Roadha Mihaaru
ސިމްޑީގެ އެޕްލިކޭޝަން: ކަސްޓަމަރުންނަށް ބޮޑު ލުޔެއް

ސިމްޑީގެ މޯބައިލް އެޕްލިކޭޝަން: ކަސްޓަމަރުންނަށް ބޮޑު ލުޔެއް

28 ޖޫން 2020

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ވިއްކަމުން އަންނަ ސިމްޑީން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ވިއްކަމުން އަންނަ ސިމްޑީން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.

"ސިމްޑީ އޮންލައިން"ގެ ނަމުގައި ތައާރަފު ކުރި މި އެޕްލިކޭޝަނަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރަން ފަސޭހަ، އާއްމު ދިރިއުޅުމުގައި ބޭނުންވާ ތަފާތު ގިނަ އައިޓަމްތައް ލިބެން ހުންނާނެ އެޕެކެވެ. މީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުންވާ ތަކެއްޗާއި ގެއާއި ބަދިގެ ސާމާނު އަދި ރީތިވާ ސާމާނުގެ އިތުރުން އަންނައުނު ހިމެނެ އެވެ.

ސިމްޑީ ގްރޫޕުން 200 އަށްވުރެ ގިނަ ބްރޭންޑު ރާއްޖެ އަށް ތައާރަފު ކޮށްފައިވާއިރު 15،000އެއްހާ އުފެއްދުންތައް އެ ކުންފުނިން ލިބެން ހުންނާނެ އެވެ. އެ ކުންފުނިން ތައާރަފު ކޮށްފައިވާ ބްރޭންޑުތަކުގެ ތެރޭގައި "ކެނޮން" އާއި "އިލީ" އާއި "ދިލްމާ" އަދި "އިލެކްޓްރޮލަކްސް" އާއި "މޯނިން" ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.

ސިމްޑީ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ---

ސިމްޑީ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ---

އެ ކުންފުނީގެ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށް އަލަށް ތައާރަފު ކުރި މި އެޕުގެ ޒަރީއާއިން ސިމްޑީން ވިއްކާ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ އެވެ. މި އެޕް މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. މި ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ލިބޭނެ ކަމަށް ސިމްޑީން ބުންޏެވެ.

ވަކި ވަގުތަކުގެ ޑެލިވަރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ސިމްޑީން ވަނީ ހުޅުވާލައިފަ އެވެ. މި އެޕްލިކޭޝަންގެ "ޓައިމް ސްލޮޓް" ބޭނުންކޮށްގެން މުދާ ގަންނަ ދުވަހުގެ ހެނދުނު 9:00އާ ހަވީރު 6:00 ދެމެދުގެ ވަގުތެއް ނުވަތަ ހަވީރު 6:00 އާއި ރޭގަނޑު 9:00އާ ދެމެދުގެ ވަގުތެއް އިހްތިޔާރުކޮށްލެވޭނެ އެވެ. އަދި ގަންނަ ދުވަސް ނޫން އަނެއް ދުވަހު މި ވަގުތުތަކުގައި ޑެލިވަރީ ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ އެވެ.

ސިމްޑީގެ މުވައްޒަފުންތަކެއް ޑެލިވަރީ ކުރުމުގައި-- ފޮޓޯ:ސިމްޑީ

ސިމްޑީގެ މުވައްޒަފުންތަކެއް ޑެލިވަރީ ކުރުމުގައި-- ފޮޓޯ:ސިމްޑީ

މީގެ އިތުރުން ކަސްޓަމަރުން ގަންނަ މުދާ ޓްރެކް ކުރެވޭނެ ފީޗާއެއް ވެސް މި އެޕްލިކޭޝަނުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން އޯޑަރު ކުރާ ވަގުތުން ފެށިގެން ޑެލިވަރީއާ ހަމައަށް އެ މުދަލުގެ އެންމެ ފަހުގެ އަޕްޑޭޓުތައް އެޕުން ބަލައިލެވޭނެ އެވެ.

ސިމްޑީގެ އެޕުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

"ސިމްޑީ އޮންލައިން" އެޕްލިކޭޝަން https://appurl.io/-1HgBVXCw މިލިންކް މެދުވެރުކޮށް ގޫގަލް ޕްލޭ އިންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.