Roadha Mihaaru
ހުޅުމާލެ އަޒޫވިއާއިން ދިވެހީންނަށް ހާއްސަ ޕެކޭޖުތަކެއް

ހުޅުމާލެ އަޒޫވިއާއިން ދިވެހީންނަށް ހާއްސަ ޕެކޭޖުތަކެއް

25 މާޗް 2021

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ސިމްޑީ އިން ހުޅުމާލޭގައި ހުޅުވި "އަޒޫވިއާ" ހޮޓަލަކީ ލަގްޒަރީ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ކަމުދާނެ ހޮޓަލެކެވެ. މިފަދަ ހިދުމަތްތައް ބޭނުންވާ ދިވެހީންނަށް އަޒޫވިއާ އިން މިހާރު ވަނީ ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ސިމްޑީ އިން ހުޅުމާލޭގައި ހުޅުވި "އަޒޫވިއާ" ހޮޓަލަކީ ލަގްޒަރީ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ކަމުދާނެ ހޮޓަލެކެވެ. މިފަދަ ހިދުމަތްތައް ބޭނުންވާ ދިވެހީންނަށް އަޒޫވިއާ އިން މިހާރު ވަނީ ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ.

އަޒޫވިއާ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 100 ޕަސެންޓު އަންހެން ސްޓާފުންނާއި އެއްކޮށް އޮޕަރޭޓް ކުރަމުންދާ ހަމައެކަނި ހޮޓެލެވެ. މި ހޮޓަލުގެ އިތުރުން އެއް އިމާރާތެއްގައި "ލެވޯ" ރެސްޓޯރެންޓުވެސް ހުރެ އެވެ. މި ރެސްޓޯރެންޓަކީ ވެސް އެއް މެނޭޖްމަންޓެއްގެ ދަށުން އަޒޫވިއާއާ އެއްގޮތަށް ފަސް ތަރީގެ ހިދުމަތް ދޭ ޒަމާނީ ރެސްޓޯރެންޓެކެވެ.

އަޒުވިއާއިން އަލަށް ތައާރަފު ކުރި ޕެކޭޖުތަކުގެ ތެރޭގައި އެ ހޮޓަލުގައި ކޮޓަރި ބުކް ކުރާ ކަސްޓަމަރުންނަށް ފުލް ބޯޑް ޕެކޭޖަކާއި ހާފް ބޯޑް ޕެކޭޖެއް ވަނީ ހިމަނައިފަ އެވެ. ފުލް ބޯޑް ޕެކޭޖުގެ ދަށުން ކަސްޓަމަރުންނަށް ހުރުމުގެ އިތުރުން ލެވޯ ރެސްޓޯރެންޓުން ތިން އިރުގެ ކެއުން ހިލޭ ލިބޭނެ އެވެ. އަދި ހާފް ބޯޑް ޕެކޭޖުގެ ދަށުން ހެނދުނުގެ ނާސްތާއާއެކު، މެންދުރުގެ ކެއުން ނުވަތަ ރޭގަނޑުގެ ކެއުން ލިބޭނެ އެވެ.

ލެވޯ ރެސްޓޯރެންޓުގެ ދެ ބައެއް ހުރެ އެވެ. އެގޮތުން، "ފައިން ޑައިނިން" އަށް ހާއްސަ ލެވޯ ސޭންޑްސް، އިމާރާތުގެ ތިރީގައި ހުޅުވާފައި ހުންނައިރު މަތީގައި ލެވޯ ލައިޓްހައުސްގެ ނަމުގައި އިތުރު އައުޓްލެޓެއް ވެސް ވަނީ ހުޅުވައިފަ އެވެ. ލެވޯ ލައިޓް ހައުސްއަކީ ހުޅުމާލޭގެ ބީޗު ސަރަހައްދު ރީތިކޮށް ފެންނަ ހިތްގައިމު ތަނެކެވެ.

