Roadha Mihaaru
ކޯޗަށް އިނގިރޭސި ނޭނގުނަސް ދައްޗެއް ނޫން: ސެންޓޭ

މޮރިއޭރޯއަށް އިނގިރޭސި ނޭނގުނަސް ކުޅުންތެރިންނަށް ދައްޗެއް ނޫން: ސެންޓޭ

07 ނޮވެމްބަރ 2021

ކޮލަމްބޯ (ނޮވެމްބަރު 7) - ގައުމީ ޓީމުގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯ އަށް އިނގިރޭސި ބަސް ނޭނގުނަސް އޭނާ އޭނާއާ އެކު މަސައްކަތްކުރަން ދަތިނުވާ ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮލަމްބޯ (ނޮވެމްބަރު 7) - ގައުމީ ޓީމުގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯ އަށް އިނގިރޭސި ބަސް ނޭނގުނަސް އޭނާ އޭނާއާ އެކު މަސައްކަތްކުރަން ދަތިނުވާ ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

މޮރިއޭރޯ އަށް އިނގިރޭސި އަދި ދިވެހި ބަހެއް ވެސް ނޭނގެ އެވެ. ކުޅުންތެރިންނާއި މީޑިއާއާ ވެސް އޭނާ ވާހަކަ ދައްކަނީ އޭނާގެ މާދަރީބަސް ކަމުގައިވާ، އިޓަލީ ބަހުން ކަމަށް ވާތީ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދިނުމުގައި އިޓަލީގެ އެހީތެރިޔަކު މަސައްކަތް ކުރެ އެވެ.

ސްރީ ލަންކާގައި މާދަމާ ފަށާ، މަހިންދަ ރާޖަޕަކްސް ޓްރޮފީ މުބާރާތުގައި މާދަމާ ރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޕްރީ ޕްރެސްގައި ލަންކާގެ ނޫސްވެރިޔަކު ސެންޓޭއާ ސުވާލު ކުރީ، މޮރިއޭރޯ އަށް އިނގިރޭސި ބަސް ނޭނގޭތީ އޭނާއާ އެކު މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރިތޯ އެވެ. ނޫސްވެރިޔާ ކުރި ސުވާލު މޮރިއޭރޯގެ އެހީތެރިޔާ އިޓަލީ ބަހުން މޮރިއޭރޯ އަށް ކިޔައިދިނެވެ.

ސެންޓޭ. ގައުމީ ޓީމުގެ ޓްރޭނިންގައި މޮރިއޭރޯ އޭނާގެ ހަރަކާތް ބަލަހައްޓައިގެން --- ފޮޓޯ: އެފްއޭއެމް

ސެންޓޭ. ގައުމީ ޓީމުގެ ޓްރޭނިންގައި މޮރިއޭރޯ އޭނާގެ ހަރަކާތް ބަލަހައްޓައިގެން --- ފޮޓޯ: އެފްއޭއެމް

"މީގައި ބަހެއް ނޫން މުހިންމީކީ،" ދިވެހި ބަހުން ލަންކާގެ ނޫސްވެރިންނަށް ސެންޓޭ ޖަވާބު ދިނެވެ.

"ކޮންމެ ގޮތެއް ވިޔަސް ފީލްޑްގައި ކިޔައިދޭ އެއްޗެއް ވަރަށް ފަސޭހަ ވާނެ. މޫވްތައް މި ހުންނަނީ އެއްގޮތަކަށް. ދެން ޓްރާންސްލޭޓާ ވެސް އެބަހުރި. ކޯޗް ވަރަށް ފަސޭހަކޮށް ހުރިހާ އެއްޗެއް ކިޔައިދެނީ. އެއްވެސް އުނދަގުލެއް ނެތް. ފެށުމުގެ ކުރިން އެ ކިޔައިދެނީ ފަށަންޖެހޭ ގޮތާއި މޫވްތައް އަންނަޖެހޭ ގޮތް. ވަރަށް ފަސޭހަ ކޯޗާ އެކު މަސައްކަތްކުރަން."

ސެންޓޭ ބުނީ ސާފް ޗެމްޕިއަންޝިޕް އަމިއްލަ ގައުމުގައި ކުޅެ ނާކާމިޔާބު ވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ. އެކަން ހަނދާން ނައްތާލައި މިހާރު ކުރިމަތިލާފައިވާ މުބާރާތަށް ނުކުތީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ދެތިން އަހަރު ކުރީގެ ފެންވަރަށްވުރެ ލަންކާގެ ޓީމުން ކުރިއެރުން ހޯދާފައިވާކަން ސެންޓޭ ފާހަގަކުރި އެވެ. ރާއްޖެއިން ލަންކާ ކޮޅަށް 2013ގެ ސާފް ޗެމްޕިއަންޝިޕްގައި 10-0 އިން ރާއްޖެ މޮޅުވި އިރު އެ މެޗުގައި ލަނޑު ޖެހި، ސެންޓޭ ބުނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ޓީމުގެ ކުރިއެރުން ހާމަވި ކަމަށެވެ.