Roadha Mihaaru
ޒަމާނީ އިމާރާތްތަކުން ހުޅުމާލޭގެ މަންޒަރު ބަދަލުވަނީ

ޒަމާނީ އިމާރާތްތަކުން ހުޅުމާލޭގެ ބަދަލުވަމުން އަންނަ މޫނުމަތި

27 ޖެނުއަރީ 2021

ހުޅުމާލޭގެ ވަކި ސަރަހައްދުތަކަކަށް މިހާރު އަންނަ ބަދަލުތަކުން ޒަމާނީ ސިޓީއެއްގެ އިތުރު ސިފަތަކެއް މިވަނީ ފެންނަން ފަށައިފަ އެވެ. ސެންޓްރަލް ޕާކުގެ އުތުރާއި ހުޅުމާލޭގެ އެންމެ ހުޅަނގު ފަރާތުން އެކި ހިސާބުތަކުގައި ހަދާ ނިންމާފައިވާ އަަދި ނިންމަމުން އަންނަ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކުން ދައްކައިދެނީ ބޯހިޔާވަހިކަމުގެ އާ ތަރައްގީތަކެއް އަންނަ ތަނެވެ. އެ ހިސާބުން އުފުލިފައިވާ ދިހަ އިމާރާތެއްގައި ހާހަކަށް ވުރެ ގިނަ އެޕާޓްމަންޓާއި ޕެންޓް ހައުސްތައް ހިމެނެ އެވެ.

ރެއިންބޯއިން ހެދި އޯޝަންފްރޮންޓް: މި އިމާރާތުގައި 148 އެޕާޓްމަންޓް ހުރޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ރެއިންބޯއިން ހެދި އޯޝަންފްރޮންޓް: މި އިމާރާތުގައި 148 އެޕާޓްމަންޓް ހުރޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ހުޅުމާލޭ ފެރީ ޓާމިނަލް ހުންނަ ފިތުރޯނު މަގުގެ ދެކުނު ކޮޅުގައި މިހާރު ވަނީ ބެޗު ކޮންސްޓްރަކްޝަނުން ހެދި މެރީނާ ވިއު އާއި ރެނާޓަސް އިން ތަރައްގީކުރި އިތާ މުތް، އިމާރާތް ނިންމައި މީހުން ދިރިއުޅެން ވެސް ފަށައިފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު ތަރައްގީއެއް ފެންނާނީ ފިތުރޯނު މަގު އުތުރުކޮޅުން ނިމޭ ހިސާބުންނެވެ. އެ ދިމާލުގައި މި ވަގުތު ނިމި އަދި ހަދަމުން އަންނަނީ 10 އިމާރާތެކެވެ. އެއް ސަރަހައްދެއްގައި އެހާ ބޮޑެތި ގިނަ އިމާރާތްތަކެއް މައްޗަށް އަރާފައިވާ މަންޒަރެއް ރާއްޖޭގެ އެއްވެސް ތަނަކުން އަދިއެއް ނުފެންނާނެ އެވެ.

އަކުއާ ވީޓާގެ ކުރެހުމެއް: ހުޅުމާލޭ ނިމޭ ކޮޅުގައި ހަދާ މި ހިތްގައިމު އިމާރާާތުގައި މިހާރު ކުރިއަށް ދަނީ އެތެރޭގެ މަސައްކަތްތައް. މި އަހަރު މި ތަން ވެސް ނިމެނޭ.

އަކުއާ ވީޓާގެ ކުރެހުމެއް: ހުޅުމާލޭ ނިމޭ ކޮޅުގައި ހަދާ މި ހިތްގައިމު އިމާރާާތުގައި މިހާރު ކުރިއަށް ދަނީ އެތެރޭގެ މަސައްކަތްތައް. މި އަހަރު މި ތަން ވެސް ނިމެނޭ.

އެ ހިސާބުން ބިން ދޫކޮށް އެކަމަކު މަސައްކަތް އަދި ނުފަށާ ޕްރޮޖެކްޓްތަކެއް ވެސް އެބަ ހުއްޓެވެ. ބައެއް ޕްރޮޖެކްޓްތައް ފަށާފައި ވަކި ހިސާބަކުން މެދުކެނޑުނު ގޮތަށް އަދި ހިނގައެއް ނުގަނެ އެވެ.

ދަމާސް އިން ތަރައްގީކުރި "ވަން އެވެނިއު": އެކުގައި ދޫކުރި ބިންތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމާ ހަވާލުކުރީ މި އިމާރާތް --ފޮޓޯ: ނިޝާން އަލީ/މިހާރު

ދަމާސް އިން ތަރައްގީކުރި "ވަން އެވެނިއު": އެކުގައި ދޫކުރި ބިންތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމާ ހަވާލުކުރީ މި އިމާރާތް --ފޮޓޯ: ނިޝާން އަލީ/މިހާރު

އަށް ބުރިން ފެށިގެން 14 ބުރިއަށް ނަގާފައިވާ ފަސް އިމާރާތަކުން ފިތުރޯނު މަގުގެ އުތުރު ކޮޅުގެ މަންޒަރުތައް މިހާރު ވެސް ބަދަލުވެއްޖެ އެވެ. އެޕޯލޯގެ "އެޕޯލޯ ޓަވަރު"، މުނިހޯމްގެ "ފިތުރޯން"، ދަމާސްގެ "ވަން އެވެނިއު"، އެންސިސް ފިޝަރީޒްގެ "އައިރާ" އަދި ރެއިންބޯގެ "އޯޝަންފްރޮންޓް" އިން ދައްކައިދެނީ ބޯހިޔާވަހިކަމުގެ މިފަދަ އަގު ބޮޑު މަޝްރޫއުތަކަށް ވެސް ރާއްޖޭގައި ޑިމާންޑް އޮތް ވަރެވެ.

މުނިހޯމުން ހަދާ "ފިތުރޯން": ކުރިއަށް އޮތް ދެ މަސް ތެރޭގައި މި ތަނުގެ އެޕާޓްމަންޓްތައް ހަވާލުކުރެވޭ ވަރުވާނެ ކަމަށް، އެ ކުންފުނިން ބުނޭ --ފޮޓޯ؛ ނިޝާން އަލީ/މިހާރު

މުނިހޯމުން ހަދާ "ފިތުރޯން": ކުރިއަށް އޮތް ދެ މަސް ތެރޭގައި މި ތަނުގެ އެޕާޓްމަންޓްތައް ހަވާލުކުރެވޭ ވަރުވާނެ ކަމަށް، އެ ކުންފުނިން ބުނޭ --ފޮޓޯ؛ ނިޝާން އަލީ/މިހާރު

ކަނޑައަޅާފައިވާ މުއްދަތަށް މިއިން އެއްވެސް ޕްރޮޖެކްޓެއް ނުނިންމެ އެވެ. އެކަމަކު އާންމުންގެ އެތައް ސަތޭކަ ބަޔަކު ވަނީ އެތައް މިލިއަން ރުފިޔާއެއް، އަމިއްލަ ވަޒަނެއް މިލްކުކުރުމުގެ ހުވަފެނުގައި، ހޭދަކޮށްފަ އެވެ. މި ފަސް އިމާރާތުގެ ތެރެއިން މިހާތަނަށް މީހުން ދިރިއުޅެން ފަށާފައި ވަނީ "ވަން އެވެނިއު" އާއި "އޯޝަންފްރޮންޓް" އަދި "އެޕޯލޯ ޓަވަރު"ގަ އެވެ. "ފިތުރޯން"ގެ މަސައްކަތް ނިންމައި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތަައް ހަވާލުކުރެވޭ ވަރުވާާނެ ކަމަށް، މުނިހޯމުން ބުނެފައިވެ އެވެ. "އައިރާ" ނިންމަން އަަދިވެސް މަދުވެގެން ހައެއްކަ މަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ރެއިންބޯގެ ރެއިންކްރެސްޓް: މި އިމާރާތް ހުންނަނީ ރީތިގަސް މަގުގައި --ފޮޓޯ: ނިޝާން އަލީ/މިހާރު

