މިދިޔަ އޭޕްރީލް މަހު ރާއްޖޭގައި އިންޕްލޭޝަން ހުރި ވަރު 6.2 ޕަސެންޓަށް އަރައިފި އެވެ.
02 ޖޫން 2025
މިދިޔަ އޭޕްރީލް މަހު ރާއްޖޭގައި އިންޕްލޭޝަން ހުރި ވަރު 6.2 ޕަސެންޓަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މި އަހަރުގެ މިހާތަނަށް އިންފްލޭޝަން އެންމެ މަތިވި މަހެވެ. މިދިޔަ މާޗް މަހު އިންފްލޭޝަން ހުރީ 5.9 ޕަސެންޓުގަ އެވެ. އަދި އަހަރު ފެށުނު އިރު އިންފްލެޝަން ހުރީ 5.5 ޕަސެންޓުގަ އެވެ.
އިންފްލޭޝަން އެހާ ބޮޑަށް އުފުލުނީ ފެނާއި ކަރަންޓާއި ތެލުގެ އަގުގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގު ވެސް އުފުލުމުގެ ސަބަބުންނެވެ. އޭޕްރީލް މަހު، ހައުސިން އާއި ފެނާއި ކަރަންޓާއި ތެލުގެ އިންފްލޭޝަން ހުރީ 10.1 ޕަސެންޓުގަ އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 7.5 ޕަސެންޓު އިތުރު އަދަދެކެވެ. މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހަށް ވުރެ 1.9 ޕަސެންޓު އިތުރުވެފަ އެވެ.
ނަމަވެސް އޭޕްރީލް މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 5.8 ޕަސެންޓުގަ އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 1.9 ޕަސެންޓު އިތުރު އަދަދެކެވެ. ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ހުރީ 33 ޕަސެންޓުގަ އެވެ.
މިދިޔަ އަހަރު އިންފްލޭޝަން ހުރީ 1.3 ޕަސެންޓުގަ އެވެ. ވަކިވަކި މަސްތަކުގެ ތެރެއިން އެންމެ ބޮޑަށް އިންފްލޭޝަން އިތުރުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަހުގެ އިންފްލޭޝަން ހުރީ 5.6 ޕަސެންޓުގަ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު އިންފްލޭޝަން ހުރީ 5.8 ޕަސެންޓުގަ އެވެ.
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
"ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ދިޔައީ ދަށަށް"
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށް:އެމްއެމްއޭ
ޖެނުއަރީ މަހު ތަކެތީގެ އަގުތައް ދަށަށް
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު