Roadha Mihaaru
ގޭގައި ތިބެގެން ވިޔަފާރިކުރަން ސިމްޑީ އޮންލައިން

ގޭގައި ތިބެގެން ވިޔަފާރިކުރަން ސިމްޑީ އޮންލައިން

20 މެއި 2021

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައުމަށް ފަހު އަނެއްކާވެސް ހާލަތު ވަނީ ގޯސްވެފަ އެވެ. އެހެންވެ އެޗްޕީއޭ އާއި ސިއްހީ މާހިރުން ލަފާދެނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި ދުވަސްވަރު ބޭރަށް ނުކުތުން މަދުކޮށް ގޭގައި ތިބެގެން ކުރެވޭ ކަންތައްތައް ކުރުމަށެވެ. މި އިރުޝާދާ އެކު، ގޭގައި ތިބެގެން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ސިމްޑީން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ފަސޭހަ ގޮތެއް ހޯދައިދީފަ އެވެ.

މިދިޔަ އަހަރުގެ ލޮކްޑައުންއާ އެކު ސިމްޑީން ތައާރަފުކުރި "ސިމްޑީ އޮންލައިން" އެޕްލިކޭޝަނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އޮންލައިން ވިޔަފާރި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ސިމްޑީން ވިއްކާ 1،500 އަށްވުރެ ގިނަ އުފެއްދުން ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ތަފާތު ބުއިންތަކާއި ކެމެރާ އާއި އަންނައުނާއި ކޮފީ އާއި ސައިފަތާއި "ހެލްތު އެންޑް ބިއުޓީ"އާ ގުޅޭ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ދުނިޔޭގެ މަގުބޫލު ގިނަ ބްރޭންޑުތައް ވެސް ހިމެނެ އެވެ.

ސިމްޑީ އަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭރުގެ މަޝްހޫރު ބްރޭންޑުތައް ރާއްޖެއަށް އެތެރެކުރާ ކުންފުންޏެވެ. އެގޮތުން، އެކި ބާވަތްތައް ހިމެނޭހެން 200 އެއްހާ ބްރޭންޑު މިހާރުވެސް ރާއްޖެއިން ލިބެން ހުންނާނެ އެވެ.

ސިމްޑީން އޮންލައިންކޮށް ލިބެން ހުންނަ ބައެއްތަކެތި--

ސިމްޑީން އޮންލައިންކޮށް ލިބެން ހުންނަ ބައެއްތަކެތި--

އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ގިނަ މުދާ އެއްތަނަކުން ބަލައިލެވި މުދާ ގަތުމުގެ އިތުރުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. އެގޮތުން، ކަސްޓަމަރުން ގަންނަ މުދާ ރައްކާތެރިކަމާ އެކު ވީހާ ވެސް އަވަހަކަށް ޑެލިވަރީ ކޮށްދެވޭނެ ކަމުގެ ޔަގީންކަން ސިމްޑީން ދެ އެވެ. ހެނދުނު 9:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެ ކުންފުނިން ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.

ސިމްޑީ އޮންލައިން އެޕްލިކޭޝަނުގެ އެންމެ ތަފާތު އެއް ކަމަކީ އެ އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި "ލައިވް ޓްރެކް" ކުރެވުމެވެ. އޯޑަރު ކުރާ ހިސާބުން ފެށިގެން ޑެލިވަރީ ލިބެންދެން އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ތަކެތީގެ އަޕްޑޭޓް ބަލައިލެވޭނެ އެވެ.

ސިމްޑީން އޮންލައިންކޮށް ލިބެން ހުންނަ ބައެއްތަކެތި--

ސިމްޑީން އޮންލައިންކޮށް ލިބެން ހުންނަ ބައެއްތަކެތި--

ސިމްޑީން ބުނިގޮތުގައި އެ ކުންފުނިން މި އެޕްލިކޭޝަން ތައާރަފު ކުރީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގަ އެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅުވަންދެން އެންމެންވެސް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރި ކުރުމަށް އެ ކުންފުނިން އެދެ އެވެ.

މި އެޕްލިކޭޝަން މިހާރު ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.