ރެއިންބޯގެ ރެއިންކްރެސްޓް: މި އިމާރާތް ހުންނަނީ ރީތިގަސް މަގުގައި --ފޮޓޯ: ނިޝާން އަލީ/މިހާރު

މި އިމާރާތްތަކުގެ އިތުރުން ސިޓީ ތެރެއަށް ވާ ގޮތަށް ހެދި ރެއިންބޯގެ "ރެއިން ކްރެސްޓް"ގައި މިހާރު ވަނީ ދިރިއުޅެން ފަށައިފަ އެވެ. ސެންޓްރަލް ޕާކަށް ކުރިމަތިވާ ގޮތަށް ހަދަމުން އަންނަ، ޖައުސާ ކޮންސްޓްރަކްޝަންގެ ރެއިލް އެސްޓޭޓް ބައި، ޖާހުގެ "ދަ ގާޑަން"ގެ މަސައްކަތް މިހާރު ހުރީ ނިމޭ ހިސާބަށް އަޅައިފަ އެވެ. އެކަމަކު އެ އިމާރާތާ ޖެހިގެން ހަދަމުން އަންނަ "ކޭ-ޕާކް"ގެ އެޕާޓްމަންޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރެވޭނެ ތާރީހެއް އަދި ނޭނގެ އެވެ. ކޯދި އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ދީގެން ހަދާ މި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާފައި ވަނީ ރާއްޖެއިން މިހާތަނަށް އަދި ފެނިފައި ނުވާ ފަދަ އަވަސް ސްޕީޑެއްގަ އެވެ. އެކަމަކު އޭގެ ފަހުން ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވެގެން ގޮސް، އެޕާޓްމަންޓްތަކުގެ ވެރިންނަށް ދިން ތާރީހުތައް އެތައް ފަހަރަކު ވަނީ ފަހަނައަޅައިފަ އެވެ.

އެންސިސްގެ އައިރާ: ޖުމްލަ 94 އެޕާޓްމަންޓް ހިމެނޭ މި އިމާރާތުގެ މަސައްކަތް ވެސް މި އަހަރުގެ މެދުތެރޭގައި ނިންމާލެވޭވަރުވާނެ ކަމަށް ބެލެވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

އެންސިސްގެ އައިރާ: ޖުމްލަ 94 އެޕާޓްމަންޓް ހިމެނޭ މި އިމާރާތުގެ މަސައްކަތް ވެސް މި އަހަރުގެ މެދުތެރޭގައި ނިންމާލެވޭވަރުވާނެ ކަމަށް ބެލެވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

އެއް ސަރަހައްދެއްގައި ހުރި މި އަށް އިމާރާތުގެ އިތުރުން، ހުޅުމާލޭ ފޭސް އެކެއް ނިމޭ ކޮޅުން ރީތިގަސް މަގުގައި، އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން ހެދި "އެފްޑަބްލިޔު ރެސިޑެންސް"ގައި އަންނަ މަހު މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ބެލެވެ އެވެ.

