05 އޯގަސްޓް 2023
މިދިޔަ ޖޫން މަހުގެ އިންފްލޭޝަން 2.5 ޕަސެންޓަށް ވެއްޓިއްޖެ އެވެ.
މިދިޔަ ޖޫން މަހުގެ އިންފްލޭޝަން 2.5 ޕަސެންޓަށް ވެއްޓިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއީ މެއި މަހަށް ވުރެ 0.3 ޕަސެންޓުގެ ދަށްވުމެކެވެ.
ތަކެތީގެ އަގު ދަށްވި އިރު މި އަަހަރު ފެށިއިރު ތަކެތީގެ އަގު ހުރީ ހަތަރު ޕަސެންޓުގަ އެވެ. ކާބޯތަކެތީގެ އަގު އެ މަހު ހުރީ 7.8 ޕަސެންޓުގަ އެވެ. މާޗް މަހު ކާބޯތަކެތީގެ އަގު ހުރީ 8 ޕަސެންޓުގަ އެވެ
މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގައި މުދަލުގެ އަގުތައް އަންނާނީ ދަށްވަމުން ކަމަށް މަރުކަޒީ އެމްއެމްއޭ އިން ވަނީ ކުއާޓާލީ ރިޕޯޓުކޮށްފައި ވެސް ލަފާކޮށްފަ އެވެ.
މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.3 ޕަސެންޓުގައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާ އަށް ވުރެ 0.6 ޕަަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭ އިން ލަފާކޮށްފައި ވަނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. އެހެންވެ މިއީ 2.1 ޕަސެންޓުގެ ދަށްވުމެކެވެ.
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
"ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ދިޔައީ ދަށަށް"
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށް:އެމްއެމްއޭ
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
ބޭރުގެ ދަރަނި އިތުރުވެ، ރާއްޖެއަށް ނުރައްކާ ބޮޑު
މުދަލުގެ އަގު ހީކުރާ ވަރަށްވުރެ ބޮޑުވެދާނެ
ކިޔާނެ އަގެއް ކިޔާލާ، ކުރާނެ ކަމެއް ނެތް!