Roadha Mihaaru
އައިސީޕީ އިން މެންޓަލް ހެލްތާ ގުޅޭ ގިނަ ހިދުމަތްތަކެއް

އައިސީޕީ: ނަފްސާނީ މައްސަލަތަކާ ގުޅޭ ގިނަ ހިދުމަތްތަކެއް އެއް ތަނަކުން

28 މާޗް 2021

ނަފްސާނީ ދުޅަހެޔޮކަން ނުވަތަ މެންޓަލް ހެލްތަކީ ފަހަކަށް އައިސް ގިނަ ބަޔަކު ހޭލުންތެރިވެފައިވާ މުހިންމު ދާއިރާއެކެވެ. މި ފަރުވާ ހޯދަން ބޭނުންވާ މީހުން ގިނައިރު ރާއްޖޭގައި ވެސް މި ހިދުމަތް ދޭ ތަންތަން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްގެ ތެރެއިން އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯ ތެރަޕީ (އައިސީޕީ) އަކީ މިއަދާ ހަމައަށް ވެސް ގިނަ ދިވެހިން އިތުބާރު ކުރާ، ފާހަގަކޮށްލެވޭ ކްލިނިކެކެވެ.

އައިސީޕީ އެންމެ ބޮޑަށް މަގުބޫލުވެފައި އޮންނަނީ އެ ކްލިނިކުން ދޭ ހިދުމަތްތަކުގެ ކޮލިޓީއަށެވެ. ކޮންސަލްޓޭޝަނުން ފެށިގެން ތެރަޕީ އަދި ކައުންސެލިންއާ ހަމައަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ދިނުމަށް އެ ކްލިނިކުން އަބަދުވެސް އިސްކަންދެ އެވެ. އެގޮތުން، އެ ކްލިނިކުން ހިދުމަތް ދޭން ތިބެނީ ވެސް އެ ދާއިރާއަކުން އެންމެ ގާބިލު މީހުންނެވެ.

އައިސީޕީން ލިބޭ ހިދުމަތްތައް

- ކޮންސަލްޓޭޝަން

- ކައުންސެލިން

- އެސެސްމަންޓް

- ބިހޭވިއަރަލް ތެރަޕީ

- ސައިކޯ ތެރަޕީ

- ކަޕަލްސް ކައުންސެލިން

- ސްޕީޗް ތެރަޕީ

އައިސީޕީ ރިސެޕްޝަން: އެޕޮއިންޓްމަންޓް ހެއްދުމުން ކޮންސަލްޓްކޮށް އެސެސްމަންޓް ހަދައިދޭނެ -- ފޮޓޯ: ސިމްޑީ

އައިސީޕީ ރިސެޕްޝަން: އެޕޮއިންޓްމަންޓް ހެއްދުމުން ކޮންސަލްޓްކޮށް އެސެސްމަންޓް ހަދައިދޭނެ -- ފޮޓޯ: ސިމްޑީ

މެންޓަލް ހެލްތާ ގުޅޭ ގޮތުން ދުނިޔެ ހޭލުންތެރިވަމުން އައި ނަމަވެސް އަދިވެސް ރާއްޖޭގައި މިކަމާ ގުޅިގެން އެހީ ހޯދަން ބޭނުންވާ މީހުންގެ އަދަދު މަދެވެ. ގިނަ މީހުން އެހީތެރިކަން ހޯދަން ބޭނުންނުވަނީ އެއީ އެފަދަ ފަރުވާއަކަށް ހިނގައްޖެ ނަމަ ތިމާއަކީ ސިކުނޑީގެ މައްސަލައެއް ހުރި މީހެއް ކަމަށް އެހެން މީހުން ދެކޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ނަމަވެސް މިފަދަ ކަންކަމުގައި އެހީ ހޯދުމަކީ ތިމާގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުވެ އުފާވެރިކަމާ އެކު އުޅެން ލިބޭ ފުރުސަތެކެވެ.

ދެން އޮތް އަނެއް ކަމަކީ ޒާތީ މައުލޫމާތާއި ސިއްރު ވާހަކަތައް އެހެން މީހުންނަށް އެނގިދާނެ ކަމުގެ ބިރެވެ. ނަމަވެސް އައިސީޕީ އިން އެ މީހެއްގެ ސިއްރު ފުރިހަމައަށް ހިފަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދެ އެވެ. އެ މީހަކަށް ފަރުވާ ދޭ ތެރަޕިސްޓަށް ނުވަތަ ސައިކޭޓްރިސްޓް ފިޔަވާ އިތުރު އެއްވެސް މީހަކަށް އެމީހަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަކީ އައިސީޕީގައި މަނާ ކަމެކެވެ. އަދި ހިދުމަތް ހޯދާ މީހުންގެ މައުލޫމާތު ރައްކާތެރިކުރުމަކީ އެ ކްލިނިކުގެ އެންމެ ބޮޑު އެއް ޒިންމާގެ އިތުރުން އެންމެ އިސްކަންދޭ ކަންތަކެވެ.

އައިސީޕީ އިން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކްލިނިކުގެ ނަންބަރު 3304206 އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެ އެވެ. އެއަށް ފަހު އެ މީހަކު ޑޮކްޓަރަށް ދައްކައި، ކޮންސަލްޓޭޝަން ހެދުމުން އެސެސްމަންޓް ހަދައި އެ މީހަކަށް އެންމެ ރަނގަޅު ޓްރީޓްމަންޓަކީ ކޮބައިކަން ބުނެދޭނެ އެވެ. އަދި އެ ޓްރީޓްމަންޓް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ވެސް އެ މީހަކާ ހިއްސާކުރާނެ އެވެ. އެ ކްލިނިކުގައި މިވަގުތު ދެ ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓެއްގެ އިތުރުން ކައުންސެލާއަކާއި ސްޕީޗް ތެރަޕިސްޓެއް ހިދުމަތް ދެ އެވެ.

ކުޑަކުދިންނަށް ފަރުވާ ދިނުމަށް އައިސީޕީގައި ހަދާފައި ހުންނަ ހާއްސަ ކޮޓަރިތަކެއް: މިހާރު ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް އެތަނުން ލިބޭނެ -- ފޮޓޯ: ސިމްޑީ

ކުޑަކުދިންނަށް ފަރުވާ ދިނުމަށް އައިސީޕީގައި ހަދާފައި ހުންނަ ހާއްސަ ކޮޓަރިތަކެއް: މިހާރު ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް އެތަނުން ލިބޭނެ -- ފޮޓޯ: ސިމްޑީ

ކޮވިޑް-19އާ ގުޅިގެން އައިސީޕީއިން ވަނީ އޮންލައިންކޮށް ކޮންސަލްޓް ކުރެވޭ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ. އެހެންކަމުން ގޭގައި ތިބެގެން ވެސް އެހީ ހޯދުމަށް އެ ކްލިނިކުން ބާރުއަޅަ އެވެ.

މިދިޔަ އަހަރު ދުނިޔޭގައި ފެތުރެން ފެށި މި ބަލިމަޑުކަމުގެ ސަބަބުން ވެސް ގިނަ ބައެއްގެ މެންޓަލް ހެލްތައް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން ގޭ ބަންދުގައި ތިބެން ޖެހުމާއި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން ނުތަނަވަސްކަން އުފެދުމުގެ މައްސަލައިން ގިނަ ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ. މިފަދަ ކަމެއް ދިމާވެއްޖެ މީހަކަށް އައިސީޕީ އިން ހިލޭ ހިދުމަތް ދޭނެ އެވެ. ފާއިތުވި އަހަރުން ފެށިގެން އެ ކްލިނިކުން އަންނަނީ މި ބަލިމަޑުކަމުގެ ސަބަބުން އަސަރު ކުރި އެތައް ބަޔަކަށް ހިލޭ ހިދުމަތް ދެމުންނެވެ.

އައިސީޕީ އިން ގަބޫލުކުރާ ގޮތުގައި މިހާރު ދިވެހިންގެ ތެރޭގައި ވެސް ގިނަ ބަޔަކު ވަނީ މެންޓަލް ހެލްތާ ގުޅޭ ގޮތުން ހޭލުންތެރިވެފަ އެވެ. އަދި އިތުރު މީހުން މިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން އެ ކްލިނިކުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރެ އެވެ.

އައިސީޕީ އިން އަންނަނީ އެ ކްލިނިކުން ހިދުމަތް ހޯދާ މީހުންގެ ތަޖުރިބާ، އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް، ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރަމުންނެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް މިއީ ކިހާ ވަރެއްގެ ކަމެއްކަން އެނގި އެހީ ހޯދަން ލިބޭ ބާރަކަށް ވާނެ ކަމަށް ކްލިނިކުން އުއްމީދުކުރެ އެވެ.