ފިތުރޯނު މަގުގައި ހުރި ފަސް އިމާރާތް

އޯޝަންފްރޮންޓް، ތަރައްގީކުރީ: ރެއިންބޯ

އައިރާ، ތަރައްގީކުރަނީ: އެންސިސް ފިޝަރީޒް

ވަން އެވެނިއު، ތަރަައްގީކުރީ ދަމާސް

ފިތުރޯން، ތަރައްގީކުރަނީ މުނިހޯމް

އެޕޯލޯ ޓަވަރު، ތަރަައްގީކުރީ އެޕޯލޯ

ރީތިގަސް މަގުގައި ހަދާ އިމާރާތްތައް

ރެއިންކްރެސްޓް، ތަރައްގީކުރީ ރެއިންބޯ

އެފްޑަބްލިޔު ރެސިޑެންސް، ތަރައްގީކުރީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން

ސެންޓްރަލް ޕާކަށް ވާ ގޮތަށް ހުރި ތަންތަން

ދަ ގާޑަން، ތަރައްގީކުރަނީ ޖާހު، ޖައުސާގެ ރިއަލް އެސްޓޭޓް ބައި

ކޭ-ޕާކް، ތަރައްގީކުރަނީ ކޯދި އިންވެސްޓްމަންޓް

ހުޅުމާލޭގެ ފުރަތަމަ ފޭސް ނިމޭ ކޮޅުން ކުރެދި ހިނގުމުގައި "އަކުއަ ވީޓާ"ގެ ނަމުގައި އަންނަނީ 14 ބުރީގެ އިމާރާތެއް ހަދަމުންނެވެ. އެންޕީއެޗު ޑިވެލޮޕްމަންޓުން ތަރައްގީކުރާ، ދެ ޓަވަަރު ހިމެނޭ މި އިމާރާތުގައި ވެސް މިހާރު ކުރިއަށް ދަނީ އެތެރޭގެ މަސައްކަތްތަކެވެ. ބެލެވޭ ގޮތުގައި މި ތަނުގައި ވެސް މި އަހަރު މީހުން ދިރިއުޅެން ފަށާނެ އެވެ.

އެފްޑަބްލިޔު ކޮންސްޓްރަކްޝަންގެ އެފްޑަބްލިޔު ރެސިޑެންސް: މި ތަނުގައި އަންނަ މަހު ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ބެލެވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

އެފްޑަބްލިޔު ކޮންސްޓްރަކްޝަންގެ އެފްޑަބްލިޔު ރެސިޑެންސް: މި ތަނުގައި އަންނަ މަހު ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ބެލެވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހުރިހާ އިމާރާތްތަކެއް ނިމުމުން ހުޅުމާލޭގެ އުތުރު ކޮޅުގައި އެތައް ހާސް ބަޔަކު ދިރިއުޅެން ފަށައި، އަނެއްކާވެސް ބޮޑު ސަރަހައްދެއް އާބާދުވާނެ އެވެ. ދެން ހުޅުމާލޭ ނިމޭ ކޮޅަށް ޖެހިލާ އިރު ފެންނާނެ ތަރަައްގީއަކީ ދެ ވަނަ ފޭސްއާ ގުޅާލާފައި އޮތް ބްރިޖަތަކާއި ދެ ވަނަ ފޭހުގެ އުސް އިމާރާތްތަކެވެ. ލަފާކުރެވޭ ގޮތުގައި މި އަހަރުގެ ތެރޭގައި މުޅި އެ ހިސާބުގަނޑުން ޒަމާނީ ތަރައްގީގެ އެތައް ކުލައެއް ފެވިގެންދާނެ އެވެ.

ހުޅުމާލޭ ފުރަތަމަ ފޭސްގެ އުތުރުކޮޅުން ދެން ފެންނާނީ ޖެހިގެން އޮތް ދެ ވަނަ ފޭހުގެ އުސް އިމާރާތްތައް --ފޮޓޯ: ނިޝާން އަލީ/މިހާރު

ހުޅުމާލޭ ފުރަތަމަ ފޭސްގެ އުތުރުކޮޅުން ދެން ފެންނާނީ ޖެހިގެން އޮތް ދެ ވަނަ ފޭހުގެ އުސް އިމާރާތްތައް --ފޮޓޯ: ނިޝާން އަލީ/މިހާރު