Roadha Mihaaru
ހުޅުމާލޭގައި މުއްސަނދިންނަށް ޕްރިމިއަމް ވިލާތަކެއް

ހުޅުމާލެ 2 ގައި މުއްސަނދިންނަށް ޕްރިމިއަމް ވިލާތަކެއް ހަދަނީ

14 ނޮވެމްބަރ 2022

ހުޅުމާލެ 2 ގައި މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކެއް އަޅަން ނިންމައި އެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކެއް އަޅަން ނިންމައި އެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

އެޗްޑީސީން އެ މަސައްކަތް ހަވާލުކުރީ ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "އަސޭރިއާ" ކިޔާ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ބެޗް ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އާއި ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު، ހުޅުމާލޭގައި ހަދާ ޕްރިމިއަމް ވިލާތުގެ މަޝްރޫއުގެ އެއްބަސްވުން ބަދަލުކުރައްވަނީ -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ނޫސްބަޔާނުގައި ބުނިގޮތުގައި، އެ ވިލާތައް ހަދަން ނިންމާފައި ވަނީ އެ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ޓުއަރިޒަމް އައިލެންޑާ ގާތުގައި 300،000 އަކަފޫޓުގެ ބިމެއްގަ އެވެ. އެ މަޝްރޫއުގައި ރާއްޖެ އަށް އަލަށް އަލަށް ބީޗް ފްރަންޓް ޑުވެލިން، ގާޑަން ޑުވެލިން އަދި އާބަން ޑުވެލިން ތައާރަފުކުރާނެ ކަމަށް ވެސް ބުންޏެވެ.

އެ ވިލާގެ ކޮންމެ ޔުނިޓެއްގައި 2،000 އަކަފޫޓު ހުންނާނެ އެވެ. އެ އިމާރާތް ޑިޒައިން ކުރަނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް 1،200 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށެވެ.

ޕްރިމިއަމް ވިލާގެ ބައެއް ހިދުމަތްތައް؛

• ސެމީ ގާޑެޑް ސެކުއިރިޓީ

• ޕްރައިވެޓް ނެއިބަހުޑް

• ރެސިޑެންޓް ބަގީޗާ

• ގާޑްރޫމް

• ޕޮލިސް ޕޯސްޓް

• ކްލަބް ހައުސް

• ލެޕް ޕޫލް އަދި ޕޫލް ހައުސް

• ވެލްނެސް ސެންޓަރެއް

• ރެކްރިއޭޝަން ސެންޓަރެއް

• މަލްޓި ޕަޕޮސް އިވެންޓް ހޯލެއް

• ކޮމާޝަލް ކޮމްޕްލެކްސްއެއް

ހުޅުމާލޭގައި އަލަށް ފަށާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ އާއި ބައެއް ކުންފުނިތަކުގެ އިސްވެރިން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އަލަށް ފަށާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ އާއި ބައެއް ކުންފުނިތަކުގެ އިސްވެރިން -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ މަޝްރޫއުއާ އެކު ހުޅުމާލެ އަށް 'ލަގްޒަރީ ލިވިން' ތައާރަފުވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ. ހުޅުމާލެ އާއި ރާއްޖެ އަށް ވެސް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް އެ މަޝްރޫއުގެ ދަށުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް އެ މަޝްރޫއު އަގު ހާމަކޮށްފައެއް ނުވެ އެވެ.

އެ މަސައްކަތް ހަވާލުކުރި ބެޗް ކޮންސްޓްރަކްޝަނަކީ އެ ކުންފުނިން ހިންގާ ކޮންމެ މަޝްރޫއެއްގައި ވެސް އެންމެ ތަޖުރިބާކާރު މުވައްޒަފުން މަސައްކަތް ކުރާ އަދި ގާބިލު ކުންފުންޏެއް ކަމަށް އެޗްޑީސީން ބުންޏެވެ.

"ކުންފުނީގެ ތާރީހަށް ބަލާލާއިރު އެންމެ ދިގު މަޝްރޫއުއެއް ނިންމާލުމަށް މިހާތަނަށް ބެޗް ކޮންސްޓްރަކްޝަން އިން ހޭދަކޮށްފައިވާ އެންމެ ދިގު މުއްދަތަކީ 20 މަސް ދުވަސްކަން ފާހަގަކޮށްލަންޖެހެ އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

"އާސެރިއާ" މަޝްރޫއަކީ ހުޅުމާލެ އަށް އިންގިލާބީ ބަދަލެއް ގެންނާނެ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.