Roadha Mihaaru
"އިލީ" ކޮފީގެ ފުލް ރޭންޖް މިހާރު ސިމްޑީން

"އިލީ" ކޮފީގެ ފުލް ރޭންޖް މިހާރު ސިމްޑީން

13 ޖޫން 2021

ރިސޯޓުތަކަށް އަމާޒުކޮށްގެން ސިމްޑީ އިން ރާއްޖެ އަށް ތައާރަފުކުރި "އިލީ" ބްރޭންޑުގެ ކޮފީއަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޮފީއެކެވެ. މި ކޮފީ މިހާރު ވެފައި ވަނީ ދިވެހީންގެ ތެރެއިން ކޮފީ އަށް ލޯބި ކުރާ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ކޮފީއަށެވެ. ކޮފީ އަށް ލޯބި ކުރާ މީހުންނަށް މި ކޮފީގެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ސިމްޑީން މިހާރު ވަނީ އިލީގެ ފުލް ރޭންޖު ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު ކޮފީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އިލީ އަކީ 1933 ވަނަ އަހަރު ތައާރަފު ކުރި އިޓަލީގެ ބްރޭންޑެކެވެ. މި ބްރޭންޑަށް ނަން ދީފައި ވަނީ މި ބްރޭންޑު ދުނިޔެ އަށް ތައާރަފު ކުރި، ފްރެންސެސްކޯ އިލީގެ ނަމުންނެވެ.

އެހެން ކޮފީތަކާ އިލީ ތަފާތު ވަނީ މި ކޮފީއަކީ ތަފާތު ނުވަ ގައުމެއްގެ "އަރަބިކާ" ކޮފީ ބީންސް ބޭނުންކޮށްގެން އުފައްދާ ކޮފީއަކަށް ވާތީ އެވެ. އަރަބިކާއަކީ ކެފެއިންގެ މާއްދާ ދަށްވެފައި ހިތި ރަހަ މަޑު ބީންސް އެކެވެ. މިއީ ކޮފީ ބީންސްގެ ދެ ބާވަތުގެ ތެރެއިން އެންމެ ކޮލިޓީ ރަނގަޅު ބީންސް އެވެ. މި ކޮފީ އުފެއްދުމަށް ނުވަ ގައުމެއްގެ އަރަބިކާ ބީންސް ބޭނުން ކުރަނީ ކޮންމެ ގައުމެއްގައި އުފައްދާ ބީންސްގެ ރަހަ ތަފާތުވީމަ އެވެ. އެހެންކަމުން، ހުރިހާ ބީންސްތައް އެއްކޮށްގެން ކޮފީ އުފެއްދުމުން ރަހަ ވަރުގަދަވެ، ކޮފީގެ ކޮލިޓީ އިތުރަށް ރަނގަޅުވެ އެވެ.

އިލީގެ އިންސްޓެންޓް ކޮފީ--

އިލީގެ އިންސްޓެންޓް ކޮފީ--

އިލީ ބްރޭންޑުގެ ތަފާތު ބާވަތްތަކުގެ ކޮފީ ހުރެ އެވެ. މީގެ ތެރޭގައި އިންސްޓެންޓް ކޮފީ އާއި ފިލްޓާ ކޮފީ ހިމެނެ އެވެ. ސިމްޑީން މިހާރު ލިބެން ހުރި އިލީގެ ރޭންޖުތަކުގެ ތެރޭގައި، ބީންސް އާއި ޕައުޑަރާއި ކެޕްސޫލް ހިމެނެ އެވެ. އަދި އިލީ ބްރޭންޑުގެ ކޮފީ މެޝިންތައް ވެސް މިހާރު ސިމްޑީން ލިބެން ހުންނާނެ އެވެ.

ސިމްޑީ އިން ރާއްޖެ އަށް އިލީ ތައާރަފު ކުރިތާ 15 ވަރަކަށް އަހަރު ވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ 80 ޕަސެންޓަށް ވުރެ ގިނަ ރިސޯޓުތަކުގައި މި ކޮފީ ލިބެން ހުރެ އެވެ. މީގެ ތެރޭގައި ފަސްތަރީގެ ރިސޯޓުތަކާއި އެއަށްވުރެ މަތީފަންތީގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.

އިލީ ބްރޭންޑުގެ ކެޕްސޫލް--

އިލީ ބްރޭންޑުގެ ކެޕްސޫލް--

ސިމްޑީ އިން އިލީ ގަންނަ ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ ހާއްސަ ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން، ރެސްޓޯރެންޓުތަކާއި ކެފޭތަކުން އެ ކުންފުނިން ކޮފީ އާއި ކޮފީ މެޝިން ގަންނަ ނަމަ، ބަރިސްޓާއިން ޓްރެއިން ކުރުމާއި ކޮލިޓީ ކޮންޓްރޯލް އަދި އާފްޓާ ސޭލް ސާވިސް އެ ކުންފުނިން ހިލޭ ދެއެވެ. އެ ކުންފުނިން ވަނީ ކޮފީ މެޝިން ސާވިސް އަށް ހާއްސަ ޓީމެއް ވެސް އެކުލަވާލައިފަ އެވެ. މި ޓީމުން ހަފުތާ ގެ ކޮންމެ ދުވަހަކު ވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އިލީ ބްރޭންޑުގެ ކޮފީ މެޝިން: ހަތަރު ކުލައެއް މިހާރު ސިމްޑީން ލިބެން ހުންނާނެ--

އިލީ ބްރޭންޑުގެ ކޮފީ މެޝިން: ހަތަރު ކުލައެއް މިހާރު ސިމްޑީން ލިބެން ހުންނާނެ--

އިލީ ކޮފީ ގަންނަން ބޭނުންވާ މީހުންނަށް "ސިމްޑީ ރެސޫ" ޝޯ ރޫމަށް ޒިޔާރަތް ކޮށްގެން ނުވަތަ ހޮޓްލައިން 3334400 އަށް ގުޅައިގެން ވެސް ހިދުމަތް ހޯދޭނެ އެވެ. އަދި މިދިޔަ އަހަރު އަލަށް ތައާރަފު ކުރި ސިމްޑީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ވެސް މިހާރު ވިޔަފާރި ކުރެވޭނެ އެވެ. ސިމްޑީން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް އެ ކުންފުން ދެއެވެ.