ބާޒާރުން އާފަލު ލިބުން ދަތިވެ، އާފަލެއްގެ އަގު 10ރ. އިން މައްޗަށް އަރައިފި އެވެ.
30 ޖުލައި 2025
ބާޒާރުން އާފަލު ލިބުން ދަތިވެ، އާފަލެއްގެ އަގު 10ރ. އިން މައްޗަށް އަރައިފި އެވެ.
އާފަލު ސަޕްލައި ކުރާ ފަރާތަކުން ބުނީ، އެހާ ބޮޑަށް އަގު އުފުލުނީ ސްޓޮކް ލިބުމުގައި ޑިލޭވުމުން ކަމަށެވެ. ރާއްޖެއަށް އެންމެ ގިނައިން އާފަލު ގެންނަނީ ޗައިނާ އާއި މިސްރުންނެވެ.
"ވަރަށް ބޮޑު ޑިލޭއެއް މިއުޅެނީ. މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް މިވަނީ،" އޭނާ ބުންޏެވެ.
ބާޒާރުގައި ވިއްކަން ޓްރޭއެއްގައި ހުރި އާފަލުތަކެއް-- ފޮޓޯ: ނިޝާން އަލީ / މިހާރު
ބާޒާރުގައި މިހާރު 18 ކިލޯގެ އާފަލު ފޮށިގަނޑެއް ލިބެން ހުރީ 1،200ރ. އަށެވެ. ކުރިން އާފަލު ފޮއްޓެއް ލިބެނީ 550ރ. އަށެވެ. އެއީ 118 ޕަސެންޓުގެ އިތުރުވުމެކެވެ.
ބާޒާރުގައި ހޯލްސޭލްކޮށް އާފަލުގެ އަގު 9-10ރ. އަށް ހުރި އިރު ކުދި ބައެއް ފިހާރަތަކުގައި އާފަލުގެ އަގު އުޅެނީ 11ރ. އާއި 13ރ. އާ ދެމެދު އެވެ. ކުރިން އާފަލެއް 5-6ރ. އަށް ލިބެ އެވެ.
ސްޓޮކް އައުމުން އަނެއްކާ ވެސް އަގުތައް ތިރިވާނެ ކަމަށް އާފަލު އެތެރެ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
އޮރެންޖާއި އާފަލުގެ ބޮޑުއަގު ޑޮލަރާ ގުޅެނީ ކިހާވަރަކަށް
މޫސުން ގޯސްވެ، ބާޒާރުން ފިޔާ ހުސްވެއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
އޮރެންޖާއި އާފަލުގެ އަގު އިންތިހާ އަށް އުފުލިއްޖެ!
ރޯދަ މަހު ބާރުބޮޑު ދެ މާރުކޭޓު މިހާރު ފަޅަށް
މިސްރުގެ ސްޓްރޯބެރީން ދިވެހި ބާޒާރު ރަތްވެއްޖެ
އެޕަލްގެ އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނު ނެރެފި
ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަނީ
އެސްޓީއޯއިން ފިޔާ ކިލޯއެއް 15ރ. އަށް ވިއްކަނީ
އަސާސީ ކާބޯތަކެތީގެ އަގުތަކަށް އިންޑެކްސެއް ހަދަނީ