Roadha Mihaaru
މަޝްހޫރު ޖިމްވެއާ ބްރޭންޑް ސްކުއަޓް ވުލްފް ރާއްޖެއަށް ތައާރަފްކޮށްފި

މަޝްހޫރު ޖިމްވެއާ ބްރޭންޑް ސްކުއަޓް ވުލްފް ރާއްޖެ އަށް ތައާރަފްކޮށްފި

30 ޑިސެމްބަރ 2021

ޖިމަށް ދާމީހުންނަށް އަދި އެތުލެޓިކް މީހުންނަށް ވަރަށް ހާއްސަ ބްރޭންޑެއް ކަމަށްވާ ސްކުއަޓްވުލްފް ރާއްޖެއަށް ތައާރަފްކޮށް، އެބަރޭންޑްގެ އޮފިޝަލް ޝޯރޫމެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖިމަށް ދާމީހުންނަށް އަދި އެތުލެޓިކް މީހުންނަށް ވަރަށް ހާއްސަ ބްރޭންޑެއް ކަމަށްވާ ސްކުއަޓްވުލްފް ރާއްޖެއަށް ތައާރަފްކޮށް، އެބަރޭންޑްގެ އޮފިޝަލް ޝޯރޫމެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ހިތަށްފިނިވާމަގުގައި ހުންނަ އެފްޑީ ސްޕޯޓްސްގެ ފިހާރައިގައި މިހާރު ސްކުއަޓްވުލްފް ލޯންޗްކޮށްފައިވާއިރު، މިއީ މިހާރު ވެސް ދިވެހި ފިޓްނަސްގެ ފުންނާބުއުސް އެތައް ޓްރެއިނަރުންނާއި އެތްލީޓުންގެ ތެރޭގައި މަގްބޫލުކަމާއި އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ.

ރާއްޖޭގެ ސްކުއަޓްވުލްފް ޝޯރޫމްގައި ސްކުއަޓްވުލްފް ޕްރޮޑަކްޓްތައް، އިންޓަނޭޝަނަލް މާކެޓަށްވުރެ ހެޔޮ އަގުގައި ލިބޭނެ ކަމަށް އެފްޑީ ސްޕޯޓްސް އިން ބުންޏެވެ.

ސްކުއަޓް ވުލްފް ބްރޭންޑްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާޝިޕް ހޯދާފައިވާ އިރު މިއީ ދިވެހިންނާ ވަރަށް ގުޅޭ ބްރޭންޑެއް ކަމަށް އެ ފިހާރައިން ބުންޏެވެ. ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ހިންގަމުން އަންނަ ނިއު އެޑިޝަންގެ މި ފިހާރައިން ޖިމްވެއާ އަދި އެތްލެޓިކްވެއާގެ އިތުރުން އާންމުކޮށް ލައިއުޅެން ފަސޭހަ އެތައް އުފެއްދުމެއް ލިބޭނެ އެވެ.

ސްކުއަޓްވުލްފްގެ އުފެއްދުންތައް--ފޮޓޯ:ނިއު އެޑިޝަން

ސްކުއަޓްވުލްފްގެ އުފެއްދުންތައް--ފޮޓޯ:ނިއު އެޑިޝަން

ނިއު އެޑިޝަންގެ ސީއެމްއޯ އިސްމާއިލް އަޒްމީ ވިދާޅުވީ ބޮޑީ ބިލްޑަރުންނާއި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކީ ހަށިގަނޑު ވަކި ގޮތަކަށް ބައްޓަންވެފައިވާ ބަޔަކަށް ވެފައިވާއިރު، އެފަރާތްތަކަށް އާންމު އަންނައުނު ލުމުން އެންމެރީތިކޮށް ނުހުންނަކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ޓްރޫ އެތްލެޓިކްފިޓްގެ އަންނައުނު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒްމީ ވިދާޅުވީ، ނިއު އެޑިޝަނުން ބޭނުން ވަނީ ކޮލިޓީ ބްރޭންޑްތަކެއް ވީހާވެސް ގަނެލަން ފަސޭހަވާނޭ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. އަދި ރާއްޖެއަށް އެންމެ ހައި ކޮލެޓީ ބައިނަލަގްވާމީ ގޮތުން މަޝްހޫރު ޕްރޮޑަކްޓްތައް ގެނެސްދިނުމަކީ ނިއު އެޑިޝަނުންގެ އެންމެ ބޮޑު އެއް މަގްސަދް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކުއަޓްވުލްފްއަކީ އެތައް އަހަރެއްގެ ތަޖުރިބާއާއި އިތުބާރު ހޯދާފައިވާ، މޮޅު އެތުލެޓިކް އަދި ޖިމްވެއާ ބްރޭންޑެކެވެ. ސްކުއަޓްވުލްފް އެންމެ އާދެޔާޙިލާފު އެއްކަމަކީ، މިބްރޭންޑްގެ ހެދުން ހަދާފައި ހުންނަ މެޓީރީއަލް ތަފާތުވުމެވެ،

ސްކްއަޓްވުލްފްގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ އެތުލެޓިކް އަދި ޖިމް ފުލް ރޭންޖެ ހިމެނެ އެވެ. މީގެތެރޭގައި ބްރާ، ލެގިން، ސޯޓު، ޖޮގިން ޕޭންޓްސް، ޖެކެޓް، ޖޮގިން ޖެކެޓް، ޓޮޕް، ކުރު އަދި ދިގު ޓައިޓު، ޓީޝާޓް، ޖާޒީ، ޓޭންކް އަދި ކެޝުއަލްވެއާ ވެސް ހިމެނެ އެވެ.

މި އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސްކުއަޓް ވުލްފް މޯލްޑިވްސް ފޭސް ބުކްޕޭޖަށް މެސްޖުކޮށްގެން ނުވަތަ 7362727 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.