20 އޮކްޓޯބަރ 2016
އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި ފުރަތަަމަ ފަހަރަށް ފްލެޓްތަކެއް ތަރައްގީކުރަން ތައްޔާރުވާން ފަށައިފި އެވެ.
އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި ފުރަތަަމަ ފަހަރަށް ފްލެޓްތަކެއް ތަރައްގީކުރަން ތައްޔާރުވާން ފަށައިފި އެވެ.
ހުޅުމާލޭގައި މަތީ ފަންތީގެ ފްލެޓްތަކެއް ތަރައްގީކުރަނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ އާ އިމާރާތް ހެދި އަދި އައިޖީއެމްއެޗްގެ މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ޗެންނާއީގެ ކުންފުނި ކަމަށްވާ ރެނާޓަސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މިއީ އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި ހިންގާ ފުރަތަމަ ރިއަލް އެސްޓޭޓް މަޝްރޫއެވެ.
ހުޅުމާލޭގެ ފިތުރޯނުމަގުގައި "ރެނާޓަސް އިތާ މުތް"ގެ ނަމުގައި ހަދާ ނުވަ ބުރީގެ އިމާރާތުގައި 72 ފްލެޓް ހުރެ އެވެ. މި ތަނުގެ ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ދުވަހެއް އަދި އެ ފްލެޓްތައް ވިއްކާނެ އަގެއް އެ ކުންފުނިން އަދި ނުބުނެ އެވެ.
މި މިކްސްޑް ރެސިޑެންޝަލް އިމާރާތުގެ ތަފުސީލީ ކުރެހުންތައް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފަ އެވެ. އެ އިމާރާތުގެ އެންމެ މަތީގައި ލަގްޒަރީ ޕެންޓްހައުސްއެއް ހުރެ އެވެ. އޭގެ އިތުރުން ސިނަމާއަކާއި ކާރާއި ސައިކަލް ޕާކްކުރާ ސަރަހައްދަކާއި ޖިމަކާއި ކުޅޭ ސަރަހައްދަކާއި އެނޫން ވެސް ވަސީލަތްތައް ހިމެނެ އެވެ.
މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ހޯދުމަށް ސުވާލުތައް ފޮނުވި ނަމަވެސް އެ ކުންފުނިން އޭގެ ޖަވާބެއް އަދި ނުދެ އެވެ.
ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ފިހާރަ އާއި އެނޫން ވެސް ވަސީލަތްތައް ހިމެނޭ ގޮތަށް މަތީ ފެންވަރުގެ ފްލެޓްތަކެއް ހެދުމަށް ރެނާޓަސް އަށް ބިން ކުއްޔަށްދޫކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 15 ދުވަހު އެވެ. އެޗްޑީސީން އޭރު ބުނެފައި ވަނީ ރެނާޓަސްއާ ހަވާލުކުރި ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ދެ އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.
ހުޅުމާލޭގެ ފިތުރޯނުމަގުގައި ފްލެޓް އަޅަން ރެނާޓަސްގެ އިތުރުން ދެން ހަވާލުކޮށްފައި ވަނީ މުޅިން ވެސް ދިވެހި ކުންފުނިތަކަށެވެ.
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ސައުދީން ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ
ކޭޕާކް ފްލެޓްތައް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފި
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
އެއް ކޮޓަރީގެ ފްލެޓްތަކަށް މި ހެދީ ކިހިނެއް؟
ސިވިލް ސާވިސް ނިންމައި ދާއިމީ ލިސްޓުތައް ނެރެނީ
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި
ލިސްޓުން އުނިކުރި ގިނަ މީހުން އުޅެނީ ރަށްރަށުގައި!