28 ޖޫން 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ވީ ތައްޔާރީތަކުގައި މެޗުތަކެއް ނުކުޅެވުނީ، އޭނާގެ މައްސަލައަކުން ނޫން ކަމަށާއި އެކަމުގައި އެފްއޭއެމްގެ މައްސަލައެއް ވެސް ނެތް ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ވީ ތައްޔާރީތަކުގައި މެޗުތަކެއް ނުކުޅެވުނީ، އޭނާގެ މައްސަލައަކުން ނޫން ކަމަށާއި އެކަމުގައި އެފްއޭއެމްގެ މައްސަލައެއް ވެސް ނެތް ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.
ގުރޫޕް ސްޓޭޖުގައި މިއަދު ރާއްޖޭގެ ފަހު މެޗުން ވެސް ބަލިވެ، ރާއްޖެއަށް ވަނީ ގުރޫޕް ސްޓޭޖުން ކެޓުމުގެ ބިރު ކުރިމަތި ވެފަ އެވެ. މިރޭ ބޫޓާނާ ދެކޮޅަށް ބަންގްލަދޭޝް އެއްވަރުކޮށްލިޔަސް، ސެމީގެ ފަހު ޖާގަ ލިބޭނީ ބަންގްލަދޭޝް އަށެވެ.
މުބާރާތަށް ތައްޔާރުވުމުގައި ރާއްޖޭގެ މައްސަލަ ހުރިކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރީ ފްރެންޑްލީ މެޗެއް ވެސް ކުޅެފައި ނުވުމެވެ. މުބާރަތަށް ދިޔަ އަށް ޓީމުގެ ތެރެއިން ޕްރެކްޓިސް މެޗެއްހާ ހިސާބު ވެސް ނުކުޅެނީ ރާއްޖެ އެކަންޏެވެ.
ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޓީމަށް އިރުޝާދު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައި މުބާރާތަށް އައި ނަމަ މިއަށްވުރެ ރާއްޖޭގެ ނަތީޖާތައް ރަނގަޅު ކުރެވުނީސްތޯ "މިހާރު" އިން އެހުމުން މޮރިއޭރޯ ބުނީ އެކަން ކުރެވުނު ނަމަ ކުޅުން ރަނގަޅު ކުރެވުނީސް ކަމަށެވެ. އޭނާ ބުނީ ޖަޕާނުގެ ކްލަބްތަކާ ދެކޮޅަށް ޕްރެކްޓިސް ދެ މެޗު ކުޅެން މަސައްކަތް ކުރި ކަމަށެވެ.
"އެކަމަކު އެ މެޗުތައް ނުކުޅެވުނީ އަހަރެންގެ މައްސަލައަކުން ވެސް ނޫން [އެފްއޭއެމް] ގެ މުވައްޒަފުންގެ މައްސަލައަކުން ވެސް ނޫން. ވިއްސާރަ ވެގެން ނުކުޅެވުނީ،" މޮރިއޭރޯ ބުންޏެވެ.
މިއަދުގެ މެޗުން ބަލިވިޔަސް ޓީމު ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް މޮރިއޭރޯ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ގުރޫޕް ސްޓޭޖުން އަދި މިހާތަނަށް ރާއްޖެ ކަޓައިފައެއް ނެތެވެ. އެކަމަކު މިހާރު އެ ބިރު ރާއްޖެ އަށް އެބައޮތެވެ. މިއީ އެ މުބާރާތުގައި ރާއްޖޭގެ އެންމެ ގޯސް ނަތީޖާއެއް ނުކުތް ފަހަރެވެ.
މި ނަތީޖާތަކާ އެކު ކޯޗެއްގެ ގޮތުގައި އޭނާ ފެއިލް ވެއްޖެތޯ ސުވާލު ކުރުމުން، އެ ސުވާލަށް އޭނާ ޖަވާބެއް ނުދެ އެވެ. އޭނާގެ ވާހަކަ އަނބުރާލީ ކުޅުންތެރިންގެ މެންޓަލިޓީ ބަދަލުކުރަން އޭނާ ކުރާ މަސައްކަތަށެވެ.
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގައި ތަރުޖަމާނަކު ނެތް
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި