ނަފްސާނީ ބަލިތަކަށް ފަރުވާދީ، ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާ އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އަށް 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
15 އެޕްރީލް 2025
ނަފްސާނީ ބަލިތަކަށް ފަރުވާދީ، ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރާ އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އަށް 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
އެ އިންސްޓިޓިއުޓަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓެއް ވަނީ ދީފަ އެވެ.
އައިސީޕީގެ މުވައްޒަފަކަށް އަގުވަޒަންކުރުމުގެ ލިޔުން ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައިސީޕީ އަކީ ކައުންސިލިން އާއި ސައިކޮލޮޖިކަލް އަދި ސައިކޯ ތެރަޕީގެ ހިދުމަތާ އެކު ފެށި ތަނެކެވެ. އެތަނުން މިހާރު ވަނީ ހިދުމަތްތައް ފުޅާކޮށް، އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އަދި އެކި ޖައްމިއްޔާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މެންޓަލް ހެލްތުގެ ހިދުމަތްތަކާއި ވޯކްޝޮޕްތައް އެކި އެންޖީއޯތަކާއި އިންސްޓިޓިއުޓްތަކަށް ވެސް އެތަނުން ދެ އެވެ.
އައިސީޕީގެ އިސްވެރިންނާއި އެކު ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ބައެއް އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެތަނަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިސީޕީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮ ކަމަށް އަހުލުވެރި ކުރުވައި، އެ ހިދުމަތްތައް ދިނުމުގައި އައިސީޕީއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެކަނި ތަސައްވުރެއްގެ ގޮތުގައި އޮތް ހިޔާލެއް ހަގީގަތަކަށް ހެދިފައިވާ ކަމަށާއި އަދި އަމާޒަކީ އިތުރަށް އައިސީޕީގެ ހިދުމަތްތައް ފުޅާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އައިސީޕީގެ ޗެއާމަން ޑރ. މަރިޔަމް ޝަކީލާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
އައިސީޕީ އަކީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށި ތިން ވަނަ ސެންޓަރެވެ. އެތަނުން ނަފްސާނީ ބަލިތަކަށް އަހުލުވެރިކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް ވެސް ހިންގަ އެވެ.
އައިސީޕީ އަކީ ސިމްޑީގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭން މަސައްކަތްކުރަން ޖެހޭ
ނަފުސާނީ ފުރަތަމައެހީ 3،000އަށްވުރެ ގިނަ މީހުންނަށް
އީވް ކްލިނިކް ވެސްޓް ޕާކުގައި ނަފްސާނީ ފަރުވާ ދެނީ
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި
ގާސިމްގެ ވައުދަކީ ޒަމާނީ ސިއްހީ ހިދުމަތެއް ދިނުން
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި