ކާބޯތަކެތި ޑެލިވަރީ ކޮށްދޭ އެޕްލިކޭޝަން "ފުޑީސް" އިން ކުރާ ކޮންމެ އޯޑަރަކުން، ބޭނުންޖެހިފައިވާ މައިންނަށް އެހީވުމަށް ފައިސާ ހަދިޔާކުރުމުގެ ކެމްޕެއިނެއް ފަށައިފ އެވެ.
07 ޖެނުއަރީ 2022
ކާބޯތަކެތި ޑެލިވަރީ ކޮށްދޭ އެޕްލިކޭޝަން "ފުޑީސް" އިން ކުރާ ކޮންމެ އޯޑަރަކުން، ބޭނުންޖެހިފައިވާ މައިންނަށް އެހީވުމަށް ފައިސާ ހަދިޔާކުރުމުގެ ކެމްޕެއިނެއް ފަށައިފ އެވެ.
މަމްސް ޖަމިއްޔާއާ ގުޅިގެން ހިންގާ މި ކެމްޕެއިންގެ ދަށުން ފުޑީސް އެޕް މެދުވެރިކޮށް ކުރާ ކޮންމެ އޯޑަރަކުން އެއް ރުފިޔާ މަމްސް އެންޖީއޯގެ "ހޯޕް ފޯ މަމްސް" ކެމްޕެއިނަށް ހަދިޔާ ކުރާނެ އެވެ.
"ހޯޕް ފޯ މަމްސް" ކެމްޕެއިނަކީ ބޭނުން ޖެހިފައިވާ މައިންނަށް އެހީވުމަށް މަމްސް އެންޖީއޯ އިން ހިންގާ ހަރަކާތެއް ކަމަށް ވާއިރު، މިހާރު ވެސް 300 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެހީވެފަ އެވެ. އެކި މީސްމީހުންނަށް ފައިސާގެ އެހީ އާއި ކުޑަކުދިންނަށް ބޭނުންވާ ކާނާ އާއި އެ ކުދިންގެ ސްކޫލް ތަކެތީގެ އިތުރުން ގޭތެރޭގެ ބޭނުންތަކަށް ބޭނުންވާ އެކި ސާމާނު ގަތުމަށް މި ޕްރޮގްރާމްގެ ދަށުން އެހީވެ އެވެ.
އޯޑަރުކޮށްގެން، މިފަދަ މީހުންނަށް އެހީވުމުގެ އިތުރުން އޯޑަރުކުރާ މީހުންނަށް ވެސް ކޮންމެ އޯޑަރަކުން ތިން ޕަސެންޓް ޑިސްކައުންޓް ކޫޕަން ކޯޑެއް ބޭނުން ކުރެވޭނެ އެވެ.
ޑިސްކައުންޓު ހޯދުމަށް ބޭނުން ކުރަންޖެހޭ ކޯޑް:hope4moms
ފުޑީސް އެޕްގެ މާކެޓިން މެނޭޖަރު ލަޔާނާ ފަރީހް ވިދާޅުވީ، އެ ޖަމާއަތުން މިފަދަ ކެމްޕެއިނެއްގައި ބައިވެރިވީ މިއީ ހާލުގައި ޖެހިފައިވާ މައިންނަށް ވަރަށް އަވަސް އަދި ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ކެމްޕެއިނަކަށް ވާތީ ކަމަށެވެ.
ފުޑީސްގެ އެދުމަކީ އޯޑު ކޮށްގެން މި ކެމްޕެއިންގެ އަމާޒަށް ވާސިލުވުމަށް ހުރިހާ ފަރާތްތަކުން ވެސް އެހީތެރިވުމެވެ.
"ފުޑީސް" އަކީ ޑިޒައިން އަދި ޓެކްނޮލަޖީ ކުންފުނި، ލޫޕްކްރާފްޓް އިން ތައާރަފު ކޮށްފައިވާ ފުޑް ޑެލިވަރީ އެޕެކެވެ. އެންމެ ފުރަތަމަ މި އެޕްލިކޭޝަން މެދުވެރިކޮށް ޑެލިވަރީގެ ހިދުމަތް ދިނީ މާލެ އަށެވެ. ނަމަވެސް މިހާރު ހުޅުމާލެ އާއި ވިލިމާލެ އަށް ވެސް އަންނަނީ ޑެލިވަރީ ކޮށްދެމުންނެވެ.
ސިމްޑީގެ އެޕްލިކޭޝަން: ކަސްޓަމަރުންނަށް ބޮޑު ލުޔެއް
"ކުނބު"، ކަނޑު ދަތުރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ
އަސާސީ މުދާ އަގު ބޮޑުވެއްޖެ، މޭވާގެ އަގު ވަކިން ބޮޑު
އެސްޓީއޯއިން ފިޔާ ކިލޯއެއް 15ރ. އަށް ވިއްކަނީ
އާފަލެއްގެ އަގު 10ރ. އިން މައްޗަށް
މޫސުން ގޯސްވެ، ބާޒާރުން ފިޔާ ހުސްވެއްޖެ
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ރީލޯންޗުކޮށްފި
ޕްރިންގަލްސްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެމްއެޗްއޭ ފިހާރަތަކުން އައިސްކްރީމުން 15 ޕަސެންޓް
ކެފޭ/ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި