16 ފެބުރުއަރީ 2022
ދިރިއުޅުމުގެ ހާލަތު އޮންނަ ގޮތާއި އެކި ކަންކަމުގެ ސަބަބުން ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަރަށް ގިނަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެއާ އެކު، އެހީ ހޯދުމަށް އޮންނަ ދޮރުތައް އޮންނަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އިންސްޓިޓިއުޓް ފޯ ކައުންސެލިން އަދި ސައިކޯތެރަޕީ (އައިސީޕީ) ގެ ނަމުގައި 2015 ވަނަ އަހަރު އިންސްޓިޓިއުޓެއް ހުޅުވީ އެ ބޭނުމުގަ އެވެ.
ދިރިއުޅުމުގެ ހާލަތު އޮންނަ ގޮތާއި އެކި ކަންކަމުގެ ސަބަބުން ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަރަށް ގިނަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެއާ އެކު، އެހީ ހޯދުމަށް އޮންނަ ދޮރުތައް އޮންނަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އިންސްޓިޓިއުޓް ފޯ ކައުންސެލިން އަދި ސައިކޯތެރަޕީ (އައިސީޕީ) ގެ ނަމުގައި 2015 ވަނަ އަހަރު އިންސްޓިޓިއުޓެއް ހުޅުވީ އެ ބޭނުމުގަ އެވެ.
މީގެ ހަތް އަހަރު ކުރިން ހުޅުވި އިންސްޓިޓިއުޓުން މިހާރު އަންނަނީ ކައުންސެލިންނާއި ނަފްސާނީ ބަލީގެ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓް އަދި ބިހޭވިއޭ ތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ސައިކޯތެރަޕީގެ ހިދުމަތް ދެމުންނެވެ.
އައިސީޕީގެ މެނޭޖަރު ނާފިއާ އަބްދުﷲ ވިދާޅުވީ އެ އިންސްޓިޓިއުޓުން މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އެ ހާލަތު ކޮވިޑް-19 އަށް ފަހު ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާފިއާ ވިދާޅުވީ އައިސީޕީ ފެށިއިރު ނަފްސާނީ ކަންތައްތަކަށް ފަރުވާ ދިނުމަށް އޭރު ރަޖިސްޓްރީކޮށްފައި އޮތީ އެންމެ ކްލިނިކެއްގަ އެވެ. ކަމުގެ މުހިއްމުކަން ގަބޫލުކުރެވި، ކްލިނިކެއް ރަޖިސްޓްރީ ކުރީ އެވެ. އަދި އޭރު ނަފްސާނީ ބައްޔާ ގުޅޭ ވާހަކަ އެ ވަރަށް ނުދައްކައި ހޭލުންތެރިކަން ނެތް ނަމަވެސް މިހާރު އެ ހާލަތު އަންނަނީ ބަދަލުވަމުންނެވެ.
އައިސީޕީ ހިންގާ އިމާރާތް: މި އިންސްޓިޓިއުޓުން އަންނަނީ ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ދެމުން.
"އަދި ވެސް ވަރަށް ގިނަ މީހުން ފަސްޖެހޭ ފަރުވާ ހޯދުމަށް. ބަލީގެ އަލާމާތްތައް ހުރި ނަމަވެސް ޕްރޮފެޝަނަލް އެހީތެރިކަން ބޭނުން ނުވާކަން އަދި ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އެ ކަންކަމުގެ އިތުރުން ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ދާއިރާގައި މަސައްކަތްކުރާ މީހުން މަދުވުމަކީ ހާލަތު ބަދަލުކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުމެކެވެ.
ކައުންސެލަރަކާއި ފަސް ތެރަޕިސްޓުން މަސައްކަތްކުރާއިރު އައިސީޕީގެ ހިދުމަތްތައް ފުޅާކުރުމަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މަގުސަދަކީ ނަފްސާނީ މައްސަލަތަކާ ގުޅޭ ވަރަށް ގިނަ ހިދުމަތްތައް އެއް ތަނަކުން ލިބޭނެ ގޮތް ހެދުމެވެ.
"މި ވަގުތު ނެތް ސައިކޭޓްރިސްޓެއް. ގުޅުން ހުރި އެހެން ހިދުމަތްތައް އިތުރުކުރަން މަސައްކަތް ކުރަނީ. މި ތަނުން ނަފްސާނީ ބަލީގެ ގިނަ ހިދުމަތްތަކެއް ދޭން ވަރަށް ބޭނުންވޭ،" ނާފިއާ ވިދާޅުވި އެވެ. މީގެ ކުރިން އައިސީޕީއަށް ހާޒިރުވެ، ކައުންސެލިން ނެގި ނަމަވެސް ކޮވިޑަށް ފަހު ގިނަ ހިދުމަތްތަކެއް ވަނީ އޮންލައިންކޮށް ވެސް މިހާރު ލިބޭ ގޮތަށް ބަދަލުވެފަ އެވެ. ނާފިއާ ވިދާޅުވީ އޮންލައިންކޮށް ކުޑަކުދިންނަށް ހިދުމަތް ދޭން ދަތިވި ނަމަވެސް ބޮޑެތި މީހުން އޮންލައިންކޮށް ކައުންސެލިންނާއި ސައިކޯތެރަޕީ ހިދުމަތް އަންނަނީ ހޯދަމުންނެވެ.
އައިސީޕީގައި ހިދުމަތް ހޯދަމުން އަންނަ ކުޑަކުދިންނަށް ހާއްސަކޮޮށްފައިވާ ކޮޓަރި: ކޮވިޑުގެ ކުރިން އެންމެ ގިނައިން ފަރުވާ ހޯދީ ކުޑަކުދިން.
ހިދުމަތުގެ ޓްރެންޑަށް އައި ބަދަލާއެކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އައިސީޕީން އަންނަނީ ކައުންސެލިން ހިދުމަތް ހޯދަމުންނެވެ. އެހެންވެ، ރަށެއްގައި ހުރި ނަމަވެސް އެ ޕްރޮސެސްގެ ތެރެއިން ފަރުވާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑު-19 އަށް ފަހު ފަރުވާ ހޯދަމުން އަންނަ މީހުންގެ އުމުރަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. ނާފިއާ ވިދާޅުވީ ކޮވިޑުގެ ކުރިން އައިސީޕީން ފަރުވާ ހޯދީ 60-70 ޕަސެންޓް ކުޑަކުދިންނެވެ. ނަމަވެސް ދުނިޔެއަށް ކުރިމަތިވި ބޮޑު ބަލި މަޑުކަމުގައި ފާހަގަކުރެވޭ ވަރަށް ބޮޑެތި މީހުން ފަރުވާ ހޯދަން ފެށި ކަން ނާފިއާ ފާހަގަކުރެއްވި އެވެ. އައިސީޕީން ހިދުމަތް ހޯދަން ބޭނުންވާނަމަ 7978802 އަށް ގުޅައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުން އެ ފަރާތުން އެދެ އެވެ. ނޯޓު: ނަފްސާނީ ބަލިތަކާ ގުޅޭ ސުވާލެއް އޮތް ނަމަ ނޫނީ ސާފުކުރަން ބޭނުންވާ ކަމެއް އޮތް ނަމަ މި ލިޔުމަށް ކޮމެންޓެއް ގޮތުގައި ފޮނުވައިދިނުން އެދެމެވެ.
އައިސީޕީ އިން މެންޓަލް ހެލްތާ ގުޅޭ ގިނަ ހިދުމަތްތަކެއް
އައިސީޕީ: ނަފްސާނީ ބަލިތަކުގެ ފަރުވާ
އައިސީޕީގެ އާ ވިންގެއް ހުޅުވައި ހިދުމަތް ފުޅާކޮށްފި
ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު
ނަފުސާނީ ބަލިތަކަށް އައިސީޕީގެ ހާއްސަ ބައްދަލުވުމެއް
އައިސީޕީއިން ނަފްސާނީ ދުޅަހެޔޮކަމުގެ ޕެނަލް ޑިސްކަޝަނެއް
ކެނޮންގެ ހުރިހާ ޕްރޮޑަކްޓެއް ކެނޯން އިމޭޖް ސްކޮޔާއިން
"އިލީ" ކޮފީގެ ފުލް ރޭންޖް މިހާރު ސިމްޑީން
ގޭގައި ތިބެގެން ވިޔަފާރިކުރަން ސިމްޑީ އޮންލައިން
ހުޅުމާލެ އަޒޫވިއާއިން ދިވެހީންނަށް ހާއްސަ ޕެކޭޖުތަކެއް