10 އޮކްޓޯބަރ 2022
ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން، އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން ނަފުސާނީ ބަލިތަކަށް އަހުލުވެރި ކުރުވައި ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން، އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން ނަފުސާނީ ބަލިތަކަށް އަހުލުވެރި ކުރުވައި ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އުފައްދާފައިވާ އައިސީޕީއަކީ ރާއްޖޭގެ މަޝްހޫރު އަދި ބޮޑު އެއް ކުންފުނި ސިމްޑީގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އައިސީޕީ އާއި ފްރެންޑްޒޯން ކެފޭއާ ގުޅިގެން އެ ކެފޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޖަމާއަތުން ބުނިގޮތުގައި އެއީ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ފުރަތަމަ ހަރަކާތް ކަމަށެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކޮށް މައްސަލަތަކުގެ ވާހަކަ ދައްކަން އައިސީޕީން ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން.---ފޮޓޯ: އައިސީޕީ
ރާއްޖޭގެ އެކި ފަންނީ ދާއިރާތަކުގެ އެކި މީހުންނަށް ދައުވަތު ދީގެން ބޭއްވި އެ ހަރަކާތުގައި ފުޓުބޯޅަ ކުޅޭ މީހުންނާއި އެކްޓަރުން އަދި ލަވަކިޔުންތެރިން ފަދަ މީހުން ބައިވެރިވި ކަމަށް އައިސީޕީ އިން ބުނެ އެވެ. އަދި އެ ހަރަކާތުގައި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ބައިވެރިންނަށް ދިމާވެފައިވާ ނަފުސާނީ އެކި މައްސަލަތަކުގެ ވާހަކަތައް ހިއްސާ ކުރި ކަމަށް އައިސީޕީ އިން ބުންޏެވެ.
"ވަރަށް ކާމިޔާބު އިވެންޓެއް. މުހިންމު ގިނަ މައުލޫމާތުތަކެއް ދީ، އެކި ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ވެސް ހިއްސާ ކުރި އިވެންޓެއް އެއީ. އިވެންޓުގެ ސަބަބުން، އާއްމުކޮށް ދައްކަން އުނދަގޫ ގިނަ މައުލޫއުތަކަކަށް ވާހަކަ ދެއްކެވުނު،" އެ ހަރަކާތުގައި ބައިވެރިވި އައިސީޕީގެ ސަކޮލޮޖިސްޓަކު ބުންޏެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކޮށް މައްސަލަތަކުގެ ވާހަކަ ދައްކަން އައިސީޕީން ބޭއްވި ބައްދަލުވުން ފަޅުފިލުވަން މިއުޒިކް ކުޅެނީ.---ފޮޓޯ: އައިސީޕީ
ނަފުސާނީ ބަލިމަޑުކަމާ މެދު އަދިވެސް ފާޑުކިޔުންތައް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން ހާއްސަކޮށް ފިރިހެނުންނަށް އެ ވާހަކަތައް ދެއްކުމަށް ދަތިވާ ކަމަށް އައިސީޕީ އިން ބުންޏެވެ.
މިއަދު ފާހަގަކުރާ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހާއްސަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ ވެސް އެ ފަދަ ވާހަކަތައް ދެއްކޭނެ މުޖުތަމައެއް އުފެއްދުން ކަމަށް އައިސީޕީން ބުނެ އެވެ. ފިރިހެން ބައިވެރިން ވެސް އެ މީހުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތައް ކިޔައިދިން ކަން ފާހަގަކޮށް، އައިސީޕީން ބުނިގޮތުގައި އެއީ ހަރަކާތައް ލިބުނު އިތުރު ފުރިހަމަ ކަމެކެވެ.
އެ ޖަމާއަތުން ބުނިގޮތުގައި، މި މަހަށް ފަހު ވެސް މި އަހަރުގެ ބާކީ ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބާއްވާނެ އެވެ. އަދި އެ ސެންޓަރުން މަސައްކަތް ކުރަނީ އެ ފަދަ ބައްދަލުވުންތައް އިތުރުކޮށް، ސަޕޯޓު ގުރޫޕުތަކެއް އުފެއްދުމަށް ކަމަށް ވެސް ބުންޏެވެ.
އައިސީޕީގެ އާ ވިންގެއް ހުޅުވައި ހިދުމަތް ފުޅާކޮށްފި
ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި
އައިސީޕީއިން ނަފްސާނީ ދުޅަހެޔޮކަމުގެ ޕެނަލް ޑިސްކަޝަނެއް
އައިސީޕީ: ނަފްސާނީ މައްސަލަތަކަށް އެހީއެއް
މެންޓަލް ހެލްތު ޑޭ: އޫލާގެ ވާހަކަ!
އައިސީޕީ އިން މެންޓަލް ހެލްތާ ގުޅޭ ގިނަ ހިދުމަތްތަކެއް
ނަފްސާނީ ދުޅަހެޔޮކަމަށް މިއީ މުހިއްމު ވަގުތެއް!
ނަފްސާނީ ބަލީގެ ފަރުވާ ފުޅާ ކުރާނަން: މިނިސްޓަރު