭގެ ފުޓްބޯޅަ އަށް ބައްސާމް އަށް ކޮށްދެވޭނެ ރަނގަޅު ކަމަކަށް ވާނީ މަގާމުން އިސްތިއުފާ ދިނުން،" ސޯޝަލް މީޑިއާގައި ޝޫއޫރު ފާޅު ކުރި މީހަކު ބުނެފައި ވެއެވެ.
ބައެއް ފަރާތްތަކުން ވަނީ، ބައްސާމް ޓެގްކޮށް ޝުއޫރު ފާޅުކޮށްފަ އެވެ. އޭނާ ޓެގްކޮށް ފޭސްބްކްގައި ޝުއޫރުފާޅު ކުރި އަލީ އަކުރަމް ކިޔާ މީހަކު ބުނީ، ލަދުވެތި ވާނަމަ ބައްސާމް އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
ޓްވިޓާގައި ޝޫއޫރުފާޅު ކުރި ނާފިއު ލަތީފް، ބައްސާމް ޓެގްކޮށް ބުނެފައި ވަނީ، މިއީ ނާގާބިލު ވެރިން އެފްއޭއެމްގެ މަގާމުތަކުގައި ތިބުމުގެ ނަތީޖާ ކަމަށެވެ.
ބައްސާމް އާއި މޮރިއޭރޯ ސަލާމް ކުރަނީ: ޓީމުގެ ނަތީޖާ ދަށް ވުމުން ބައްސާމް އަދި މޮރިއޭރޯ އަށް ވަނީ ފާޑުކިޔުން އަމާޒު ވެފަ --- ފައިލް ފޮޓޯ: އެފްއޭއެމް
"މި ފެންނަނީ ބައްސާމް ފަދަ ނާގާބިލު ވެރިން ތަންތަނާ ހަވާލުވުމުގެ ނަތީޖާ،" ނާފިއު ޓްވިޓާގައި ލިޔުނެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗަށް ބަލާއިރު މިއީ މިހާތަނަށް ރާއްޖޭން ފެށި އެންމެ ފެންވަރު ދަށް ކުޅުން ދެއްކި މުބާރަތެވެ. މީގެ ކުރިން ރާއްޖެއިން އެ ޓީމުތަކާ ދެކޮޅަށް ވަރުގަދަ އަށް އެޓޭކް ކުރި ޓީމުތަކާ ދެކޮޅަށް ރާއްޖެއިން ކުޅުނީ ޑިފެންސްކޮށްގެންނެވެ.
މީގެ ކުރިން ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅުނު ކޮންމެ މެޗެއްގައި ކަހަލަގޮތަކަށް މެޗު ޑޮމިނެޓް ކުރީ ދިވެހި ޓީމެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ފެނުނީ ބޫޓާނުން ރާއްޖޭގެ މައްޗަށް ޑޮމިނޭޓް ކުރި ތަނެވެ.
އެ މައްސަލަ ވެސް ފާހަގަކޮށް ބައްސާމް އާ ދެކޮޅަށް ޝުއޫރުފާޅު ކުރި މީހަކު ބުނީ، މިއީ ދުވަހަކު ރާއްޖޭގެ ފުޓްބޯޅައިން ފެނުނު މަންޒަރެއް ނޫން ކަމަށެވެ.
"ގައުމުގެ ފުޓްބޯޅަ ކުރިއަރައިފައި ހުރިވަރު އެބަ އެނގޭ. ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދޭން އަދި ވެސް ނުވޭތޯ،" އިސްމާއީލް ނާއިލް ކިޔާ މީހަކު ފޭސްބްކްގައި ޝުއޫރުފާޅު ކުރި އެވެ.
ބައްސާމްގެ އިސްތިއުފާ އަށް ގޮވާލައި އާންމުންގެ ބައެއް ފަރާތްތަކުން ލިޔުނު ޕޯސްޓްތަކަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުގެ ސީނިއާ އޮފިޝަލުންނާއި ކުޅުންތެރިން ވެސް "ލައިކް" ދީފައި ވެއެވެ.
މޮރިއޭރޯ އަށް މުސާރަ ނުދޭ ވާހަކަ ފާހަގަކޮށް ބައެއް އާންމުން ވަނީ އެކަމުގައި ވެސް ބައްސާމަށް ވަރަށް ބޮދު ފާޑު ކިޔައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ދެން އޮންނާނީ ލުބުނާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުދ ދުވަހު އެވެ.
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން