31 ޖުލައި 2022
އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމުން އެނގެނީ ސަރުކާރުން އިގްތިސާދާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަށް އެ އިދާރާތަކުން އޮތް އިތުބާރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމުން އެނގެނީ ސަރުކާރުން އިގްތިސާދާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަށް އެ އިދާރާތަކުން އޮތް އިތުބާރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަމުގެ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކަށް އައިއެމްއެފާއި ވޯލްޑް ބޭންކުން ތާއީދު ކުރުމަކީ ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އަމީރު ވދާޅުވީ، ސަރުކާރުން 2023-2025 އަށް އެކުލަވައިލާ ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"އައިއެމްއެފް އަދި ވޯލްޑް ބޭންކް އިން ވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާއި ހަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއެްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް
— Ibrahim Ameer (@iameeru) July 31, 2022
އަމީރުގެ ޓްވީޓް
އަަމީރު ވިދާޅުވިގޮތުގައި ސަރުކާރުން އިގްތިސާދީ ކަންކަން ރަނގަޅު ކުރުމުގައި އަބަދުވެސް އައިއެމްއެފާއި ވޯލްޑް ބޭންކްގެ ލަފާ ހޯދަ އެވެ. ކޮވިޑްގެ ހާލަތުގައި ވެސް އިގްތިސާދު ހަމަޔަކަށް އަޅުވަން ސަރުކާރުން އެޅި ފިޔަވާޅުތަކަށް އެ އިދާރަތަކުގެ ތާއީދު ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފިޔަވަޅުތައް އެޅުމުގައި މާލީ އިދާރާތަކުގެ ލަފާ ހޯދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.
ދުނިޔޭގެ އިގްތިސާދު ދަށްވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާއިރު، އޭގެ އަސަރު ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ. އެ އިދާރާ އިން ލަފާ ކުރާ ގޮތުން، ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް އުފުލޭނެ އެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ.
ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖޭގެ އިންފްލެޝަން ރޭޓު އުޅެނީ 0.5 ޕަސެންޓާއި 1.5 ޕަސެންޓާ ދެމެދުގަ އެވެ. އަހަރެއްގެ ތެރޭގައި ދެ ގުނައަށް އެ އަދަދު އުފުލުމުން މިހާރަށް ވުރެ ތަކެތީގެ އަގުތަކުން އެކަން ފެންނާނެ އެވެ.
ރަޝިޔާ-ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ ލޮޅުމުގެ އަސަރު ދެ އަހަރަށް ދެމިގެންދާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވެ އެވެ.
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
"ހަމައެކަނި އިގްތިސާދު ކުރިއަރައިގެން ހާލަތު ރަނގަޅު ނުވާނެ"
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު