Roadha Mihaaru
ފެޝަން އަދި ލައިފްސްޓައިލަށް ހާއްސަ އަރބަން ތްރެޑްސް

ފެޝަން އަދި ލައިފްސްޓައިލަށް ހާއްސަ "އަރބަން ތްރެޑްސް"

25 އޮކްޓޯބަރ 2023

ވިޔަފާރިކުރުމުގައި އެންމެން ވެސް ބޭނުންވާނީ ފަސޭހަ ގޮތެކެވެ. ވިޔަފާރިކުރުމުގައި މާ ގިނަ ވަގުތުތަކެއް ހޭދަކުރަން ނުޖެހޭނެ, އެއް ތަނަކުން ތަފާތު އެކި އައިޓަމްތައް ގަނެވޭނެ ގޮތެކެވެ. މި އަހަރުގެ ޖުލައި މަހު ހުޅުވި "އަރބަން ތްރެޑްސް" އަކީ ވިޔަފާރިކުރުން ފަސޭހަކޮށްދޭނެ, އެކި ވައްތަރުގެ ކޮލެޓީ އައިޓަމްތަކެއް އެއް ތަނަކުން ލިބެން ހުންނަ ތަނެކެވެ.

މި ތަނަކީ ސްޓައިލިޝް ރީތި ހެދުމާއި, ރައްޓެއްސަކަށް ދޭނެ ހަދިޔާއެއް ގަތުމަށާއި ގެއަށް ބޭނުންވާނެ ސަޅި ޑެކޯއެއް ހޯދަން ވެސް ދާން ކަމުދާނެ ތަނެކެވެ.

އަރބަން ތްރެޑްސް ގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ އެކި ވައްތަރުގެ ހެދުން ހުރެ އެވެ. އޭގެ ތެރޭގައި އޮފީހާ ގުޅޭ, އޮފިޝަލް ސްޓައިލުގެ ހެދުމާއި އާއްމުކޮށްލާ އުޅުމަށް ރީތި ކެޝުއަލް ހެދުން ވެސް މި ތަނުގައި ހުރެ އެވެ.

އަރބަން ތްރެޑްސް އިން ވިއްކާ ބައެއް ހެދުން-- ފޮޓޯ: އަރބަން ތްރެޑްސް

އަރބަން ތްރެޑްސް އިން ވިއްކާ ބައެއް ހެދުން-- ފޮޓޯ: އަރބަން ތްރެޑްސް

މި ތަނުން ވިއްކާ ހެދުންތަކަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ހެދުމެވެ. އަދި މި ތަނުގައި ވިއްކާ ހެދުންތަކުގެ އެކި ސައިޒުތައް ލިބެން ހުރެ އެވެ.

އަރބަން ތްރެޑްސް އަކީ ހަމައެކަނި ހެދުމަށް ހާއްސަ ފިހާރައެއް ނޫނެވެ. މި ފިހާރައިގައި ލައިފް ސްޓައިލަށް ހާއްސަ އެކި ޕްރޮޑަކްޓުތައް ވެސް ވިއްކަ އެވެ.

އަރބަން ތްރެޑްސް ގައި ހާއްސަކޮށްފައިވާ ހޯމް ސެކްޝަނަކީ ގެއަށް ބޭނުންވާނެ އެކި ޕްރޮޑަކްޓުތަކަށް ހާއްސަ ސެކްޝަނެކެވެ. މި ތަނުގައި ތުވާލި, ބެޑްޝީޓު ފަދަ އައިޓަމްތަކުން ފެށިގެން ޑެކޯއަށް ބޭނުންކުރާނެ ތަފާތު ވައްތަރުގެ ވާސް އާއި ގެއިން މީރުވަސް ދުއްވުމަށް ބޭނުން ކުރާނެ ޑިފިއުޒާ ވެސް ހުރެ އެވެ.

އަރބަން ތްރެޑްސް އިން ލައިފް ސްޓައިލް އުފެއްދުންތައް ވެސް ވިއްކާ -- ފޮޓޯ: އަރބަން ތްރެޑްސް

އަރބަން ތްރެޑްސް އިން ލައިފް ސްޓައިލް އުފެއްދުންތައް ވެސް ވިއްކާ -- ފޮޓޯ: އަރބަން ތްރެޑްސް

އަރބަން ތްރެޑްސް ގައި ލިބެން ހުރި އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި މެލޭޝިއާގެ ދުއާ ގިފްޓްސް ބްރޭންޑުގެ އެކި އައިޓަމްތައް ހިމެނެ އެވެ. ދުއާ ގިފްޓްސް އަކީ ކޭއެލްސީސީ ހިމެނޭ ގޮތަށް މެލޭޝިއާގެ 30 ރީޓެއިލް ސްޓޯރުގައި ވެސް ވިއްކަމުންދާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ނޯޓްބުކް, ކޮފީ މަގް އަދި ޓޯޓް ބޭގު ފަދަ އެކި އައިޓަމްތައް އަރބަން ތްރެޑްސްއިން ލިބެ އެވެ. މި ތަނަކީ އަކީ "ދުއާ ގިފްޓްސް"ގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލާ އެވެ.

ތަފާތު އެކި ވައްތަރުގެ ޕްރޮޑަކްޓުތައް ވިއްކާ އަރބަން ތްރެޑްސް އަކީ ރީތި އެކި ވައްތަރުގެ ޖުވެލަރީޒް ވެސް ވިއްކާ ތަނެކެވެ. މި ތަނަކީ މެލޭޝިއާގެ ޖުވެލަރީ ބްރޭންޑް "އިލާން"ގެ އޮތޮރައިޒްޑް ރީސެލާ އެވެ. މި ތަނުން އިލާން ބްރޭންޑުގެ އެއިޓީން ކޭ ގޯލްޑް ޕްލޭޓަޑް ފަށާއި, އަތުގައި އަޅާ ޖުވެލަރީ ވެސް ލިބެން ހުރެ އެވެ.

އަރބަން ތްރެޑްސް ފިހާރަ ހުންނަ ބިލްޑިން. އެފިހާރައިން ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތައް ލިބޭނެ -- ފޮޓޯ: އަރބަން ތްރެޑްސް

އަރބަން ތްރެޑްސް ފިހާރަ ހުންނަ ބިލްޑިން. އެފިހާރައިން ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތައް ލިބޭނެ -- ފޮޓޯ: އަރބަން ތްރެޑްސް

މި ފިހާރަ ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. މި ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ މަރުކަބް ޕްލާޒާގެ ފުރަތަމަ ފްލޯގަ އެވެ.

ނޯޓު: މިއީ އަރބަން ތްރެޑްސްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.