Roadha Mihaaru
ކޭ ޕާކް ރެޒިޑެންސްގައި އަންނަ އަހަރު މީހުން ދިރިއުޅޭނެ

ކޭ ޕާކް ރެޒިޑެންސްގައި އަންނަ އަހަރު މީހުން ދިރިއުޅެން ފަށާނެ: ހަމްބޯ

05 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ނިންމައި އަންނަ އަހަރު އެ ތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ މަސައްކަތް ކުރާ ހަމްބޯ ކުންފުނިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ނިންމައި އަންނަ އަހަރު އެ ތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ މަސައްކަތް ކުރާ ހަމްބޯ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްބޯ އިން ވަނީ ކޭ ޕާކުގެ މަސައްކަތް ނުނިމި ގިނަ ދުވަސް ވާތީ މާފަށް އެދިފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެޕާޓްމަންޓުތަކުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ. އެގޮތުން ފިނިޝިން އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އިލެކްޓްރޯނިކް ސާމާނު ވެސް ގެންދާނެ ކަމަށް ހަންބޯއިން ބުންޏެވެ.

މި އިމާރާތުގައި މުޅިން ވެސް ބޭނުންކުރަނީ ދެކުނު ކޮރެއާގެ އުފެއްދުންތަކެވެ.

ކޭ ޕާކް ރެޒިޑެންސަކީ ކޮރެއަން ސްޓައިލަށް ތަރައްގީކުރާ މިކްސް-ޔޫސް ރެސިޑެންޝަލް އެޕާޓުމަންޓުތަކެކެވެ. ޖުމުލަ 14 ބުރީގެ މި އިމާރާތުގައި 110 އެޕާޓްމަންޓް ހިމެނޭނެ އެވެ.

މި އިމާރާތުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އޭރު ލަފާކުރީ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި، މިދިޔަ އަހަރު އެޕާޓުމަންޓްތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ.