Roadha Mihaaru
ހުޅުމާލޭގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ އަޅައިފި

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ މަސައްކަތް ފަށައިފި

27 ޖޫން 2024

ހުޅުމާލެ 2 ގައި ހަދާ މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކުގެ ބޮޑު މަޝްރޫއުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި ހަދާ މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކުގެ ބޮޑު މަޝްރޫއުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ 2 ގެ އިރުއުތުރު ކަންމަތީގައި 19،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ރައީސް އޮފީހުން ބުނީ މި މި މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ތިން ބާވަތެއްގެ ގެދޮރު އިމާރާތްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓާއި ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް އިމާރާތްކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ޑިޒައިން.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ޑިޒައިން.-- ފޮޓޯ: ރައީސް އޮފީސް

މި މަސައްކަތް ހަވާލުކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ޕްރިމިއަމް ވިލާއިން ލިބޭނެ ބައެއް ހިދުމަތްތަކުގެ ތެރޭގައި، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް، ކްލަބް ހައުސް، ލެޕް ޕޫލް އަދި ޕޫލް ހައުސް، ވެލްނެސް ސެންޓަރެއް، ރެކްރިއޭޝަން ސެންޓަރެއް، މަލްޓި ޕަޕޮސް އިވެންޓް ހޯލެއް އަދި ކޮމާޝަލް ކޮމްޕްލެކްސް ވެސް ހިމެނެ އެވެ.

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ އަޅައިދެއްވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ 2 ގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ އަޅައިދެއްވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެޗްޑީސީން މި މަޝްރޫއު ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ނޮވެމްބަރު 13، 2022 ގަ އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، އެ މަޝްރޫއުއާ އެކު ހުޅުމާލެ އަށް "ލަގްޒަރީ ލިވިން" ތައާރަފުވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. ހުޅުމާލެ އާއި ރާއްޖެ އަށް ވެސް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް އެ މަޝްރޫއުގެ ދަށުން ލިބޭނެ އެވެ. ނަމަވެސް އެ މަޝްރޫއު އަގު ހާމަކޮށްފައެއް ނުވެ އެވެ.