Roadha Mihaaru
ސޯފާ އާއި ކާޕެޓް ބާވިޔަސް އެއްލައިލާކަށް ނުޖެހޭނެ

ސޯފާ އާއި ކާޕެޓް ބާވިޔަސް މިހާރު އެއްލައިލާކަށް ނުޖެހޭނެ

18 ޑިސެމްބަރ 2021

ރާއްޖޭގެ ރީޓެއިލް ވިޔަފާރި ކުރާ ވާޓެކްސް އިން ތަންތަން ސާފުކޮށް ރީތި ކުރަން ޕްރޯ ކްލީނާސްގެ ނަމުގައި ހާއްސަ ހިދުމަތެއް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ރީޓެއިލް ވިޔަފާރި ކުރާ ވާޓެކްސް އިން ތަންތަން ސާފުކޮށް ރީތި ކުރަން ޕްރޯ ކްލީނާސްގެ ނަމުގައި ހާއްސަ ހިދުމަތެއް ދޭން ފަށައިފި އެވެ.

ވާޓެކްސް އިން ބުނީ މި ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ ޖޫން މަހުން ފެށިގެން ކަމަށެވެ. މިއީ ރާއްޖެ އަށް މުޅިން އާ ހިދުމަތަކަށް ވިޔަސް، މި ހިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. މިވީ ކުރު މުއްދަތުގައި ހިދުމަތް ހޯދާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޕްރޯ ކްލީނާސް މެދުވެރިކޮށް އާންމުންގެ ގޭގެ އާއި އޮފީސް އަދި ވިޔަފާރިތަކުގެ އިމާރާތްތައް ވެސް ވަރަށް ފުރިހަމައަށް ސާފުކޮށްލެވޭނެ އެވެ. މީގެ އިތުރުން ރިސޯޓްތަކާއި ހޮޓާތައް ރީތިކޮށް ސާފުކުރުމަށް މިއީ ރަނގަޅު ހިދުމަތެކެވެ.

ޕްރޯ ކްލީނާސް ޓީމުން ތަންތަން ސާފުކުރުމުގައި އާންމުކޮށް ގޭގޭގައި ބޭނުން ނުކުރާ ކެމިކަލްތައް ބޭނުން ކުރެ އެވެ. އަދި މި ބޭނުން ކުރާ ކެމިކަލްތަކުގެ އެހީގައި އިމާރާތްތަކުގައި އުޅޭ ދިރޭ އެއްޗެހި ނައްތާލާނެ އެވެ. ވާޓެކްސް އިން ބުނީ އިމާރާތްތަކުގެ އިތުރަށް ގޭގޭގައި ނުވަތަ އޮފީސްތަކުގައި ބޭނުން ކުރާ ސޯފާ އާއި ކާޕެޓް ފަދަ ތަކެތި ވެސް ސާފުކޮށްދޭ ކަމަށެވެ. އަދި ނިދާ އެނދު ވެސް ސާފުކޮށްދޭނެ އެވެ.

މި ހިދުމަތް ހޯދާ ފަރާތްތަކުގެ ސޯފާ އާއި ކާޕެޓް ކަހަލަ އެއްޗެހި ދިގު މުއްދަތަކަށް ގެންގުޅެވޭނެ ކަމަށް ވާޓެކްސް އިން ބުނެ އެވެ.

ޕްރޮ ކްލީނާސް

ޕްރޮ ކްލީނާސް

މިފަދަ މަސައްކަތަކަށް ދެ ގަޑި އިރު ނަގާ އިރު އާންމުކޮށް ގެއެއް އެއްކޮށް ސާފުކުރަން ފަސް ވަރަކަށް ގަޑި އިރުވެސް ނަގާ ކަމަށް ވާޓެކްސް އިން ބުންޏެވެ. މިގޮތަށް ޑީޕް ކްލީން ކުރާ އަގު ކަަނޑައަޅާނީ އެ ސާފު ކުރާ ތަނެއްގެ ސައިޒު ބެލުމަށް ފަހު އެވެ.

ޕްރޯ ކްލީނާސް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 7454004 އަށް ގުޅައިގެން މައުލޫމާތު ލިބޭނެ އެވެ.