Roadha Mihaaru
ކަސްޓަމައިޒް ގިފްޓެއް ބޭނުމިއްޔާ ދާންވީ "އޮންހޭންޑް" އަށް

ކަސްޓަމައިޒް ގިފްޓެއް ބޭނުމިއްޔާ ދާންވީ "އޮންހޭންޑް" އަށް

16 ޖެނުއަރީ 2022

ކަސްޓަމައިޒްކޮށްގެން މާލެއިން އެއްޗެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަމިއްލަ އަށް ބޭނުންވާ ޑިޒައިނެއްގެ ފޯނުކަވަރެއް، ދަބަހެއް، ކޮފީ މަގެއް ނުވަތަ ޓީޝާޓެއް ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އެތައް ވަގުތެއް ވެސް އެކަމަށް ހޭދަކުރަން ޖެހެ އެވެ. އެހެން ނަމަވެސް މިކަމަށް ވަރަށް ފަސޭހަ ހައްލެއް "އޮންހޭންޑުން" ވަނީ ތައާރަފްކޮށްފަ އެވެ.

ކަސްޓަމައިޒްކޮށްގެން މާލެއިން އެއްޗެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަމިއްލަ އަށް ބޭނުންވާ ޑިޒައިނެއްގެ ފޯނުކަވަރެއް، ދަބަހެއް، ކޮފީ މަގެއް ނުވަތަ ޓީޝާޓެއް ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި އެތައް ވަގުތެއް ވެސް އެކަމަށް ހޭދަކުރަން ޖެހެ އެވެ. އެހެން ނަމަވެސް މިކަމަށް ވަރަށް ފަސޭހަ ހައްލެއް "އޮންހޭންޑުން" ވަނީ ތައާރަފްކޮށްފަ އެވެ.

އޮންހޭންޑްގެ ޝޯރޫމް "އޮންހޭންޑް ދަ ޕާސަނަލައިޒްޑް ސެންޓަރ" ހުންނާނީ މއ. ދިވެލި ދިލްބަހާރުގޯޅީގަ އެވެ.

އޮންހޭންޑުން އެންމެ ފުރަތަމަ ޕާސަނަލައިޒް ގިފްޓް ތައްޔާރުކޮށްދޭން ފެށީ އޮންލައިންކޮށް 2015 ވަނަ އަހަރު އެވެ. އޭރު ވަރަށް ކުޑަކޮށް ފެށި މި މަސައްކަތް މިހާރު މިވަނީ މުޅި ރާއްޖެ އަށް ފުޅާކޮށްފަ އެވެ. އޮންހޭންޑް އިން މިހާރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުން އޯޑަރެއް ކުރިއަސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.

އޮން ހޭންޑް ފިހާރަ. އެފިހާރައިން ގިފްޓް ބޮކްސް ވެސް ލިބޭނެ--ފޮޓޯ:ނިޝާން އަލީ/މިހާރު

އޮން ހޭންޑް ފިހާރަ. އެފިހާރައިން ގިފްޓް ބޮކްސް ވެސް ލިބޭނެ--ފޮޓޯ:ނިޝާން އަލީ/މިހާރު