އަޒޫވިއާގެ ލެވޯ ލައިޓްހައުސް: ޕާޓީ ހަފްލާތަކަށް ދޫކުރާނެ-- ފޮޓޯ: ސިމްޑީ

އަޒޫވިއާގެ ލެވޯ ލައިޓްހައުސް: ޕާޓީ ހަފްލާތަކަށް ދޫކުރާނެ-- ފޮޓޯ: ސިމްޑީ

އަޒޫވިއާއިން ވަނީ ލެވޯ ލައިޓް ހައުސްގައި ޕާޓީ ފަދަ ހަފްލާތައް ބާއްވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެ ރެސްޓޯރެންޓުގައި ކުޑަ ކުދިންގެ ޕާޓީތަކުގެ އިތުރުން ކައިވެނި ޕާޓީތައް ވެސް ބޭއްވޭނެ އެވެ. އެގޮތުން، ކުޑަ ކުދިންގެ ޕާޓީ ބާއްވާއިރު އެ ރެސްޓޯރެންޓުގައި ހުންނަ ޕޫލުގެ ބޭނުން ވެސް ކުރެވޭނެ އެވެ. ކުޑަކުދިންގެ ޕާޓީ ބާއްވަން ދެ ގަޑިއިރަށް ލައިޓް ހައުސް ބުކް ކުރެވޭއިރު، ޕާޓީއަށް ބޭނުންވާ ކޭކު ލެވޯގެ ޕްރޮފެޝަނަލް ޝެފުން ލައްވައި ތައްޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ކައިވެނީގެ ޕާޓީ ބާއްވަން މިތަން ބުކް ކުރާ މީހުންނަށް އަޒޫވިއާގެ ޕެކޭޖުގައި ވަނީ ހާއްސަ އަގެއްގައި ކޮޓަރި ބުކް ކުރުމުގެ އިތުރުން ދެ މީހުންނަށް ހިލޭ ރޭގަނޑުގެ ކެއުން ހިމަނައިފަ އެވެ. މި ޕެކޭޖުގެ ދަށުން ބުކިން ހައްދާ ފަރާތްތަކަށް ތަން ތައްޔާރުކޮށް ޒީނަތްތެރި ކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ޕްރައިވެޓް އިވެންޓުތަކަށް ވެސް ހާއްސަ އަގެއްގައި ލައިޓް ހައުސް ބުކް ކުރުމުގެ ފުރުސަތު އަޒޫވިއާއިން ވަނީ ހުޅުވާލައިފަ އެވެ.

އަޒޫވިއާގެ ކޮޓަރިއެއްގެ އެތެރެ-- ފޮޓޯ: ސިމްޑީ

އަޒޫވިއާގެ ކޮޓަރިއެއްގެ އެތެރެ-- ފޮޓޯ: ސިމްޑީ

އަޒޫވިއާގައި ކޮޓަރި ބުކް ނުކޮށް ވެސް އެ ހޮޓަލުގެ ޕޫލް ބޭނުން ކުރެވޭނެ ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. މި ޕެކޭޖުގެ ދަށުން، ހެނދުނު ނުވަތަ ހަވީރު ހަތަރު ގަޑިއިރަށް ޕޫލް ބުކް ކުރެވޭނެ އެވެ. އެހެން ނަމަވެސް، ކޮވިޑް-19ގެ ސަބަބުން މިވަގުތު އެއްފަހަރާ ޕޫލަށް އެރުމުގެ ހުއްދަ ދެވޭނީ ހަ މީހުންނަށް ކަމަށް އަޒޫވިއާއިން މައުލޫމާތު ދެއެވެ.

ލެވޯ ރެސްޓޯރެންޓަކީ އޮފީސްތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް ކަމުދާ ތަނެކެވެ. އެހެންކަމުން އެ މީހުންނަށް ހާއްސަ ޕެކޭޖެއް ވެސް އަޒުވިއާއިން މިހާރު ވަނީ ތައާރަފު ކޮށްފަ އެވެ. "ކޯޕަރޭޓް މެނޫ"ގެ ނަމުގައި ތައާރަފު ކޮށްފައިވާ މި ޕެކޭޖުގެ ދަށުން، އޮފީސްތަކުގެ މުވައްޒަފުން "ލަންޗް" ނަގާ ނަމަ މީހަކަށް ހަރަދުވާނީ 250ރ. އެވެ. މި ޕެކޭޖު ނަގާނަމަ އެ އޮފީހަކުން ދެ ދުވަސް ކުރިން އަޒުވިއާއަށް އެކަން އަންގަން ޖެހޭނެ އެވެ. މިއީ އޮފީސްތަކުގެ ހާއްސަ ދުވަސްތައް ފާހަގަ ކުރަން އަޒޫވިއާއިން ހުޅުވާފައިވާ ފުރުސަތެކެވެ.

އަޒޫވިއާއިން އަންނަނީ ދިވެހިންނަށް ހެޔޮ އަގުގައި ހިދުމަތް ދިނުމަށް ތަފާތު ޕެކޭޖުތައް ތައާރަފު ކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ތަފާތު، ދިވެހިންނަށް ކަމުދާ، އިތުރު ޕެކޭޖުތައް ތައާރަފު ކުރާނެ ކަމަށް އަޒޫވިއާއިން ބުނެ އެވެ.