24 ޖެނުއަރީ 2022
ހުޅުމާލޭގައި ޓާޓާގެ ސަބްސިޑަރީ ކުންފުނިން ހަދާ "ސޮލިޓެއާ"ގެ އެޕާޓްމެންޓްތައް އަންނަ އަހަރު ނިންމާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހުޅުމާލޭގައި ޓާޓާގެ ސަބްސިޑަރީ ކުންފުނިން ހަދާ "ސޮލިޓެއާ"ގެ އެޕާޓްމެންޓްތައް އަންނަ އަހަރު ނިންމާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސެންޑަލް މޮރިޝަސް އިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކުރަނީ 1،200 އަކަފޫޓުގެ 1+3 ކޮޓަރި އާއި ފާހަނާ ހިމެނޭ އެޕާޓްމެންޓްތަކެކެވެ. ހުޅުމާލޭގެ ފިތުރޯނު މަގުގައި ހަދާ ކޮންމެ އެޕާޓްމަންޓެއްގައި ޕްރައިވެޓް ބެލްކަންޏަކާއި ބޮޑު ސިޓިން ރޫމަކާއި ޒަމާނީ ބަދިގެއެއް ހިމެނޭނެ އެވެ. އަދި އަންނައުނު ދޮވެ ހިއްކުމަށް ހާއްސަ ޖާގައެއް ވެސް ހުންނާނެ އެވެ.
ސޮލިޓެއާގެ ކޮންމެ އެޕާޓްމަންޓެއް ޑިޒައިން ކޮށްފައި ވަނީ ދިރިއުޅުމުގެ ހިތްފަސޭހަކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް އެ ކުންފުނިން ބުންޏެވެ. ސޮލިޓެއާގެ 10 ބުރީގެ އިމާރާތުގައި 64 އެޕާޓްމެންޓާއި ދެ ޕެންޓްހައުސް ހުންނާނެ އެވެ.
ސޮލިޓެއާގެ ލޮބީގައި ކުޑަކުދިންނަށް ހާއްސަކޮށް ހެދިފައި ހުންނާނެ ކޮޓަރި--ފޮޓޯ: ސޮލިޓެއާ
މި އެޕާޓްމެންޓްތަކުގައި ދުވާލު ގަޑީގައި ކަރަންޓަށް ބަރޯސާ ވާން ނުޖެހޭ ވަރަށް ގުދުރަތީ އަލި ލިބޭނެ ގޮތަށް ވަށައިގެން ކުޑަދޮރުތައް ހުންނާނެ އެވެ. އަދި ޕްރައިވެޓް ބެލްކަނީގައި އާއިލާއާއެކު ވަގުތު ހޭދަކޮށްލައި ސައި ބޯލަން ތިބެވޭނެ ރަނގަޅު ޖާގައެއް ހަދާފައި ހުރެ އެވެ.
ސޮލިޓެއާގައި ދިރިއުޅޭ މީހުންނަށް ޖިމަކާއި އިންފިނިޓީ ޕޫލެއްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކުޅޭ ތަނެއް ވެސް ހުންނާނެ އެވެ.
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި
ކޭޕާކް ފްލެޓްތައް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފި
ހުއްދަ ދިން ވަރަށް ވުރެ އިތުރަށް ޓާޓާ އިން ފްލެޓް!
ހައްލަކީ އެސްކްރޯ އެކައުންޓެއް ހެދުން: އެޗްޑީސީ
ކޮރަލް ބްލެވާޑަށް ހުޅުމާލެ އިން ބޮޑު ބިމެއް ދެނީ
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި
މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"