އޮންހޭންޑް ފިހާރައިން އަންނަނީ ވަރަށް ގިނަ ތަކެތި ކަސްޓަމައިޒްކޮށްދެމުންނެވެ. އާންމުކޮށް ކަސްޓަމައިޒް ކުރަނީ ހަދިޔާއަށް މީހަކަށް ދޭ ތަކެއްޗެވެ. އޭގެ އިތުރަށް އަމިއްލަ އަށް ބޭނުން ކުރާ ތަކެތީގައި ވެސް އަމިއްލަ ވަންތަކަން ދައްކާލަން ބޭނުންވެއްޖެ ހާލަތެއްގައި އޮންހޭންޑުން އެކަން ކޮށްދޭނެ އެވެ. މިސާލަކަށް ނަމެއް ވިޔަސް ނޫނީ ފޮޓޯއެއް ވެސް ޖަހާލުމުގެ މަސައްކަތް އޮންހޭންޑް އިން ކޮށްދޭނެ އެވެ. އަދި ހާއްސަ މުނާސަބަތުތަކާއި ދުވަސްތަކަށް ބޭނުންވާ ތަފާތު ވައްތަރުގެ ގިފްޓް ކަސްޓަމައިޒްކޮށް ތައްޔާރުކޮށްދިނުމުގެ ހިދުމަތް އޮންހޭންޑުން އަންނަނީ ދެމުންނެވެ. މިގޮތުން ބާތުޑޭ، އެނިވާސަރީ އަދި ޓީޗާސްޑޭ ފަދަ ދުވަސް ދުވަހަށް ބޭނުންވާ ތަކެތި ކަސްޓަމަރުންދޭ ޑިޒައިނަކަށް ތައްޔާރު ކޮށްދިނުމުގެ ހިދުމަތް ފާހަގަ ކޮށްލެވެ އެވެ.

އެ ފިހާރައިން ކަސްޓަމައިޒްކޮށް ލިބޭ ތަކެތީގެ ތެރޭގައި ފޯނު ކަވަރާއި ކޮފީ މަގާއި ކީޗެއިން، ޓީޝާޓު، ޕާސްޕޯޓް ކަވާ، ހޭންޑް ބޭގު، ސްކޫލު ކުދިންގެ ދަބަސް، ފެން ފުޅި ވެސް ހިމެނެ އެވެ. މީގެ އިތުރުން މީހުންނަށް ދޭ ޝީލްޑާއި ކޭކުތަކުގައި ޖަހާ އެޑިބަލް ޕްރިންޓް އެތަނުން ނަގައިދެ އެވެ. އަދި ބާލީހާއި ޓޯޓް ބޭގްތަކުގައި ވެސް ބޭނުންވާ އެއްޗެއް ޕްރިންޓްކޮށްދެ އެވެ. ލަކުޑި އާއި ޕްލާސްޓިކުގެ އިތުރުން މެޓަލް އެންގްރޭވް ކުރުމުގެ ހިދުމަތް އޮންހޭންޑުން ދަނީ ފޯރުކޮށްދެމުންނެވެ.

އޮންހޭންޑުން ކޮފީ މަގު ވެސް ޕްރިންޓް ކޮށްދޭ--ފޮޓޯ:ނިޝާން އަލީ/މިހާރު

އޮންހޭންޑުން ކޮފީ މަގު ވެސް ޕްރިންޓް ކޮށްދޭ--ފޮޓޯ:ނިޝާން އަލީ/މިހާރު

އޮންހޭންޑްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ރަޝާދު ވިދާޅުވީ، އެ ފިހާރައިގެ އެންމެ ހާއްސަ ކަމަކީ އެ ދުވަހު ހެނދުނު ދޭ އޯޑަރު ހަވީރަށް ނިންމައިދޭ ކަމެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް އެ ބޭނުންވާ ޑިޒައިނަކަށް ތަކެތި ކަސްޓަމައިޒް ކޮށްދިނުމެވެ. މިގޮތަށް ތަކެތި ކަސްޓަމައިޒް ކުރާ އިރު ކޮލިޓީ އަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަސްޓަމަރުން ބޭނުންވާ ދުވަހަކަށް އެ ބޭނުންވާ އެއްޗެއް ފޯރުކޮށްދިނުމަކީ އެ ފިހާރައިގެ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޓުލްސް، ގްލާސް ފްރޭމް ފަދަ ތަކެތި ޕާސަނަލައިޒް ކުރަންޏާ ކޮންމެ އެއްޗެއް ވެސް ލިޔެވޭނެ. މިސާލަކަށް ބާތްޑޭ ވިޔަސް ފުޓްބޯޅަ މުބާރާތަކަށް ވެސް. ހަމަ އެ ބޭނުންވާ އެއްޗެއް ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އޮން ހޭންޑް ފިހާރައިގައި ހުރި ބައެއް ފޯނު ކަވަރުތައް. އެ ފިހާރައިން ފޯނު ކަވަރުތައް ކަސްޓަމައިޒްކޮށްދޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮން ހޭންޑް ފިހާރައިގައި ހުރި ބައެއް ފޯނު ކަވަރުތައް. އެ ފިހާރައިން ފޯނު ކަވަރުތައް ކަސްޓަމައިޒްކޮށްދޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، ފޯން ކޭސްތަކުގައި ވެސް ބޭނުންވާ ފޮޓޯއެއް އަދި ބޭނުންވާ ލިޔުމެއް ވެސް ޖަހައިދެވޭނެ އެވެ. އެތަނުން މީހެއްގެ ނަން ޖަހައިދިނުމުގައި ލަކުޑި އަދި މެޓަލް ބޭނުންކޮށްގެން ވެސް އެކަން ކޮށްދެ އެވެ.

"ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް މިގޮތަށް އެއްޗެހި ކަސްޓަމައިޒް ކުރަން. އަދި މިތަނުން ހިދުމަތް ހޯދާ ކަސްޓަމަރުން ހިތްހަމަޖައްސއިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން،" އޭނާ ވިދާޅުވި އެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރެއިން މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތީ މެޖިކްޕިލޯ (ސީކުއިން ޕިލޯ) އަދި ތިމާވެއްޓާ ރައްޓެހި ފެންބޯފުޅީގެ އިތުރުން ކޮފީ މަގާއި ފޯނު ކަވާ ޕްރިންޓް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސްކޫލްތައް ހުޅުވުނު އިރު ދަރިވަރުންނަށް ބޭނުންވާ، ދަބަހާއި، ޕާސް، ލަންޗް ބްކޮސް އަދި އިންޓަވަލް ފުޅިއަށް ވެސް ބޮޑު ޑިމާންޑެއް މި ދުވަސްކޮޅު އޮތް ކަމަށެވެ. މި ހުރިހާ ތަކެއްޗަކީ ވެސް ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް ކަސްޓަމައިޒްކޮށް އޮންހޭންޑުން ތައްޔާރުކޮށްދޭ ތަކެއްޗެވެ.

އޮން ހޭންޑް ފިހާރައިން ކަސްޓަމައިޒްކޮށްދޭ ބައެއް ދަބަސް---ފޮޓޯ:ނިޝާން އަލީ/މިހާރު

އޮން ހޭންޑް ފިހާރައިން ކަސްޓަމައިޒްކޮށްދޭ ބައެއް ދަބަސް---ފޮޓޯ:ނިޝާން އަލީ/މިހާރު

އޮންހޭންޑްގެ ވެބްސައިޓުން www.onhand.mv ގޭގައި ތިއްބަވައިގެ ފަސޭހަކަމާ އެކު ޕްރޮޑަކްޓުތަކަށް އޯޑަރު ކޮށްލެވޭނެ އެވެ.

މީގެ އިތުރުން އޮންހޭންޑުން ލިބެން ހުރި ތަކެތީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި، ކައިވެނީގެ ރަން ހެދުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ފްރޭމާއި، ކުޑަ ކުދިންނަށް ހާއްސަ ސޮފްޓް ޓޯއި އާއި ޓެންޓް ފާހަގަ ކޮށްލެވެ އެވެ.

އޮންހޭންޑުން ވައިބާ، ވަޓްސްއަޕް، ޓެލެގްރާމްގެ އިތުރުން ފޭސްބުކް މެދުވެރިކޮށް ކުރާ އޯޑަރުތައް ވެސް ބަލައިގަނެ ކަސްޓަމަރު ބޭނުންވާ ތަނަކަށް ފޯރުކޮށްދޭނެ އެވެ. އެ ފިހާރައިން ކަސްޓަމައިޒްކޮށް އެއްޗެއް ހޯދުމަށް 7873080 / 3308880 އަށް ގުޅައިގެން ނުވަތަ info@onhand.mv އީމެއިލް ކޮށްގެން ވެސް ކުރިއަށް ގެންދެވޭނެ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.