އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފްކުރަން ނިންމައިފި އެވެ.
އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފްކުރަން ނިންމައިފި އެވެ.
މިރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހި ކުރުމަށް މިދިޔަ ދެ އަހަރެއްްހާ ދުވަހު މުހިއްމު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ދެ ރޯދަ މަހު ވެސް، އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުތަކެއްގައި ކާބޯތަކެތި ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ ދުވަހެއްގެ ތެރޭގައި އެ އިދާރާއިން އެކަން އާންމު ކުރާނެ ކަމަށެވެ.
މީގެ ކުރިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އިންފްލޭޝަން ދެނެގަންނަނީ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ބޭނުން ކޮށްގެންނެވެ. އެއީ ހުރިހާ ބާވަތްތަކެއް އަގުތައް ހިމަނައިގެން ހަދާ ހިސާބެކެވެ.
އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތީގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގަ އެވެ. އަދި މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގަ އެވެ.
މިނިސްޓަރު ސައީދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ސައީދު ވިދާޅުވީ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށެވެ.
"ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރީ. 162 އައިޓަމް ހިމަނައިގެން. އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ 35 ބާވަތަކީ އޭގައި އިތުރު ސަބްސިޓިޓުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ އައިޓަމްތަކުގެ ގޮތުގައި ދެނެގަނެ، އެފަދަ ބާވަތްތައް "ކްރިޓިކަލް އައިޓަމް" ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
"މީގެ ކުރިއާ ހިލާފަށް ދެން އެނގޭނެ 162 އައިޓަމުގެ، މި މަސް ނިމިފައި އަންނަ މަހު އަގުތައް އުފުލިފައި ހުރި މިންވަރު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް އާންމުކޮށް ރާއްޖޭގައި ހިންގާ ބޮޑެތި ފިހާރަކުގައި ތަކެތި ވިއްކާ އަގުތައް ވެސް ދެނެގަންނަމުން އަންނަ ކަމަށެވެ. ވިޔަފާރިތަކަށް ބޭންކުން ޑޮލަރު ދޭ މިންވަރު އިތުރު ކުރުމާއި ބީއެމްއެލްގައި ރުޕީ އެކައުންޓްތައް ހުޅުވި، ދިވެހި ރުފިޔާ ސެންޓުލްމެންޓް ހެދެން ފެށުމުން، ވެސް ތަކެތީގެ އަގުތަކަށް ލުއިތަކެއް އަންނާނެ ކަމަށެވެ.
ސައީދު ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގައި ވަށާ ޖެހޭ ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ހައްލުތައް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއައި) އާއި ތުރުކީއާ އެކު ހަދާ އެފްޓީއާ އެކު ވިޔަފާރިތަކަށް ލުއިތަކެއް ހޯދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޑިއާ އާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކާ އެކު ވެސް އެފަދަ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ އިންފްލޭޝަން 6.2 ޕަސެންޓުގައި
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ
ކާބޯތަކެތީގެ އަގު ހަތް ޕަސެންޓް ބޮޑު ވެއްޖެ
ކާބޯތަކެތީގެ އިންޕްލޭޝަން 6 ޕަސެންޓަށް އަރައިފި
ކާބޯތަކެތީގެ އަގު އިތުރަށް އުފުލޭނެ: ވޯލްޑް ބޭންކް
ފިޔާ ބަސްތާއެއްގެ އަގު 700ރ. އަށް އަރައިފި
އިންފްލޭޝަން ރޭޓް އެއް ޕަސެންޓުން މަތިވެއްޖެ
"މި އުފައްދަނީ ފުރިހަމަ ވިޔަފާރީގެ އީކޯސިސްޓަމެއް"