14 މެއި 2024
ދައުލަތަށް ޓެކުހުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
ދައުލަތަށް ޓެކުހުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފްގެ "އާޓިކަލް ފޯ" ރިޕޯޓުގައިވާ ގޮތުން މެދުރާސްތާގައި ދައުލަތުގެ ރެވެނިއު ސްޓްރެޓެޖީ އިތުރަށް ހަރުދަނާ ކުރަން ޖެހެ އެވެ.
އައިއެމްއެފުން ވަނީ އިންކަމް ޓެކްސްގެ އެންމެ ދަށް އަދަދު ދައްކާ ފަރާތްތަކުގެ ރޭޓު ދަށްކޮށް، އިންކަމް ޓެކްސްގެ އެންމެ މަތީ އަދަދު ދައްކާ ތްރެސްހޯލްޑްގެ ރޭޓު ބޮޑު ކުރުމާއި އިމްޕޯޓު ޑިއުޓީ މުރާޖައާ ކޮށްގެން ވެސް ޓެކްސް އިން ލިބޭ އާމްދަނީ ބޮޑު ކުރެވޭނެ ކަމަށް ލަފާ ދީފަ އެވެ.
ދައުލަތުން މިހާރު ވެސް ދެމުން އަންނަ ޓެކްސް ލުއިތައް މުރާޖައާ ކުރުމަށް ވެސް އެދިފައި ވެ އެވެ. އަދި އިދާރީ ހިންގުން ހަރުދަނާ ކޮށް، މިހާރަށް ވުރެ އިތުރަށް ހަރަދުތައް ކުޑަކުރުމަށް ލަފާދިނެވެ.
ދައުލަތުގެ ފިސްކަލް ނުވަތަ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އައިއެމްއެފުން ވަނީ ދައުލަތް ހިންގުމަށް ކުރާ ހަރަދުތަކަކީ ލިބޭ އާމްދަނީއާ އެއް ހަމަކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.
އެ އިދާރާ އިން ބުނީ ރާއްޖޭގެ މާލީ ނިޒާމު އަދިވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަން ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ހާލަތުން އެނގޭ ކަމަށެވެ. ބޭންކުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ރިސްކަކީ އެ ބޭންކުތައް ހިންގުމަށް ބޮޑެތި އަދަދުތަކުގެ ޑިޕޮސިޓްތަކަށް ބަރޯސާވުން ކަމަށް ވެސް އައިއެމްއެފްގެ ރިޕޯޓުގައި ވެ އެވެ.
އައިއެމްއެފުން ބުނިގޮތުގައި، ފައިނޭންޝަލް ރެގިއުލޭޓަރުގެ ހައިސިއްޔަތުން އެމްއެމްއޭ އިން މާލީ ދާއިރާ މިހާރަށް ވުރެ ބޮޑަށް ބަލަހައްޓައި ރެގިއުލޭޓް ކުރަން ޖެހެ އެވެ. އެމްއެމްއޭގެ ބޯޑު މިހާރަށް ވުރެ މިނިވަން ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް އައިއެމްއެފުން ލަފާ ދިނެވެ.
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
513 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށަނީ
ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން
އައިއެމްއެފް އިން އެދުނީ ދަރަނި ހަމަޔަކަށް އަޅުވަން