22 ޖޫން 2023
އިޓަލީ ބަހުގެ ތަރުޖަމާނަކު ނެތުމުން، ސާފް ޗެމްޕިއަންޝިޕްގެ ޕްރެސް ކޮންފަރެންސްގައި ވެސް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް މީޑީއާ އާ ވާހަކަ ދައްކަން އުނދަގޫ ވެއްޖެ އެވެ.
އިޓަލީ ބަހުގެ ތަރުޖަމާނަކު ނެތުމުން، ސާފް ޗެމްޕިއަންޝިޕްގެ ޕްރެސް ކޮންފަރެންސްގައި ވެސް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް މީޑީއާ އާ ވާހަކަ ދައްކަން އުނދަގޫ ވެއްޖެ އެވެ.
މިއީ މޮރިއޭރޯ އަށް މި މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ފަހުކޮޅު މެލޭޝިއާ އާދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް މޮރިއޭރޯ އަށް މީޑިއާއާ ވާހަކަ ދައްކަން އުނދަގޫވި އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސްގައި ވެސް މޮރީނިއޯ އަށް އުނދަގޫވީ ކޮށިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ޖެހުމުންނެވެ. ތަރުޖަމާނުގެ މެދުވެރިކޮށް ތަފްސީލުކޮށް މީޑިއާ އާ ވާހަކަ ދައްކާ މޮރިއޭރޯ ޗެމްޕިއަންޝިޕްގެ ޕްރެސް ކޮންފަރެންސްގައި ވެސް ފުއްދާލީ ކުރު އަދި ތަފްސީލެއް ނެތް ޖަވާބު ތަކަކުންނެވެ.
އޮކްޓޯބަރު 2021 ގައި ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި މޮރިއޭރޯއާ އެކު ގައުމީ ޓީމުން ކުރިމަތިލި ފުރަތަމަ މުބާރާތް، ލަންކާގެ މަހިންދަ ރާޖަޕަކްސަ މުބާރާތުގެ ޕްރެސް ކޮންފަރެންސްތަކުގައި މޮރިއޭރޯ އާއެކު އިޓަލީ ބަހުގެ ތަރުޖަމާނު އެމިލިއޯ ހަރަކާތްތެރިވި އެވެ. އަދި މިދިޔަ އަހަރު މާޗު މަހު ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ވެސް އަދި އޭގެ ފަހުން މިދިޔަ އަހަރު ޖޫން މަހު ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވެސް ތަރުޖަމާނެއްގެ ދައުރު އެމިލިއޯ އަދާ ކުރި އެވެ. އެކަމަކު އެ މުބާރާތުގެ ފަހުން ގައުމީ ޓީމާ އެކު މަސައްކަތް ކުރުން އޭނާ ހުއްޓާލި އެވެ.
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ކ) އާއި އޭނާގެ ތަރުޖަމާނަކަށް ކުރިން މަސައްކަތް ކުރި އެމިލިއޯ: ގައުމީ ޓީމުގައި މިހާރު ތަރުޖަމާނަކު ނެތް --- ފައިލް ފޮޓޯ: އެފްއޭއެމް
މި ކަމާ ބެހޭގޮތުން "މިހާރު" އާ ވާހަކަ ދެއްކި ގައުމީ ޓީމުގައި ކުރިން މަސައްކަތް ކުރި ތަޖުރިބާކާރަކު ބުނީ މޮރިއޭރޯ އަށް ތަރުޖަމާނަކު ހަމަޖައްސައި ނުދީ ރާއްޖޭއިން ދެއްކީ ރަނގަޅު ނަމޫނާއެއް ނުން ކަމަށެވެ.
އޭނާ ބުނީ ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި ތަރުޖަމާނަކު ނެތި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ކޮށިކޮށިކޮށް ވާހަކަ ދައްކަން ދޫކޮށްލުމުން، މީޑިއާތަކަށާއި އެހެން ޓީމުތަކުގެ ކޯޗުންނާއި މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ރާއްޖޭން އިހުތިރާމު ނުކުރާކަން ދޭހަވާ ކަމަށެވެ.
ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދިޔައީ ކޮންމެ ގުރޫޕެއްގައި ހިމެނޭ ހަތަރު ޓީމުގެ ކޯޗުން އެކުގަ އެވެ.
"އިނިގިރޭސި [ބަސް] ނޭނގުމަކީ މައްސަލައެއް ނޫން. މައްސަލަ އަކީ ތަރުޖަމާނަކު ނެތި ގައުމީ ޓީމުގެ ކޯޗު އެހާ ދަތިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ދޫކޮށްލުން. ޕްރެސް ކޮންފަރެންސްގައި ގައުމީ ހެޑް ކޯޗަކީ އެ ގައުމުގެ ފުޓްބޯޅައިގެ މޫނުމަތި،" އޭނާ ބުންޏެވެ.
"ތަރުޖަމާނަކު ހަމަޖައްސައިގެން މުބާރާތްތަކަށް ދިއުމުން އޭގެއިން އެނގޭނެ ރާއްޖެއިން މުބާރާތަށް ކުރާ އިހުތިރާމް. އެކަމަކު އެކަން ހަމަނުޖައްސައި ދިއުމަކީ ބޭއިހްތިރާމަކަށް ވެދާނެ ކަމެއް."
މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅެން މާލެ އައި އެހެން ގައުމުތަކުގެ ގައުމީ ޓީމުތަކުގެ ކޯޗުންނަށް އިނިގިރޭސި ބަހުން މުއާމަލާތް ނުކުރެވޭނަމަ، ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނުން ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން ޖޫން 2015 ގައި ރާއްޖެއާ ދެކޮޅަށް ކުޅެން އައި ގަތަރުގެ ޓީމުގެ އޭރުގެ ކޯޗު އުރުގުއޭގެ ހޯޒޭ ޑެނިއަލް ކަރޭނިއޯ، ސްޕެނިޝް ބަހުން ވާހަކަ ދެއްކިއިރު އޭނާގެ ވާހަކަތައް ދިވެހި މީޑިއާތަކަށް، އިނގިރޭސި ބަހަށް ތަރުޖަމާ ކުރަން ސްޕެނިޝް ބަހުގެ ތަރުޖަނާނެއް ބައިވެރިވި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2017 ގެ މާޗު މަހު ރާއްޖެއާ ދެކޮޅަށް ކުޅެން މާލެ އައި ފަލަސްތީނު ޓީމުގެ އޭރުގެ ކޯޗު އަބްދުލްނާސިރު ބަރަކާތު، އަރަބި ބަހުން ދިވެހި މީޑިއާތަކާ ވާހަކަ ދެއްކި އިރު، އޭނާގެ ވާހަކަތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ދޭން ތަރުޖަމާނަކު ބައިވެރިވި އެވެ.
"އެއީ ހޯސްޓް ނޭޝަންގެ މީޑިއާތަކަށް އަދި އިންޓަނޭޝަނަލް މީޑިއާތަކަށް ކުރެވޭ ވަރަށް ބޮޑު ރެސްޕެކްޓެއް،" ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނަކު ބޭނުން ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން، ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް