30 ނޮވެމްބަރ 2020
ރެސްޓޯރެންޓް ދާއިރާއަކީ ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާއެކެވެ. ދިވެހި ކެއުމުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުން މިހާރު ރާއްޖޭގެ ރެސްޓޯރެންޓުތަކުން ލިބެން ހުރެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ހުޅުވި "ލެވޯ" ރެސްޓޯރެންޓަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ރެސްޓޯރެންޓެކެވެ.
ރެސްޓޯރެންޓް ދާއިރާއަކީ ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާއެކެވެ. ދިވެހި ކެއުމުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުން މިހާރު ރާއްޖޭގެ ރެސްޓޯރެންޓުތަކުން ލިބެން ހުރެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ހުޅުވި "ލެވޯ" ރެސްޓޯރެންޓަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ރެސްޓޯރެންޓެކެވެ.
ސިމްޑީ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މި ރެސްޓޯރެންޓަކީ މުޅިން އަންހެން ސްޓާފުންނާ އެކު ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އަދި ހަމައެކަނި ރެސްޓޯރެންޓެވެ. މީގެ ތެރޭގައި ދިވެހި އަދި ބިދޭސީ މުވައްޒަފުން ހިމެނޭއިރު ވެއިޓަރުން ފެށިގެން މެނޭޖަރުންގެ ލެވެލްގައި ވެސް މަސައްކަތް ކުރަނީ ހުސް އަންހެން މުވައްޒަފުންނެވެ.
ހުޅުމާލެ އަޒުވިއާ ބީޗް ރިޓްރީޓުގައި ލެވޯގެ ދެބައެއް ހުންނާނެ އެވެ. އެގޮތުން، ލެވޯ ސޭންޑްސް އަކީ އިމާރާތުގެ ތިރީގައި ހުޅުވާފައި ހުންނަ ރެސްޓޯރެންޓެވެ. "ފައިން ޑައިނިން" އަށް ހާއްސަ މި ރެސްޓޯރެންޓުގައި ކޮންޓިނެންޓަލް އާއި އޭޝިއަން އަދި ޖަޕާނުގެ ކުޒީންތައް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ރެސްޓޯރެންޓުން ލިބެން ހުންނަ ޕޭސްޓްރީ އާއި ޕިއްޒާ އާއި ސޫޝީ އަދި އައިސް ކްރީމަކީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކެއުންތަކެވެ.
ލެވޯ ސޭންޑްގެ އެތެރެ-- ފޮޓޯ: ސިމްޑީ
ފައިން ޑައިނިންގެ އިތުރުން މަޖާ ވަގުތުކޮޅެއް ހޭދަ ކޮށްލަން ބޭނުންވާ މީހުންނަށް ވެސް ލެވޯ ހާއްސަ ވާނެ އެވެ. އެގޮތުން، އަޒުވިއާގެ ރޫފް ޓޮޕުގައި ހުޅުވާފައިވާ ލެވޯ ލައިޓް ހައުސް ހާއްސަ ކޮށްފައިވަނީ ކޮފީ އާއި "ފާސްޓް ފުޑް" ބޭނުންވާ މީހުންނަށެވެ. އެ ރެސްޓޯރެންޓުގައި ސިމްޑީން ރާއްޖެ އަށް އެތެރެކުރާ "ދިލްމާ" އާއި "އިލީ" އަދި "މޮނިން" ފަދަ ބްރޭންޑު ބުއިންތައް ލިބެން ހުންނާނެ އެވެ. މިއީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވެފައިވާ ބްރޭންޑުތަކެކެވެ.
މީގެ އިތުރުން އެ ރެސްޓޯރެންޓުން ވިއްކާ "ސޫޝީ ބޭކް" އަކީ އޭގެ ދެވަނައެއް ނެތް ފުރިހަމަ ޑިޝްއެކެވެ. މި ޑިޝް އަކީ މިހާތަނަށް ރާއްޖޭގެ އިތުރު އެއްވެސް ރެސްޓޯރެންޓަކުން ލިބެން ނެތް ޑިޝްއެކެވެ. ލެވޯގެ އެންމެ ތަފާތު އެއް ކަމަކީ އެ ރެސްޓޯރެންޓުގެ މެހެމާންދާރީ އެވެ. ކަސްޓަމަރު ވަނުމާއެކު އެ ކަސްޓަމަރުންނަށް މަރުހަބާ ކިޔައި އިށީންނާނެ ޖާގަ ދައްކައިދޭނީ ވެސް ލެވޯގެ މުވައްޒަފެކެވެ. އާއްމުކޮށް ރާއްޖޭގެ ރެސްޓޯރެންޓުތަކުގައި މަރުހަބާ ކިޔަން މީހަކު ހުރި ނަމަވެސް އިށީންނާނެ ޖާގައެއް ހޯދަން ޖެހޭނީ އަމިއްލަ އަށެވެ. މިއީ އާއްމުކޮށް ލަގްޒަރީ ރެސްޓޯރެންޓުތަކުން ލިބޭ ހިދުމަތެކެވެ.
ލެވޯ ލައިޓް ހައުސްގެ އެތެރެ-- ފޮޓޯ: ސިމްޑީ
މި ޒަމާނުގައި ރެސްޓޯރެންޓެއް ފުރިހަމަ ވާނީ އެ ރެސްޓޯރެންޓަކުން ލިބޭ ކާނާ މީރުވެގެން އެކަންޏެއް ނޫނެވެ. ކެއުން މީރުވުމާ އެކު މޭޒު މައްޗަށް އަރުވާ ޑިޝްތަކަކީ ރީތިކޮށް އަތުރާލައިފައިވާ، ފޮޓޯ އަށް ތައްޔާރު ޑިޝްތަކަށް ވާން ޖެހެ އެވެ. ލެވޯ އަކީ މިގޮތަށް ބަލައިލި ނަމަވެސް ކަސްޓަމަރުން ހިތްހަމަ ޖެހޭނެ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުން އޯޑަރު ކުރާ ކޮންމެ ޑިޝްއަކީ ވެސް ބަލާލަން ރީތި، ރަހަމީރު "އިންސްޓާ ރެޑީ" ޑިޝްތަކެކެވެ.
ރައްޓެހިންނާ އެކު ނުވަތަ އާއިލާއާ އެކު ނުވަތަ ލޯބިވެރިޔާއާ އެކު ރެސްޓޯރެންޓަކަށް ކާން ދިއުމުގެ ކުރިން ގިނަ މީހުން އެންމެ ފުރަތަމަ ވެސް ބަލާނީ އެ ރެސްޓޯރެންގެ މާހައުލަށެވެ. ސިމްޑީން ލެވޯ ސޭންޑްސް އާއި ލެވޯ ލައިޓް ހައުސް ތައްޔާރުކޮށްފައި ވަނީ ކަސްޓަމަރުންގެ މި ބޭނުންތަކަށް ބަލައިގެންނެވެ. އެގޮތުން، އާއިލާއާ އެކު ނުވަތަ ލޯބިވެރިޔާއާ އެކު ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ލެވޯ ސޭންޑްސް ހާއްސަ ކޮށްފައިވާއިރު ލެވޯ ލައިޓްހައުސްގައި ރަހުމަތްތެރިންނާ އެކު އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެވެ.
އަޒުވިއާގެ ރޫފްޓޮޕުގައި ހުންނަ ޕޫލް: ޕޫލަށް އެރެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބޭނެ-- ފޮޓޯ:ސިމްޑީ
މީގެ އިތުރުން އަޒުވިއާގައި ފަރުމާކޮށްފައިވާ ޕޫލަށް އެރި އެކުގައި ވަގުތު ހޭދަ ކުރަން ބޭނުންވާ މީހުންނަށް ވެސް ލެވޯ ވެގެންދާނީ ވަރަށް ފުރިހަމަ ތަނަކަށެވެ. މިގޮތުން، ލެވޯ ލައިޓްހައުސްގައި ހުންނަ ސްވިމިން ޕޫލަކީ ހުޅުމާލޭގެ ގޮނޑުދޮށް ފެންނަ ރީތި މަންޒަރުތައް ފެންނަ ގޮތަށް އޮންނަ "އޯޕަން" ޕޫލެކެވެ. އަދި ހާއްސަ މުނާސަބާތަކާ ގުޅުވައިގެން ލައިޓްހައުސް ބުކް ކުރަން ބޭނުންވާ ނަމަ އެ ހިދުމަތް ވެސް ލިބޭނެ އެވެ.
ލެވޯ ރެސްޓޯރެންޓުތަކަށް ޒިޔާރަތް ކުރާ ކަސްޓަމަރުން ހިދުމަތް ހޯދައިގެން ރެސްޓޯރެންޓުން ނުކުމެގެން ދާނީ ހިނިތުންވުމާ އެކު ހިތްހަމަޖެހިގެން ކަމުގެ ޔަގީންކަން އެ ރެސްޓޯރެންޓުގެ ސްޓާފުން ދެ އެވެ.
ސިމްޑީން ރެސްޓޯރެންޓް ވިޔަފާރިއަށް
ދަ ކެޔޮޅު: ހިތްގައިމު މާހައުލަކުން ތަފާތު ރަހަތަކެއް
ދުވާރުމަތިން ގޮނޑި މޭޒު ނަގަން ފަހުގެ އެންގުން!
ބިދޭސީންގެ "ކެފޭ"އަކުން ބަޔަކު އަތުލައިގެންފި
ސިމްޑީ އިން ހުޅުމާލެ 2 ގައި 100 ގަސް އިންދައިފި
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ
ހުޅުމާލެ އަށް ސިމްޑީގެ ފިހާރައެއް
ހުޅުމާލޭގެ ޕޭވްމަންޓްމަތިން ގޮނޑިތައް ނަގަން އަަންގައިފި
ދެ ހުޅުމާލެ ގުޅޭ ސަރަހައްދުގައި ހަ ކެފޭ ހަދަނީ
ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުވައިފި